ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)PSM-HH/PSM/2015/77
ޕަބްލިޝްކުރި ތާރީޚް: 23 ޖުލައި 2015
ޕަބްލިޝްކުރި ގަޑި: 14:55
ސުންގަޑި: 05 އޮގަސްޓް 2015 15:00
ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
މެނޭޖަރ ޕްރޮޖެކްޓްސް

މަޤާމު: މެނޭޖަރ ޕްރޮޖެކްޓްސް

މުސާރައާއި އެލަވަންސް:

މަހަކު -/17،500 ރުފިޔާ

މަޤާމުގެ ރޭންކް

EX3

ބޭނުންވާ އަދަދު

01

މަސައްކަތް ކުރަންޖެހޭ ތަން

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް

އެޑްމިނިސްޓްރޭޝަން

މަޤާމުގެ ޝަރުޠު:

މަޤާމުގެ މަސްއޫލިއްޔަތު އަންޑަރގްރޭޖްއޭޓް ޑިގްރީއެއް އޮތުމާއެކު 3 (ތިނެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ، ދާއިރާގެ ސެކްޝަންގެ އިސް މަޤާމެއްގައި 5 (ފަހެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • އާކިޓެކްޗަރަލް އަދި ސްޓްރަކްޗަރަލް ޑްރޯވިންގސްތަކާއި ސްޕެސިފިކޭޝަންތައް ދިމާވޭތޯ ބަލައި ދިރާސާކޮށް ގެންނަންޖެހޭ ބަދަލުތައް ގެނައުން
  • ސްޓްރަކްޗަރަލް ޑިޒައިން އަދި ޕްރޮޖެކްޓް ޑްރާފިންގގެ މަސައްކަތްތައް ބެލެހެއްޓުން
  • ކަނޑައެޅިފައިވާ ތާރީޚުތަކަށް ޕްރޮޖެކްޓްތަކުގެ މަސައްކަތްތައް ނިންމުމަށް، މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތުގެ ތާވަލެއް އެކުލަވާލައި ބެލެހެއްޓުން
  • ޕްރޮޖެކްޓްތަކަށް ބޭނުންވާ ބަޖެޓާއި ކޯސްޓް ޓްރެކިންގ ރިޕޯޓުތައް އެކުލަވާލުމަށް ބޭނުންވާ މަޢުލޫމާތާއި އިރުޝާދު ދިނުން
  • ޕްރޮޖެކްޓްތަކުގެ ކޮންސްޓްރަކްޝަނާއި މެއިންޓެނަންސްއާ ގުޅުންހުރި ކަންތައްތައް އެކުލަވާލައި ރާވައި ބެލެހެއްޓުން
  • މަސައްކަތްތަކަށް ބޭނުންކުރާ ތަކެއްޗާއި ޚިދުމަތްތައް ބޭނުންކުރެވެނީ އެންމެ އެކަށީގެންވާ ގޮތުގައިކަން ބަލައި ޔަގީންކުރުން
  • ޕްރޮޖެކްޓްތަކުގެ މަސައްކަތުގައި ދިމާވާ މައްސަލަތަކަށް، ކަމާގުޅުންހުރި ފަރާތްތަކާއެކު މަޝްވަރާކޮށް ހައްލު ހޯދުން
  • ކުންފުނިން ހިންގާ ޕްރޮޖެކްޓްތައް ރާވައި ހިންގައި ބެލެހެއްޓުން
  • ކޮންސްޓްރަކްޝަންގެ މަސައްކަތްތައް ކުރިއަށްދާގޮތް ބެލެހެއްޓުން
  • ޕްރޮޖެކްޓްތަކުގެ މަސައްކަތްތައް ކުރިއަށްދަނީ ބިލްޑިންގ ސޭފްޓީ ކޯޑާއި އަދިވެސް އެހެނިހެން ގަވާއިދުތަކާ އެއްގޮތަށްކަން ބަލައި ޔަގީންކުރުން
  • ޕްރޮޖެކްޓްތަކުގެ މަސައްކަތްތައް ކުރިއަށްދަނީ ތިމާވެށީގެ ގަވާއިދުތަކާ އެއްގޮތަށްކަން ބަލައި ޔަގީންކުރުން
  • ޕްރޮޖެކްޓްތަކުގެ މަސައްކަތްތައް ކުރިޔަށް ގެންދިއުމަށް އެހެން ޑިޕާޓްމަންޓްތަކުން ހޯދަންޖެހޭ މަޢުލޫމާތާއި އިރުޝާދު ހޯދުން
  •  މަސައްކަތްތައް ކުރިއަށް ގެންދެވެނީ ކޮންސްޓްރަކްޝަން އުސޫލުތަކާ އެއްގޮތަށްކަން ޔަގީން ކުރުމަށް، މަސައްކަތުގެ ތެރޭގައި ދިމާވާ ގެއްލުންތަކާއި އެކްސިޑެންޓްތައް އަދި ކަނޑައެޅިފައިވާ ވަގުތައް ނުނިންމޭ މަސައްކަތްތައް ތަހުގީގުކުރުން
  • ޕްރޮޖެކްޓްތަކުގެ ކޮންޓްރެކްތައް އެކުލަވާލުމުގެ މަސައްކަތްތައް ބަލަހައްޓައި ބޭނުންވާ އިރުޝާދުދީ އަދި ކޮންޓްރެކްޓްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ކަމާ ގުޅުންހުރި ފަރާތްތަކާއެކު މަޝްވަރާކުރުން

