ދިވެހިރާއްޖެ
އިޢުލާން
1446 ވަނަ އަހަރު ރަމަޟާންމަހުގެ ތަރާވީޙް ނަމާދު ކުރުމަށް މިކައުންސިލުން ގެނެވޭ ޙާފިޒްގެ ހުރުމާއި، ކެއުން އަދި ދޮވެ އިސްތިރިކޮށް ދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތައް، 2025 ޖަނަވަރީ 30 ވާ ބުރާސްފަތި ދުވަހުން ފެށިގެން 2025 ފެބުރުުވަރީ 09 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން [email protected] އަށް، ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓާއި، އައި.ޑީ ކާޑު ކޮޕީ އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިޢުލާނާއި ގުޅޭ ލިޔެކިޔުންތައް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. މިއިއުލާނާއި ގުޅިގެން ރަޖިސްޓަރވީ ފަރާތްތަކަށް އިތުރު މައުލޫމާތު ދިނުމަށް ބޭއްވޭ ބައްދަލުވުމެއް 2025 ފެބުރުވަރީ 11 ވާ އަންގާރަ ދުވަހުގެ 10:00 ގައި މި ކައުންސިލްގެ އިދާރާގައި އޮންނާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2025 ފެބުރުވަރީ 12 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި މި ކައުންސިލްގެ އިދާރާގައެވެ.
މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ 2025 ފެބުރުވަރީ 11 ވާ އާދީއްތަ ދުވަހު މެންދުރުފަހު 14:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.