ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)457-HR/1/2015/1011
ޕަބްލިޝްކުރި ތާރީޚް: 23 ޖުލައި 2015
ޕަބްލިޝްކުރި ގަޑި: 17:04
ސުންގަޑި: 09 އޮގަސްޓް 2015 14:30
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ސީނިއަރ އެކައުންޓްސް އޮފިސަރ   

މަޤާމު

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ކްލެސިފިކޭޝަން

MS2

ރޭންކް

-/6295 ރުފިޔާ

މުސާރަ

ސަރވިސް އެލަވަންސް: -/2000 ރުފިޔާ

ފިނޭންސް އެލަވަންސް: މުސާރައިގެ %35

އެހެނިހެން

އިނާޔަތްތައް

01

ބޭނުންވާ އަދަދު

ފައިނޭންސް އެންޑް އެކައުންޓްސް

ބޭނުންވާ ސެކްޝަން

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް، މާލެ

މަސައްކަތްކުރަންޖެހޭ ތަނާއި ރަށް

  • ފައިނޭންސް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ،
  • ފައިނޭންސް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ،
  • ފައިނޭންސް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ،
  • ފައިނޭންސް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން

މަޤާމުގެ ޝަރުޠުތައް 

  • ބިޒްނަސް އޭރިޔާ 1011ގެ ލަފާކުރާ ބަޖެޓް ތައްޔާރުކުރުކުރުން.
  • ބިޒްނަސް އޭރިޔާ 1011ގައި ހިމެނޭ ސެކްޝަންތަކުގެ ބަޖެޓް އެކުލަވާލުމުގެ މަސައްކަތް ކޯޑިނޭޓްކޮށް ބެލެހެއްޓުމާއި، ޑިޕާޓްމަންޓްގެ ލަފާކުރާ ބަޖެޓް އެކުލަވާލުމުގެ މަސައްކަތްކުރުން.
  • ބިއުރޯއިން ތައްޔާރުކުރާ ތަފާތު ފޮތްތަކާއި ސީޑީފަދަ އާމްދަނީ ލިބޭގޮތަށް ވިއްކާތަކެތި ވިއްކުމާއި ލިބޭ ފައިސާ އާމްދަނީ އެކައުންޓަށް ޖަމާކުރުމާ މިކަމާ ގުޅޭ ލިޔެކިއުންތައް ބެލެހެއްޓުން.
  • މި ބިއުރޯޣެ ފަރާތުންގެދަތުރުތަކުގައި (ރާއްޖޭއާއި ރާއްޖޭން ބޭރުގެ ދަތުރުތައް) ބައިވެރިވެވަޑައިގެންނަވާ މުވައްޒަފުންނަށް ލިބެންޖެހޭ ފައިސާ (ޕޮކެޓް މަނީ، އިންސިޑެންޝަލް އަދި އެހެނިހެން ދަތުރު ޚަރަދު) އާބެހޭ ލިޔެކިޔުންތައް ފުރިހަމަކޮށް އެފައިސާ ލިބެންޖެހޭ މުވައްޒަފުންނާ ޙަވާލުކުރުމުގައި އެހީތެރިވެދިނުން
  • އިންޓަރނަލް އޯޑިޓް ކުރުމުގައި ބަޖެޓްގެ ޚަރަދުތަކާބެހޭގޮތުން ކުރިމަތިވާ ސުވާލުތަކަށް ބޭނުންވާ ލިޔެކިޔުންތައް ފޯރުކޮށްދިނުން
  • ބިޒްނަސް އޭރިޔާ ނަންބަރު  1011ގެ ކުރިއަށް އޮތް އަހަރަށް ލަފާކުރާ ބަޖެޓް ތައްޔާރުކުރުމުގެ މަސައްކަތް ޔުނިޓް ހިންގެވުމާ ޙަވާލުވެހުރި މުވައްޒަފެއްގެ ލަފާގެ މަތިން ކުރުމުގެ ގޮތުން:
  • ބިޒްނަސް އޭރިޔާ1011 ގައި ހިމެނޭ ސެކްޝަންތަކުގެ ބަޖެޓް އެކުލަވާލުމުގެ މަސައްކަތުގައި އެހީތެރިވެދިނުން.
  • ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން ބަޖެޓް ފައިނަލްކުރުމަށްފަހު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ފޮނުވުމުގައި އެހީތެރިވެދިނުން. 
  • ބިޒްނަސް އޭރިޔާ  1011 ގެ މަސައްކަތާ ގުޅިގެން ބިލްތަކަށް ފައިސާ ދެއްކުމަށްޓަކައި ތައްޔާރުކުރަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކުރުމަށްފަހު (ވައުޗަރު، ވައުޗަރު ރަޖިސްޓަރީ ފުރިހަމަކުރުމާއި އެގްރީމަންޓް/ނޯޓް، ޕީ.އޯ ހަމަތޯ ޗެކްކޮށް) PAS އިން "ޕާރކް" ކޮށް އަދި ޕޭމަންޓުތައް ފޮލޯއަޕްކުރުން. 
  • ބިޒްނަސް އޭރިޔާ 1011ގެ މަންތްލީ ރިޕޯޓު ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން ތައްޔާރުކޮށް ޔުނިޓް ހިންގުމާ ޙަވާލުވެ ހުރި މުވައްޒަފެއްގެ ލަފާގެ މަތިން ފައިނަލްކޮށް މިނިސްޓްރީ އޮފް ފިނޭންސަށާއި އޯޑިޓް އޮފީހަށް ފޮނުވުން.
  • ބިޒްނަސް އޭރިޔާ 1011 ގެ ޕްރޮޖެކްޓުތަކުގެ(NICEF,UNFPA,ADB) މަސައްކަތާ ގުޅިގެން ދައްކަންޖެހޭ ބިލްތަކަށް ފައިސާ ދެއްކުމަށްޓަކައި ތައްޔާރުކުރަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކުރުމަށްފަހު (ވައުޗަރު، ވައުޗަރު ރަޖިސްޓަރީ ފުރިހަމަކުރުމާއި އެގްރީމަންޓް/ނޯޓް، ޕީ.އޯ ހަމަތޯ ޗެކްކޮށް) PAS އިން "ޕާރކް" ކުރުން އަދި ތައްޔާރުކުރަންޖެހޭ ރިޕޯޓްތައް ޔުނިޓްހެޑްގެ ލަފާގެ މަތިން ތައްޔާރުކުރުން. 