ވަޒީފާއަށް އެންމެ ޤާބިލު ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީން
  • ޕްރޮޖެކްޓް މެނޭޖްމަންޓް ދާއިރާއިން ޕްރޮޖެކްޓްތައް އެކުލަވާލުމާއި މެނޭޖް ކުރުމާއި އެގްޒެކިއުޓް ކުރުމުގެ ތަޖުރިބާ
  • މީގެ އިތުރުން ޕްރޮޖެކްޓް މެނޭޖްމަޓްގައި ބޭނުންކުރާ ސޮފްޓްވެއަރތަކަށް އަހުލުވެރިވުމާއެކު ޕްރޮޖެކްޓްތަކާ ގުޅޭ ޓެކްނިކަލް މަޢުލޫމާތުތައް އެނގުން
  • ކުއަންޓިޓީ ސާރވޭއިންގގެ ހުނަރާއި ޕްރޮޖެކް ކޯސްޓް އެނަލިސިސް އަދި ރިޕޯޓިންގއަށް އަހުލުވެރިވުން
  • ޕީއެމްޕީ ސަރޓިފިކޭޝަނެއް ހަދާފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ،

ހުށަހަޅަންޖެހޭ ލިޔުންތައް:

  • މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައިވާ، މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކުރެވިފައިވާފަދަ ދާއިރާއެއްގެ މާސްޓަރސް ޑިގްރީ ސެޓުފިކެޓު އަދި ޓްރާންސްކްރިޕްޓްގެ އެޓެސްޓް ކޮށްފައިވާ ކޮޕީ.
  • ސެޓުފިކެޓު އެކްރެޑިޓް ނުކުރެވި ނުވަތަ އެކްރެޑިޓް ކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިޔު.އޭ) އަށް ހުށަހަޅާފައިވާނަމަ، އެމް.ކިޔު.އޭ އިން އެޓެސްޓް ކޮށްފައިވާ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ އެޓެސްޓް ކޮށްފައިވާ ކޮޕީ.
  • ސެޓުފިކެޓު އެކްރެޑިޓް ނުކުރެވިވާނަމަ، ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ އެޓެސްޓްކޮށްފައިވާ ކޮޕީ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު/ ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • އައިޑީ ކާޑުގެ ފޮޓޯކޮޕީ
  • ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.

އިންޓަރވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ސުންގަޑި

 

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 2015 އޮގަސްޓް 05 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި ކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ/ ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށް އެދޭ ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000210 އާ ގުޅުއްވުން އެދެމެވެ.

07 ޝައްވާލް 1436

23 ޖުލައި 2015