ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)307/INDIV/2025/4
ޕަބްލިޝްކުރި ތާރީޚް: 29 ޖަނަވަރީ 2025
ޕަބްލިޝްކުރި ގަޑި: 13:57
ސުންގަޑި: 10 ފެބުރުވަރީ 2025 13:30
މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2025 ވަނަ އަހަރަށް އެކުލަވާލާ މިސްކިތު ޕޫލަށް މީހުން ހޯދުން

އިޢުލާން 

 202ވަނަ އަހަރަށް އެކުލަވާލާ މިސްކިތު ޕޫލަށް މީހުން ހޯދުން

މިސްކިތު އިމާމުންނާއި މަސައްކަތު މީހުން ޗުއްޓީއާއި ސަލާމުގައި ތިއްބަވާ ދުވަސްތަކުގައި މަސައްކަތް ކޮށްދޭނެ ފަރާތްތަކުގެ ޕޫލެއް އެކުލަވާލުމަށް ބޭނުންވާތީ، ތިރިގައި މިދަންނަވާ މަޤާމުތަކަށް މީހުން ބޭނުންވެއްޖެއެވެ.

1- މަޤާމް: ޕޫލް އިމާމު

    ފެންވަރު ނުވަތަ ޝަރުތު: ދަށްވެގެން އިމާމު ކަމުގެ ސަނަދު ނުވަތަ ދާއިރާއާއި ގުޅޭ އެފެންވަރުގެ އެހެން ސަނަދެއް ހާސިލްކޮށްފައިވުން.

    އުޖޫރަ: ބަންގިގޮވާ އިމާމުވެ ނަމާދުކުރައްވާ ކޮންމެ ވަގުތަކަށް -/61 ( ފަސްދޮޅަސް އެއް ރުފިޔާ)

 

2- މަޤާމް: ޕޫލް މުދިމު

    ފެންވަރު ނުވަތަ ޝަރުތު: ރީތިކޮށް ބަންގި ގޮވަން އެނގުމާއި ރީތިކޮށް ޤުރުއާން ކިޔަވަން އެނގުން.

    އުޖޫރަ: ބަންގިގޮވާ އިމާމުވެ ނަމާދުކުރައްވާ ކޮންމެ ވަގުތަކަށް -/53 ( ފަންސާސް ތިން ރުފިޔާ)

 

3- މަޤާމް: ޕޫލް މަސައްކަތު

    ފެންވަރު ނުވަތަ ޝަރުތު: އަސާސީ ސަރުތު / ލިޔަންކިޔަން އެނގުން

    އުޖޫރަ: މަސައްކަތްކުރާ ކޮންމެ ގަޑިއަކަށް  -/45 ( ސާޅިސް ފަސް ރުފިޔާ)

 

          ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމް މިއިދާރާއިން ނަންގަވާ ފުރިހަމަކުރެއްވުމަށްފަހު، 10 ފެބުރުއަރީ 2025 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.

މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

29 ޖަނަވަރީ 2025