މަޤާމުގެ މަސްއޫލިއްޔަތު

ސްޓެޓިސްޓިކަލް އޮފިސަރ   

މަޤާމު

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ކްލެސިފިކޭޝަން

MS1

ރޭންކް

-/5610 ރުފިޔާ

މުސާރަ

ސަރވިސް އެލަވަންސް: -/2000 ރުފިޔާ

އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީދޭ އެލަވަންސް: މުސާރައިގެ %35

އެހެނިހެން

އިނާޔަތްތައް

01

ބޭނުންވާ އަދަދު

ސްޓެޓިސްޓިކަލް ޑިވެލޮޕްމަންޓް އެންޑް ސްޓޭޑަރޑްސް ސެކްޝަން

ސެކްޝަން

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް

 މާލެ

މަސައްކަތްކުރަންޖެހޭ ތަނާއި ރަށް

  • މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ ޝަރުޠުތައް

މަސައްކަތް ކުރަންޖެހޭ ސެކްޝަން:  

ސްޓެޓިސްޓިކަލް ޑިވެލޮޕްމަންޓް އެންޑް ސްޓޭންޑަރޑްސް ސެކްޝަން

  • ތަފާސްހިސާބު ހޯދުމަށް ރާއްޖެއާއި ރާއްޖެއިންބޭރުގެ ފަރާތްތަކުން ފޮނުވާ ސުވާލުކަރުދާސް ފުރިހަމަކުރުމަށް އެހީތެރިވެދިނުން
  • ރާއްޖޭގެ ފަރާތުން ބައިވެރިވާ ތަފާސްހިސާބުގެ އެކިއެކި ކަންތައްތަކުގައި (އައި.އެމް.އެފް ގެ ޖީ.ޑީ.ޑީ.އެސް، އެސް.ޑީ.ޑީ.އެސް ފަދަ) ބައިވެރިވުމަށް ކުރަންޖެހޭ އަމަލީ މަސައްކަތް ކުރުން.
  • އަތޮޅު އަދި ރަށު ފެންވަރުގެ ތަފާސްހިސާބު އެކުލަވާލާ، މައުލޫމާތު ޗެކްކޮށް ވެރިފައިކުރުން.
  • އެކިއޮފީސްތަކުން ބަލަހައްޓާ ތަފާސްހިސާބު ސްޓެންޑަޑައިޒްކޮށް ތަފާސްހިސާބުގެ ނިޒާމު ހަރުދަނާކުރުމަށް އެހީވެދޭނެ ކަންތައްތައް އޮފީސްތަކާ ގުޅިގެން ރާވައި ހިންގުން.
  • ތަފާސްހިސާބު ޗެކްކުރުމާއި ތަފާސްހިސާބާބެހޭ ސުވާލުކަރުދާސް ފުރިހަމަކުރުމާއި އަދި މީޑިއާ އަށާއި އަމިއްލަ ފަރާތްތަކަށް ތަފާސްހިސާބު ދޫކުރުމުގެ މަސައްކަތުގައި އެހީތެރިވުން.
