ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)315-SM/315/2025/21
ޕަބްލިޝްކުރި ތާރީޚް: 30 ޖަނަވަރީ 2025
ޕަބްލިޝްކުރި ގަޑި: 13:42
ސުންގަޑި: 05 ފެބުރުވަރީ 2025 13:30
މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު – ޕްރީ ސްކޫލް ހިންގުން

ބ. ކެންދޫގައި ޕްރީ ސްކޫލެއް ހިންގައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ޕްރީ-ސްކޫލް ހިންގާނެ ފަރާތެއްގެ ގޮތުގައި ޢައްޔަންކުރާނީ މިކަމަށް ހުށަހަޅާ ޕްރޮޕޯސަލްތައް ދިރާސާކުރުމަށް ފަހު އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފާރަތެކެވެ. މިކަމާގުޅޭ މަޢުލޫމާތު ކަރުދާސް މި އިއުލާނާއިއެކު ޑައުންލޯޑް ކުރެވޭގޮތަށް ޢާއްމުކުރެވިފައިވާނެއެވެ.

                   ޕްރޮޕޯސަލް ހުށަހަޅަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ޕްރޮޕޯސަލްގެ ނަމާއި ބީލަންވެރިޔާގެ ނަމާއި އެޑްރެސް ލިޔެފައި އޮންނަންވާއެވެ. އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް މި އިދާރާގެ އީމެއިލް އެޑްރެސް [email protected]  އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.

                   ވީމާ، މި ރަށުގައި ޕްރީ ސްކޫލް ހިންގުމަށް ޝައުޤުވެރިވާ ފާރާތްތަކުން 05 ފެބްރުއަރީ 2025 ވާ ބުދަ ދުވަހުގެ 13:30 އަށް މި އިދާރާއަށް ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.   

                     

                    މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.

30 ޖަނަވަރީ 2025