ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
ސީނިއަރ ސްކޫލް ހެލްތު އޮފިސަރ (ދާއިމީ) |
މަޤާމް: |
||||
ސީނިއަރ އޮފިސަރ ގްރޭޑް 1 |
މަޤާމުގެ ކްލެސިފިކޭޝަން: |
(އެމް. އެސް. 4) MS1 |
މަޤާމުގެ ރޭންކް: |
||
188-OD/22/2015/14 |
މަޤާމް ނަންބަރު: |
1 (އެކެއް) |
ބޭނުންވާ އަދަދު: |
||
ޢަފީފުއްދީން ސްކޫލް، އިދާރީ ސެކްޝަން |
މަޤާމް އޮތް އޮފީސް: |
||||
ޢަފީފުއްދީން ސްކޫލް، ހދ. ކުޅުދުއްފުށި |
ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް: |
||||
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: - ދަރިވަރުންނަށާއި، މުވައްޒަފުންނަށާއި، ބެލެނިވެރިންނަށް އަމާޒުކޮށްގެން ޞިއްޙީ ޕްރޮގްރާމްތައް ރާވައި ހިންގުން. - ދަރިވަރުންގެ ހެލްތް ޗެކަޕް ޕްރޮގްރާމް ރާވައި ހިންގުން. - ހެލްތު ރޫމް ބެލެހެއްޓުން. - ހެލްތު ރޫމުން ފަސްޓް އެއިޑް ލިބޭނެ އިންތިޒާމް ހަމަޖެއްސުން. - ސްކޫލުގެ އިމާރާތްތަކާއި ގޯތިތެރެއާއި ފަޚާނާތަކުގެ ސާފުތާހިރުކަން ދުވަހުން ދުވަހަށް ޗެކްކުރުން. - ޞިއްޙީ މައްސަލަތައް ހުންނަ ދަރިވަރުންގެ ބެލެނިވެރިންނާ ބައްދަލުކޮށް އެހީތެރިވެދިނުން. - ދަރިވަރުންނަށް ޞިއްޙީ މަޢުލޫމާތު ފޯރުކޮށްދިނުން. - ކުރިއަށްއޮތް އަހަރު ސްކޫލް ހެލްތު ޕްރޮގްރާމް ހިންގާނެގޮތުގެ ތާވަލް ތައްޔާރުކޮށްފައި އެޑިޔުކޭޝަން މިނިސްޓްރީއަށް ފޮނުވުން. |
|||||
މުސާރައާއި ސަރވިސް އެލަވަންސް (މަހަކު) |
ޝަރުޠު |
||||
- މުސާރަ: -/5610 ރުފިޔާ - ސަރވިސް އެލަވަންސް: -/2000 ރުފިޔާ
|
1. ހެލްތުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 2. ހެލްތުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛ 3. ހެލްތުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއްށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން. |
||||
އެހެނިހެން ޢިނާޔަތްތައް: އިތުރުގަޑީގައި މަސައްކަތް ކުރަންޖެހޭނަމަ، ހަމަޖެހިފައިވާ އުސޫލެއްގެމަތިން އިތުރުގަޑީގެ ފައިސާ ލިބޭނެ. |
|||||
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: - ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު. - މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރާއި، މަސައްކަތުގެ އަޚްލާޤު. - މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލުކަމާއި ސިފަތައް، އިންޓަވިއު ޕެނަލަށް ސާބިތުކޮށްދެވޭ މިންވަރު. |
|||||
އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި: - އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކުގެ ފޮޓޯކޮޕީ. - މުއްދަތު ހަމަނުވާ އައި.ޑީ. ކާޑުގެ ސާފު ކޮޕީ. - ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ ސާބިތުކުރެވޭ، ވަޒީފާ އަދާކުރި އޮފީސްތަކުގެ ލިޔުންތަކުގެ ފޮޓޯކޮޕީ. - ވަޒީފާގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯހާއި، ވޯރކްޝޮޕްތަކުގެ ލިޔުންތަކުގެ ފޮޓޯކޮޕީ. - ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. ނޯޓް: ސިވިލް ސަރވިސްގެ މުވައްޒަފުންގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތައް ފުރިހަމަކޮށްފައި ހުށަހަޅާ ސެޓްފިކެޓްތައްވެސް (އެކްރެޑިޓްކޮށްފައި ނުވިނަމަވެސް ) ސިވިލް ސަރވިސްގެ މަޤާމުތަކުގެ އަސާސީ ޝަރުޠު ފުރިހަމަކުރުމުގައި ބެލެވޭނެއެވެ. |
|||||
ސުންގަޑި: މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ހަމަވާ ފަރާތްތަކުން ވަޒީފާއަށްއެދި ހުށަހަޅާ ފޯމާއި، މަތީގައި ބަޔާންކުރެވިފައިވާ ތަކެތި ފުރިހަމަކުރުމަށްފަހު، 2015 އޮގަސްޓު 5 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، މި ސްކޫލަށް ހުށަހެޅުން އެދެމެވެ. |
|||||
އިންޓަވިއު: - މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރަށާއި، ތަޖުރިބާއަށާއި، މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، 10 ފަރާތެއް ޝޯޓްލިސްޓު ކުރެވޭނެއެވެ. އިންޓަވިއު ކުރާނީ، ޝޯޓްލިސްޓު ކުރެވުނު 10 ފަރާތާއެވެ. |
|||||
އިތުރު މަޢުލޫމާތު: - މި މަޤާމަށް އެދޭ ފަރާތްތަކުން ފުރަންޖެހޭ ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ. - އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންނަމަ، މި ސްކޫލުގެ 6528041 ނަންބަރު ފޯނާ ގުޅުން އެދެމެވެ. |
6 ޝައްޥާލް 1436