ވަޒީފާގެ ފުރުޞަތު
ނަންބަރު: 146-A1/2015/146
ޕަބްލިޝްކުރި ތާރީޚް: 23 ޖުލައި 2015
ޕަބްލިޝްކުރި ގަޑި: 16:22
ސުންގަޑި: 16 އޮގަސްޓް 2015 14:30
ފެމިލީ ކޯޓް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް:

ޖީ. އެސް. 3

އަސާސީ މުސާރަ:

4465.00 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަނާއި ސެކްޝަން:

ފެމިލީކޯޓު / ބީ 1

 

އެލަވަންސްތަކާއި ޢިނާޔަތްތައް:

- ސަރވިސް އެލަވަންސް: 1500.00 ރުފިޔާ،

- ލިވިންގ އެލަވަންސް: 2700.00 ރުފިޔާ،

- ޖުޑީޝަލް އެލަވަންސް: މުސާރައިގެ %40،

- އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ.

 

އަސާސީ ޝަރުޠު:

- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ލިބިފައިވުން. ނުވަތަ؛

- މަސައްކަތުގެ  ފެންވަރު  ބެލުމުގެ  ނިޒާމުން  ވަޒީފާގެ  ކުރިއެރުން  ޙައްޤުވާ  މާކުހެއް  ލިބެމުން  ދިޔުމާއެކު، ޖީ.އެސް 2 ގެ ރޭންކުގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

 

 

މައިގަނޑު މަސްއޫލިއްޔަތު:

- ސެކްޝަނަށް ހުށަހެޅޭ މައްސަލަތައް ފޮތަށް ނެގުމާއި، މައްސަލަތައް ޝެޑިއުލްކުރުން.

- ޝަރީޢަތް ހިންގުމަށް ޤާޟީ ކަނޑައަޅުއްވާ މައްސަލަތައް ހަމަޖެހޭ ގަޑިތަކަށް އަމުރު ހެދުމާއި، ހާޒިރުނުވެވޭ ފަރާތްތަކަށް ފޯމު ދޫކުރުން.

- މައްސަލައާ ގުޅިގެން އަންނަ ލިޔުންތައް، މައްސަލައިގެ ފައިލުގެ ތެރެއަށް ލުމާއި، އެ ލިޔުންތަކާ ގުޅިގެން ދޭންޖެހޭ ޖަވާބު ތައްޔާރުކުރުން.

- މައްސަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް، ސުޕަވައިޒަރުގެ އިރުޝާދާއެކު އެޅުން.

- ސެކްޝަނުގައި ކުރަން ހުންނަ އެހެނިހެން އިދާރީ ކަންތައްތައް ކުރުން.

- މީގެ އިތުރުން، ކޯޓުން ދޭންޖެހޭ ޚިދުމަތްތައް ދިނުމުގައި ވަޒީފާގެ ބަޔާނުގައި ހިމެނިފައިނެތް ނަމަވެސް، ޙާލަތު ނިޔާކުރާގޮތުން، ކޯޓަށް މުވައްޒަފުގެ އެހީތެރިކަން ބޭނުންވެގެން، ކޯޓުގެ މަސްއޫލިއްޔަތުތައް ތަންފީޒުކުރުމަށްޓަކައި ކޯޓުން ހަވާލުކުރެވޭ އިތުރު މަސައްކަތްތައް.

 

 

 

 

ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

- ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމު، މި ކޯޓުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މި ކޯޓުގެ ވެބްސައިޓް www.familycourt.gov.mv އިން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

- ކުރިމަތިލާ ފަރާތުގެ ވަނަވަރު.

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ސެޓުފިކެޓް ލެވެލުން މަތީގެ ސެޓުފިކެޓްތައް ހުށަހަޅަންވާނީ، އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކުގެ ކޮޕީއެވެ.)

- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ޓްރާސްކްރިޕްޓްގެ ކޮޕީ.

- އަދާކޮށްފައިވާ ވަޒީފާތަކާއި، އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކާއި، މަޤާމުގައިވީ މުއްދަތާއި، މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ.

ނޯޓް: ވަޒީފާއަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތައް އޭގެ އަސްލާ އެއްގޮތްކަން ކަށަވަރުކުރާނީ، އިންޓަވިއުއަށް ހޮވޭ މީހުންގެ އެކަންޏެވެ. އެހެންކަމުން، އިންޓަވިއުއަށް ހޮވޭ މީހުން އިންޓަވިއުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ލިޔުން ގެންނަންވާނެއެވެ.

ސުންގަޑި:

16 އޮގަސްޓު 2015 ގެ 14:30

 

އިތުރު މަޢުލޫމާތު:

- މި މަޤާމަށް ޝަރުޠުހަމަވާ ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވާނީ، މަޤާމުގެ ވާޖިބުތައް އަދާކުރެވޭނެކަމަށް އިންޓަވިއުގައި ސާބިތުކޮށްދޭ ފަރާތްތަކުގެ ތެރެއިންނެވެ.

- މި މަޤާމަށްއެދި ހުށަހަޅާ ފޯމްތަކުގެ ތެރެއިން އިޢުލާނާ އެއްގޮތަށް ޝަރުޠު ފުރިހަމަނުވާކަމަށް މި ކޯޓުގެ އެޗް.އާރު ކޮމިޓީއަށް ފެންނަ ފޯމްތައް ކެންސަލްކުރެވޭނެއެވެ.

ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 20 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް ބަލައި، އިންޓަވިއު ޕެނަލުން ކަނޑައަޅާ އަދަދަކަށް، އިންޓަވިއުކުރާނެ ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

7 ޝައްޥާލް 1436

 

23 ޖުލައި 2015