ދިވެހިރާއްޖެ
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރުމާއި ކައުންސިލް މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. ތިރީގައިވާ ދާއިރާތަކަށް މިކައުންސިލަށް ބޭނުންވަނީ މިމަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.
- ޤާނޫނު ނަންބަރު 2010/08 ގެ 5 ވަނަ މާއްދާގެ (ހ) (3) ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ ޑޮކްޓަރރުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެމްބަރަކަށެވެ.
- ޤާނޫނު ނަންބަރު 2010/08 ގެ 5 ވަނަ މާއްދާގެ (ހ) (4) ނަފްސާނީ ބަލތަކާ ބެހޭ ޞިއްޙީ ޚިދުމަތްތެރިންގެ ތެރެއިން އެމީހުން އިންތިޚާބު ކުރާ މެމްބަރެއް
- ޤާނޫނު ނަންބަރު 2010/08 ގެ 5 ވަނަ މާއްދާގެ (ހ) (5) ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތް ކުރާ ޖަމިއްޔާ ނުވަތަ އެފަދަ މީހުންނަށް ޚިދުމަތްދޭ ޖަމްޢިއްޔާތަކުން އިންތިޚާބު ކުރާ މެމްބަރަކަށެވެ.
- ޤާނޫނު ނަންބަރު 2010/08 ގެ 5 ވަނަ މާއްދާގެ (ހ) (6) ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން އެމީހުން އިންތިޚާބު ކުރާ މެންބަރެއް
- ޤާނޫނު ނަންބަރު 2010/08 ގެ 5 ވަނަ މާއްދާގެ (ހ) (7) ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބެލެނިވެރިން ނުވަތަ ބަލަދުވެރިންގެ ނަމުގައި ބުނެފައި އެވަނީ، އެމީހުންގެ ތެރެއިން އިންތިޚާބުކުރާ މެމްބަރަކަށެވެ.
ދާއިރާ |
މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ |
މަސައްކަތް ކުރަންޖެހޭ ތަން |
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ހިމާޔަތްކުރާ ކައުންސިލް / މާލެ، |
އެލަވަންސް |
-/5000 ރުފިޔާ |
ހުށަހަޅަންޖެހޭ ތަކެތި |
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް |
ޤާނޫނު ނަންބަރު 2010/08 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު) ދަށުން އެކުލަވާލައިފައިވާ ކައުންސިލްގެ މެމްބަރެއްގެ ގޮތުގައި މަސައްކަތް ކުރުން. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި އެފަދަ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ ބައްދަލުވުންތަކުގައި މަޝްވަރާއާއި ޚިޔާލުދިނުމާއި ކައުންސިލްގެ މެމްބަރެއްގެ ގޮތުގައި އެހީތެރިވުން. |
ސުންގަޑި |
03 އޮގަސްޓް ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ކުރިން މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރއަށެވެ. |
އިތުރު މަޢުލޫމާތު |
މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3013017 އެވެ. |