ޢާންމު މަޢުލޫމާތު
ނަންބަރު: (IUL) 376/376/2025/3
ޕަބްލިޝްކުރި ތާރީޚް: 29 ޖަނަވަރީ 2025
ޕަބްލިޝްކުރި ގަޑި: 14:32
ސުންގަޑި: 05 ޖަނަވަރީ 2025 20:30
ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންނާއި ބައްދަލުކުރުން

މި ކައުންސިލުން އެކުލަވާލާފައިވާ ގޯތި ކޮމިޓީގެ ފަރާތުން ގޯތި ދޫކުރުމުގެ އުސޫލު ފާސްކޮށް، މިދެންނެވި އުސޫލު ކައުންސިލުން ފާސްކުރުމަށް މިކައުންސިލަށް އެކޮމިޓީގެ ފަރާތުން ހުށަހަޅާފައިވާތީ، ގޯތި ދޫކުރުމުގެ އުސޫލު ކައުންސިލުން ފާސްކުރުމުގެ ކުރިން އުސޫލާއި ގުޅޭގޮތުން ރައްޔިތުންނަށް މަޢުލޫމާތު ދިނުމާއި މިކަމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް ބޭނުންވާތީ މިކައުންސިލްގެ ފަރާތުން ބަނޑިދޫގެ ލޮބުވެތި ރައްޔިތުންނާއި ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން 5 ފެބްރުއަރީ 2025 ވަނަ ދުވަހުގެ ރޭގަނޑު 20.30 ގައި ބަނޑިދޫ އީ-ސެންޓަރުގައި ރައްޔިތުންނާއި ބައްދަލުކުރުން އޮންނާނެއެވެ.

     ވީމާ، މިބައްދަލުވުމުގައި ބައިވެރިވެލެއްވުމަށް ރަށުގެ ލޮބިވެތި އެންމެހާ ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ. މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

29 ޖަނަވަރީ 2025