ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)426-3B/426/2025/78
ޕަބްލިޝްކުރި ތާރީޚް: 29 ޖަނަވަރީ 2025
ޕަބްލިޝްކުރި ގަޑި: 15:20
ސުންގަޑި: 06 ފެބުރުވަރީ 2025 14:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޢިއުލާން - ކަށުކަމާކެމީގެ ޕޫލް އެކުލަވާލުމާއި ގުޅޭ

ޢިއުލާން

ކަށުކަމާކެމީގެ ޕޫލް އެކުލަވާލުމާއި ގުޅޭ:

            
        ކަށުކަމާކެމީގެ ކަންތައްތައް ކުރިއަށް ގެންދިއުމުގައި ތައްޔާރު ކުރެވިފައިވާ "ކަށުކަމާކެމީގެ ކަންތައްތަކުގައި ޢަމަލު ކުރުމުގެ އުޞޫލު" އާއި ގުޅިގެން މަރަދޫ އަވަށުގައި ކަށުކަމާކެމީގެ ޕޫލެއް އެކުލަވާލުމަށްވަނީ ހަމަޖެހިފައެވެ.

        ވީމާ، ކަށުކަމާކެމީގެ ޕޫލުގައި ބައިވެރިވުމަށް އެދޭ ތިރީގައި މިދަންނަވާ ޝަރުޠު ހަމަވާ ފަރާތްތަކުން 6 ފެބުރުވަރީ 2025ގެ 14:00ގެ ކުރިން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި، އައްޑޫސިޓީ ކައުންސިލުން ދޫކޮށްފައިވާ ކަށުކަމާކެމީގެ ހުއްދައިގެ ކޮޕީ މިއޮފީހަށް ހުށަހެޅުއްވުން އެދެމެވެ.

  • މުސްލިމަކު ކަމުގައިވުން
  • ބާލިޣުވުން
  • ބުއްދި ސަލާމަތުން ހުރުން
  • ކަށުކަމާކެމީގެ ކަންތައް  ރަނގަޅަށް ދަންނަ މީހަކު ކަމުގައިވުން
  • އައްޑޫސިޓީ ކައުންސިލުން ދީފައިވާ ކަށުކަމާކެމީގެ ހުއްދަ އޮންނަ މީހަކަށްވުން

 

29 ރަޖަބު 1446ހ.

29 ޖަނަވަރީ 2025މ.

29 ޖަނަވަރީ 2025