  • ހަތަރުމަހުން އެއްމަހު ކުއާޓަރލީ ސްޓެޓިސްޓިކްސް ޕަބްލިކޭޝަނެއް އެކުލަވާލާ ޢާންމުކުރުން.
  • އިންޓަރނޭޝަނަލް ކްލެސިފިކޭޝަން ( ISIC ) ބޭނުންކޮށްގެން ލޯކަލް ކްލެސިފިކޭޝަނެއް ތައްޔާރު ކުރުމުގެ މަސައްކަތް ކުރުން، rv.3 ISIC ރިވިޝަން އިން 3.1 އަށް އަދި 4 އަށް ލިންކް ކުރުން ، އަދި ކުރީގައިދެވިފައިވާ ކޮމަން ކޯޑުތަކުގެ ލިސްޓެއް އެކުލަވާލުން.
  • އިންޓަނޭޝަނަލް ކްލެސިފިކޭޝަން (ISCO) ބޭނުންކޮށްގެން ލޯކަލް ކްލެސިފިކޭޝަނެއް ތައްޔާރު ކުރުމުގެ މަސައްކަތް ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި މަސައްކަތް ކުރެވޭގޮތް މޮނިޓަރ ކުރުން.
  • ބިއުރޯގެ ފަރާތުން  އަހަރަކު އެއްފަހަރު ތައްޔާރުކުރާ ތަފާސްހިސާބުގެ އަހަރީފޮތާއި، ތަފާސްހިސާބުގެ ލީފްލެޓްތަކާއި، ޓައިމްލީކޮށް އެކުލަވާލާ ގަވާއިދުން އާންމުކުރުމުގައި އެހީތެރިވުން.
  • އެން.އެސް.ޑީ.އެސް އިމްޕްލިމެންޓްކުރުމަށް ކަމާއިބެހޭ އޮފީސްތަކާއި ކޯޑިނޭޓިންގ ކޮމިޓީގެ އެހީތެރިކަމާއެކު މަސައްކަތްކުރުން. (އަހަރުގެ ތެރޭގައި ތަފާސްހިސާބު ނެގުން ހަރުދަނާ ކުރުމަށް ވަކި ދާއިރާތަކެއްކަނޑައަޅާ އެކަމުގެ އަމަލީ މަސައްކަތް ކުރުން އަދި ސަރުކާރުގެ ތަރައްޤީގެ ޕްލޭން މޮނިޓަރކުރުމަށް ކަނޑައެޅޭ އިންޑިކޭޓަރތަކަށް ބޭނުންވާ ތަފާސްހިސާބު ހޯދުމަށް ޕްލޭނިންގ ޑިވިޝަނާއި ކަމާބެހޭ އޮފީސްތަކާއެކު މަސައްކަތްކުރުން.)
  • ޔުނިސެފްގެ އެހީގައި ހިންގާ ޕްރޮޖެކްޓްގެ މަސައްކަތްތައް ކުރިއަށް ގެންދިއުން އަދި ބޭރުގެ އެހީގައި ހިންގޭ ތަފާސްހިސާބުގެ އެކި މަޝްރޫޢުތަކުގެ މަސައްކަތްތަކުގައި އެހީތެރިވެދިނުން.
  • އިންޓަރނޭޝަނަލް ކުއެސްޗަނެއަރތަކަށް ޑެޑްލައިންއަށް ޖަވާބުދިނުން އަދި ޑޭޓާ ރިކުއެސްޓްތަކަށް އަވަހަށް ޑޭޓާ ފޯރުވައިދިނުމުގައި އެހީތެރިވެދިނުން

