ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)286-CB/286/2025/9
ޕަބްލިޝްކުރި ތާރީޚް: 01 ފެބުރުވަރީ 2025
ޕަބްލިޝްކުރި ގަޑި: 14:56
ސުންގަޑި: 10 ފެބުރުވަރީ 2025 13:00
މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަދުރު ބެހުމާ ގުޅޭ

އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން މިއަހަރުވެސް ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާކޮށްފައިވާ ކަދުރު ބެހުމަށް މިދަނީ ތައްޔާރުވަމުންނެވެ.

އެގޮތުން ކެނދިކުޅުދޫއަށް މިނިސްޓްރީއިން މިއަހަރު ދޫކޮށްފައިވަނީ ޖުމްލަ 118 ޕެކެޓް (2 ކިލޯގެ) ކަދުރެވެ. އިސްލާމިކް މިނިސްޓްރީގެ ނަންބަރު: (IUL)142-A1/142/2025/3 އިޢުލާނާ އެއްގޮތްވާގޮތުގެ މަތިން 2 ފެބުރުވަރީ 2025 އިން 10 ފެބުރުވަރީ 2025 ގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 13:00 އަށް މިއިދާރާއިން ގޭބިސީތަކަށް ކަދުރު ދޫކުރަމުން ގެންދާނެއެވެ. ކަދުރު ދޫކުރުމަށް ހަމަޖެހިފައވަނީ އިސްވެ ދެންނެވުނު އިޢުލާނާ އެއްގޮތަށް ގޭބިސީއަކަށް 1 ޕެކެޓް ކަދުރުގެ މަގުންނެވެ.

ވީމާ، ކަދުރު ބަލައި ދުރުވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން މިދެންނެވި މުއްދަތުގައި ކެނދިކުޅުދޫ ކައުންސިލަށް ވަޑައިގެންދެއްވުމަށް ދަންނަވަމެވެ.

ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރަމެވެ.

01 ފެބުރުވަރީ 2025