މަޤާމުގެ މަސްއޫލިއްޔަތު:
|
- ފެކަލްޓީން އެކިތަންތަނަށް ފޮނުވަންޖެހޭ ސިޓީއާއި ތަކެތި ފޮނުވުމުގެ ކަންތައް ކުރުން.
- މުވައްޒަފުންގެ ހާޒިރީއާއި އިތުރުގަޑީގެ ހާޒިރީ ބެލެހެއްޓުމާއި، ހާޒިރީއާ ގުޅޭގޮތުން އެކި މުއްދަތުގައި ހަދަންޖެހޭ ރިޕޯޓްތައް އެ މުއްދަތުތަކަށް ހަދައި، އެ ރިޕޯޓުތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، ހާޒިރީ ފޮތްތަކުގައި ހަދަންޖެހޭ މަސްދުވަހުގެ ހާޒިރީ ރިޕޯޓްތައް ހަދައި، އަޕްޑޭޓްކޮށް ބެލެހެއްޓުމާއި، މުވައްޒަފުންގެ އިތުރުގަޑީގެ ސްލިޕްތައް ފައިލްކޮށް ބެލެހެއްޓުން.
- ފެކަލްޓީގެ މަސައްކަތަށް ބޭނުންވާ ދާއިރާތައް ދެނެގަނެ، އެ މަސައްކަތަށް މީހުން ހޯދުމުގައި ކުރަންޖެހޭ ކަންތައްތައް ކުރުން.
- މުވައްޒަފުންނަށް ދެވޭ އެކިއެކި ޗުއްޓީގެ ރެކޯޑް ބެލެހެއްޓުން.
- ފެކަލްޓީގެ ދުވަހު ޔައުމިއްޔާއާއި އަހަރީ ރިޕޯޓް ލިޔުމަށް ބޭނުންވާ މަޢުލޫމާތު ނަގައި، އެ މަޢުލޫމާތު ކަމާބެހޭ މުވައްޒަފުންނާ ހަވާލުކުރުން.
- ފެކަލްޓީގެ އިދާރީ ފޮތްތައް ތައްޔާރުކޮށް ބެލެހެއްޓުމާއި، އިދާރީ ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުން.
- ފެކަލްޓީ ހުޅުވުމުގެ ހަފުތާ ތާވަލްތައް ހަދައި، އޮފީސް ހުޅުވުން، މުވައްޒަފުންނާ ލިޔެފައި ހަވާލުކުރުން.
- ފެކަލްޓީއަށް ލިބޭ ފެކްސްތައް ނަގައި، އެންޓްރީކުރަންޖެހޭ ތަކެތި އެންޓްރީއަށް ހަވާލުކުރުން.
- މުވައްޒަފުން ތަމްރީނުކުރުމުގެ ކަންތައްތަކުގައި އެހީތެރިވުން.
- އޮފީހުގެ މަސައްކަތުގެ ގަޑީގައި މުވައްޒަފުން ބޭރަށްދާއިރު ނޯޓުކުރާ ފޮތް ބެލެހެއްޓުން.
- މުވައްޒަފުންގެ އިޖުތިމާޢީ ގުޅުން އާލާކުރުމުގެ ކަންތައްތައް އިންތިޒާމްކުރުމުގައި އެހީތެރިވެން.
- ފެކަލްޓީގެ މުވައްޒަފުންގެ ބައްދަލުވުންތައް އިންތިޒާމްކުރުމާއި، އެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ، ބެލެހެއްޓުން.
- ސަރުދާރާއި، މެސެންޖަރާއި، މަސައްކަތު މީހުންނާއި، ވޮޗަރުންގެ މަސައްކަތް ބަލައި ސުޕަވައިޒްކޮށް، އެ މުވައްޒަފުންގެ މަސައްކަތަށް ދިމާވާ މައްސަލަތައް ޙައްލުކުރުން.
- ފެކަލްޓީގެ އޮފީސްތަކާއި، ކިލާސްތަކާއި، އެހެން ބައިތަކާއި ފާޚާނާތައް ސާފުކުރުމުގެ ތާވާލުތައް ހަދައި، އެގޮތަށް އެކަން ކުރޭތޯ ބެލުން.
- ބަންދު ދުވަސްދުވަހު އޮފީސް ހުޅުވަން ޖެހިއްޖެނަމަ، ވެރިއެއްގެ ހުއްދައާއެކު އެކަން އިންތިޒާމްކުރުން.
- މުވައްޒަފުންނާއި އިދާރީ ކަންކަމާ ގުޅޭގޮތުން މަރުކަޒީ އިދާރާއާ ގުޅައިގެން ކުރަންޖެހޭ ކަންތައްތައް ކުރުން.
- މިނޫންވެސް، މަޤާމާ ގުޅޭގޮތުން ފެކަލްޓީން ހަވާލުކުރާ ކަންތައްތައް ކުރުން.
|
އުޖޫރައާއި ޢިނާޔަތްތައް:
|
އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައި އޮންނަ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ، އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ ސަނަދާއި، އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަޞްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
|
ނޯޓް:
|
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
- އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލްވާނެއެވެ.
- އިންޓަވިޔު ކުރެވޭނީ، އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ، އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓްފިކެޓް އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަކޮށްފައިވާ ފަރާތްތައް ތަޢުލީމީ ސެޓްފިކެޓް ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.
|
ސިޓީ ފޮނުވަންވީ ތާރީޚު:
|
2015 އޮގަސްޓު 6 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް.
|
އިތުރު މަޢުލޫމާތު:
|
- މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
- މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345409 ނަންބަރު ފޯނާއެވެ.
|
14 ޝައްޥާލް 1436
|