މަޤާމުގެ މަސްއޫލިއްޔަތު

އެސިސްޓެންޓް ސްޓެޓިސްޓިކަލް އޮފިސަރ   

މަޤާމު

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ކްލެސިފިކޭޝަން

GS 3

ރޭންކް

-/4465 ރުފިޔާ

މުސާރަ

ސަރވިސް އެލަވަންސް: -/1500 ރުފިޔާ

އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީދޭ އެލަވަންސް: މުސާރައިގެ %35

އެހެނިހެން

އިނާޔަތްތައް

01

ބޭނުންވާ އަދަދު

ޕަވަރޓީ އެންޑް ސޯޝަލް ސްޓެޓިސްޓިކްސް

ސެކްޝަން

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް، މާލެ

މަސައްކަތްކުރަންޖެހޭ ތަނާއި ރަށް

  • ސްޓެޓިސްޓިކްސްއާ ގުޅޭ ދާއިރާ ނުވަތަ އިކޮނޮމިކްސް ނުވަތަ ކޮމްޕިއުޓަރ ޕްރޮގްރާމިންގ ނުވަތަ ޑިމޮގްރަފީ ފަދަ ސޯޝަލް ސައިންސަސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ                   
  • ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން (ހިސާބު އަދި އިކޮނޮމިކްސް, ކޮމްޕިއުޓިންގ ނުވަތަ އެކައުންޓިންގ) ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، 'އިނގިރޭސި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން އަދި ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ ޝަރުޠުތައް

މަސައްކަތް ކުރަންޖެހޭ ސެކްޝަން:

