ދިވެހިރާއްޖެ
ނިލަންދެއަތޮޅު ދެކުނުބުރީ ރިނބުދޫ ކައުންސިލްގެ އިދާރާ.
ރިނބުދޫ. ދ.
ދިވެހިރާއްޖެ.
ނަމްބަރ: (IUL)377/377/2025/1
އިޢުލާން
ރިނބުދޫ ބަނދަރު ސަރަޙައްދުން ވިޔަފާރި ބޭނުމަށް ބިން ކުއްޔަށް ދޫކުރުން.
ދ.ރިނބުދޫ ބަނދަރުމަތިން ވިޔަފާރި ބޭނުމަށް ބިން ދޫކުރުމަށް ކަނޑައަޅާފައިވާ ސަރަޙައްދުން (ފުޓްބޯޅަ ދަނޑުގެ ދެކުނުން) މީލާދީ 15 އަހަރު ދުވަހުގެ މުއްދަތަށް 7 (ހަތެއް) ބިން ދޫކުރުމަށް ހަމަޖެހިފައިވާތީ، އެބިންތައް ކުއްޔަށް ހިފުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ޢާއްމުކޮށް ހުޅުވާލަމެވެ. މި ބިންތައް ޚާއްޞަކުރެވެނީ އެބިންތަކުގައި ނުކުރެވޭނެކަމަށް ކަނޑައަޅާފައިވާ ވިޔަފާރިތައް ފިޔަވައި އެހެނިހެން ހޯލްސޭލް ، ރީޓެއިލް ނުވަތަ ކެފޭ ރެސްޓޯރެންޓް ހިންގުން ފަދަ ވިޔަފާރިތަކަށެވެ.
- މި ބިންތަކުގައި ނުކުރެވޭނެ ވިޔަފާރިތައް:
(1) މަސްކައްކާ ހިއްކުން ނުވަތަ ރިހާކުރު ކެއްކުން.
(2) ލޮނުމަސް އެޅުމުގެ މަސައްކަތް / ރޯމަސް ވިއްކުން.
(3) ފައިބަރު މަސައްކަތް؛
(4) ތެޔޮ ޝެޑް ނުވަތަ ތެޔޮ ވިއްކުމާއި ގުދަންކުރުމާއި ބެހެއްޓުން.
(5) ލަނޑާ ކައްކައި ހިއްކުމުގެ މަސައްކަތް؛
(6) ސިމެންތި، ހިލަ، ހިލަވެލި، ދަގަނޑު ފަދަ ބާވަތްތައް ވިއްކުން
ރަޖިސްޓްރީ ކުރުން:
މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ދ.ރިނބުދޫ ކައުންސިލް އިދާރާގައި ރެޖިސްޓަރ ކުރަންވާނެއެވެ.ރެޖިސްޓްރޭޝަން ކުރިއަށްދާނީ 30 ޖެނުއަރީ 2025 އިން 09 ފެބްރުއަރީ 2025 ގެ ނިޔަލަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 09:30 އިން މެންދުރުފަހު 13:00 އަށެވެ. ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް މިއިދާރާއިން ލިބެން ހުންނާނެއެވެ. ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު ދ.ރިނބުދޫ ކައުންސިލް އިދާރާއަށް ނުވަތަ [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ. ބީލަން ހުށަހެޅުމަށް ދ.ރިނބުދޫ ކައުންސިލް އިދާރާގައި ރެޖިސްޓަރ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.
މައުލޫމަތު ދިނުމުގެ ބައްދަލުވުން:
މި މަސައްކަތުގެ މައުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން އޮންނާނީ 10 ފެބްރުއަރީ 2025 ވާ ހޯމަ ދުވަހުގެ 11:00 ގައި ދ.ރިނބުދޫ ކައުންސިލް އިދާރާގައެވެ. މި ބައްދަލުވުމުގައި ބައިވެރި ވެވޭނީ ބީލަން ހުށަހެޅުމަށް ދ.ރިނބުދޫ ކައުންސިލް އިދާރާގައި ރެޖިސްޓަރ ވެފައިވާ ފަރާތްތަކަށް އެކަންޏެވެ.
ބީލަން ހުށަހެޅުމާއި ބަލައިގަތުން :
ބީލަން ބަލައިގަތުން އޮންނާނީ 20 ފެބްރުއަރީ 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ދ.ރިނބުދޫ ކައުންސިލް އިދާރާގައި ބީލަން ހުށަހަޅާ ފަރާތްތަކުގެ ޙާޟިރުގައެވެ. ބީލަން ހުށަހަޅަންވާނީ '' ދ.ރިނބުދޫ ބަނދަރު ސަރަޙައްދުން ވިޔަފާރި ބޭނުމަށް ބިން ކުއްޔަށް ދޫކުރުން '' މި މައުލޫމާތު ކަރުދާހުގައި ވާގޮތަށެވެ.
އިތުރު މަޢުލޫމާތު ސާފުކުރުން:
މި އިޢުލާނާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންފުޅުވާނަމަ 19 ފެބްރުއަރީ 2025 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން 6760047 ނަމްބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
30 ރަޖަބު 1446
30 ޖެނުއަރީ 2025