ވަޒީފާގެ ފުރުޞަތު
ނަންބަރު: MNU-HR/2015/370
ޕަބްލިޝްކުރި ތާރީޚް: 30 ޖުލައި 2015
ޕަބްލިޝްކުރި ގަޑި: 08:25
ސުންގަޑި: 06 އޮގަސްޓް 2015 12:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

1

މުސާރަ:

މަހަކު 7,151.26 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 3,064.83 ރުފިޔާ

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް

ގްރޭޑް:

5

ސްޕައިން ޕޮއިންޓް:

24

މަޤާމުގެ ޝަރުޠު:

  • އަންނަނިވި ހުނަރާއި ތަޢުލީމުގެ ފެންވަރުގައި، ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރަން އެނގުން.
  1. ތަޖުރިބާ ނެތި،  ބެޗްލަރ ޑިގްރީއެއް (ލެވެލް 8/7 ގެ ސަނަދެއް) އޮތުން.
  2. ލެވެލް 5 ގެ ޑިޕްލޮމާއަށްފަހު، މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ، ސީދާ ގުޅޭ ދާއިރާއިން ލިބިފައިވުން.
  3. ލެވެލް 4 ގެ ސެޓްފިކެޓަށްފަހު، ގުޅޭ ދާއިރާއިން ދިގު ތަޖުރިބާތަކެއް ލިބިފައިވުން.
  • މަތީގައި ބަޔާންކުރެވުނު ހުނަރާއި ތަޢުލީމުގެ ފެންވަރަށް، ޢިލްމާއި ޤާބިލްކަން، އެހެން ކޮންބިނޭޝަންތަކުން ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ހަމަޖެހިފައިވާ ތާވަލާ އެއްގޮތަށް ފެކަލްޓީ ހުޅުވައި ލެއްޕުމާއި، ބަންދު ދުވަސްތަކާއި އިތުރުގަޑީގައި ރަސްމީކަމެއް މެދުވެރިވުމުން، ފެކަލްޓީ ހުޅުވުމާއި ލެއްޕުމުގެ މަސައްކަތް ކުރަންޖެހުމުން އެކަން ކުރުން.
  2. ސްޓޮކަށާއި ޕްރެކްޓިކަލްތަކަށް ބޭނުންވާ ތަކެތި ދަތިނުވާނޭހެން ހޯދުމާއި، ތަކެތި ބޭނުންވާ މުވައްޒަފުންނަށް ތަކެތި ދޫކުރުމާއި، މިކަންކަމާގުޅޭ ހުރިހާ ލިޔުންތައް ފުރިހަމަކުރުން.
  3. ކިޔަވައިދިނުމަށްޓަކައި ދަރިވަރުންނަށް ދޭންޖެހޭ ފިލާވަޅުތަކާއި ނޯޓުތައް ލެކްޗަރާއިން ވިދާޅުވާގޮތަށް ތައްޔާރުކޮށްދިނުމާއި، ދަރިވަރުންނަށް އަންގަންޖެހޭ އެންގުންތައް ނޯޓިސްބޯޑަށް އެރުވުމާއި، އެ ނޯޓިހެއްގެ ބޭނުންކެނޑުމުން، އެ ނޯޓިހެއް ނެގުން.
  4. ކޯސްތަކުގައި ކިޔަވަމުންގެންދާ ދަރިވަރުންގެ ރަޖިސްޓްރީ ބެލެހެއްޓުމާއި، ކުލާސްތަކުގެ ހާޒިރީ ބެލެހެއްޓުމާއި، ފީދައްކައިގެން ހިންގާ ކޯސްތަކުގެ ދަރިވަރުން ފީނުދައްކާނަމަ، އެފަދަ ދަރިވަރުންނަށް އަންގަންޖެހޭ އެންގުންތައް އެންގުން.
  5. ދަރިވަރުންގެ އެސައިމަންޓުތަކުގެ ނޯޓްސް ލެކްޗަރާއިން ދެއްވުމުން، ދަރިވަރުންނާ ހަވާލުކުރުމާއި، އެސައިމަންޓުތައް ގެނައުމުން ބަލައިގަތުމަށްފަހު ލެކްޗަރާއިންނަށް ހަވާލުކުރުން.
  6. ފެކަލްޓީއަށް ލިބޭ ލިއުންތަކާ ހަވާލުވެ، އެ ލިޔުންތައް އެންޓްރީކޮށް، ވެރިޔާ ލައްވާ ސޮއިކުރެވި، އެ ލިއުމެއް ހަވާލުކުރަންޖެހޭ މުވައްޒަފަކާ ހަވާލުކުރުން.
  7. ކޮންމެ ދުވަހަކު އެ ދުވަހެއްގައި ކުރި މަސައްކަތް ބަޔާންކޮށް ޔައުމިއްޔާ ލިޔެ، ވެރިއެއްގެ ސޮއިކުރުމަށްފަހު، ފައިލްކުރުން.
  8. ފެކަލްޓީގެ އިދާރީ މަސައްކަތްތަކުގެ ތެރެއިން އެކިފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީއާއި ލިޔުންތައް ލިޔުމާއި، އެކިފަރާތްތަކުން ލިބޭ ލިޔުންތަކަށް ޖަވާބުލިޔުމާއި، ފޮނުވަންޖެހޭ ފަރާތްތަކަށް އެފަދަތަކެތި ފޮނުވުމުގެ ކަންތައްކުރުމާއި، ފައިލްކުރަންޖެހޭ ހުރިހާ ލިޔުންތައް ފައިލްކުރުން.
  9. ފެކަލްޓީގެ އިދާރީ ހަރަކާތްތަކުގެ އިތުރުން، އެކަޑެމިކް މުވައްޒަފުން ރާވައިގެން ހިންގާ އިވެންޓްތަކާއި، މާކެޓިންގ އިވެންޓުތަކާއި، ފަންޑް ރެއިސިންގ އިވެންޓްތަކުގައި އެކުވެރި މާޙައުލެއްގައި މަސައްކަތްކޮށް، މިފަދަ ހަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދިނުން.
  10. މީގެ އިތުރުން، އިދާރީ މުވައްޒަފަކު ސަލާމް ބުނުމުން ނުވަތަ ޗުއްޓީ ނެގުމުން، ވެރިން އަންގަވާގޮތެއްގެމަތިން އޭނާގެ މަސައްކަތް ކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައި އޮންނަ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  2. ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ، އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ ސަނަދާއި، އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލްވާނެއެވެ.
  • އިންޓަވިޔު ކުރެވޭނީ، އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓި ފޮނުވޭނީ އިންޓަރވިޔުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓްފިކެޓް އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަކޮށްފައިވާ ފަރާތްތައް ތަޢުލީމީ ސެޓްފިކެޓް ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

ސިޓީ ފޮނުވަންވީ ތާރީޚު:   

2015 އޮގަސްޓު 6 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް.

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345409 ނަންބަރު ފޯނާއެވެ.
  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ.
  • މި މުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ. 

14 ޝައްޥާލް 1436

30 ޖުލައި 2015