ޕަވަރޓީ އެންޑް ސޯޝަލް ސްޓެޓިސްޓިކްސް

  • ސާކް ޑިވެލޮޕްމަންޓް ގޯލްސް (އެސްޑީޖީ) އަދި މިލޭނިއަމް ޑިވެލޮޕްމަންޓް ގޯލްސް (އެމްޑީޖީ) ގެ ލަނޑުދަނޑިތައް ހާސިލްވާ މިންވަރު ޢާންމުކުރުމަށްޓަކައި ބޭނުންވާ ތަފާސްހިސާބުތައް ހޯދައި އެކުލަވާލުން.
  •  ގޭބިސީގެ އާމްދަނީއާއި ޚަރަދުކުރުން ހުރިގޮތުގެ ސާރވޭއިން ފަގީރުކަމުގެ މިންގަނޑުތައް އެކުލަވާލުމަށް ބޭނުންވާ މަޢުލޫމާތު މިސާރވޭ މެދުވެރިކޮށް ހޯދުމުގެ ގޮތުން ވާންޖެހޭ ތައްޔާރީގެ މަސައްކަތް ކުރުން. މީގެ ތެރޭގައި ސުވާލު ކަރުދާސް ތައްޔާރުކުރުމުގައި އެހީތެރިވުމާއި ޓްރޭނިންގ ދިނުމާއި އަދި ސާރވޭގައި ބައިވެރިވުން.
  • ގޭބިސީގެ އާމްދަނީއާއި ޚަރަދުކުރުން ހުރިގޮތުގެ ސާރވޭގެ ފަގީރުކަމުގެ އެނަލިސިސް ހެދުމަށް ބޭނުންވާ ތާވަލްތައް ތައްޔާރުކުރުން
  • ރިޕޯޓުތަކަށް ކޮމެންޓްކުރުމާއި އެފަދަ މަޢުލޫމާތު ހިމެނޭ އިޖުތިމާއީ އަދި ފަގީރުކަމުގެ ތަފާސްހިސާބުގެ ޞައްޙަކަން ބެލުން.
  • ސްޓެޓިސްޓިކަލް ބުލެޓިންގއަށް ބޭނުންވާ އެކި ދާއިރާތަކުގެ އިޖްތިމާޢީ ތަފާސްހިސާބު ހޯދައި، ފޯމެޓްކޮށް ތައްޔާރުކުރުން.
  • އިޖުތިމާޢީ މަޢުލޫމާތު އާންމުކުރުމާއި އަދި އެމަޢުލޫމާތު އެކި ފަރާތްތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތްކުރުން.
  • ތަފާސްހިސާބު ހޯދުމަށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކުން ފޮނުވާ ސުވާލުކަރުދާސް ފުރިހަމަކުރުމުގައި އެހީތެރިވުން.
  • ސްޓެޓިސްޓިކްސް ޑިވިޜަނުންކުރާ ސާރވޭތަކުގަޔާއި 10 އަހަރުން އެއްއަހަރު ބާއްވާ ބޯހިމެނުމުގެ މަސައްކަތުގައި ބައިވެރިވުން.
  • ޔުނިޓުގެ އިން/އައުޓް ސިޓީއާއި މެމޯ އެންޓަރކުރުން.
  • ކޮންމެ ދުވަހެއްގެ ޔުނިޓު/ސެކްޝަންގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.
މަޤާމުގެ މަސްއޫލިއްޔަތު
މިމަޤާމުތަކަށް ހޮވޭ ފަރާތްތަކަށް މުސާރައިގެ އިތުރުން އިތުރުގަޑީގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. އިތުރު އިނާޔަތްތައް
މިމަޤާމުތަކަށް ކުރިމަތިލައްވާ، މަޤާމުގެ ޝަރުޠު ހަމަވާ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަރވިއު އާއި އިމްތިޙާންކުރުން، އިޢުލާނަށް މުއްދަތު ހަމަވާތާ ދެ ހަފުތާގެ ތެރޭގައި މާލޭގައި އޮންނާނެއެވެ. އިންޓަރވިއުކުރުމާއި، އަދި އިމްތިޙާން ކުރުން 
  • ވަޒީފާގެ ދާއިރާގެ މަސައްކަތުގެ ހުނަރާއި މަޢުލޫމާތު ލިބިފައިވާ މިންވަރު
  • މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު
  • ޖިސްމާނީ، ނަފްސާނީ އަދި ފަންނީ ޤާބިލުކަން ހުރި މިންވަރު
މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް 
  • ވަޒީފާއަށް އެދޭ ފޯމު
  • ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (ސެޓުފިކެޓެއްނަމަ އެކްރެޑިޓްކޮށްފައިވުން) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
  • ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓުފިކެޓުތައް
  • ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ
ހުށަހަޅަންޖެހޭ ލިޔުންތައް:

ވަޒީފާއަށް އެދި ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 15 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

ޝޯޓްލިސްޓް ކުރުން

9 އޮގަސްޓް 2015 ވާ އާދީއްތަ ދުވަހުގެ 14:30 ގެ ކުރިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ކައުންޓަރަށް ހުށަހެޅުއްވުން އެދެމެވެ.

ސުންގަޑި

  • ވަޒީފާއަށް އެދޭ ފޯމު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެ.
  • މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3349388 ނުވަތަ 3349395 ނަންބަރު ފޯނާއެވެ.

އިތުރު މަޢުލޫމާތު

 

23 ޖުލައި 2015