މަސައްކަތް
ނަންބަރު: 153- CMS/2015/08
ޕަބްލިޝްކުރި ތާރީޚް: 23 ޖުލައި 2015
ޕަބްލިޝްކުރި ގަޑި: 14:14
ސުންގަޑި: 14 ޖުލައި 2015 14:00
ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒް
ދިވެހިރާއްޖެ
ބައެއް މަސައްކަތްތައް ކުރަން ބޭނުންވެއްޖެ

މަރާމާތު

މި ސެންޓަރުން ކުރި ނަންބަރު: CMS/2015/07-ފ153 އިޢުލާނަށް ކުރިމަތިލާފައިވަނީ އެންމެ ފަރާތަކުން ކަމުގައިވާތީ އެ އިޢުލާން ބާޠިލު ކުރުމަށްފަހު ތިރީގައިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ. ވީމާ، ތިރީގައިވާ މަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާވަލުގައިވާ ގޮތަށް މަޢުލޫމާތު ސާފުކުރައްވައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

1- ދިޔަދޮވިތައް މަރާމާތު ކުރުމާއި އައު ދިޔަދޮވި ލުން.

2- އޮފީސް ޢިމާރާތާއި ލައިބްރަރީގައި ބޯޑަރު މުށި ޖެހުން.

3- ފާޚާނާތަކުގެ މަރާމާތު.

4- ވާރކްޝޮޕުގެ ތެރެއަށް ފެން ލީކްވާތަން ބެއްދުމާއި ޗާޓްރޫމުގައި ޑޯކްލޯޒަރ ހަރުކުރުން.

5- އޮފީސް ޢިމާރާތާއި ސަރވައިވަލް ސެންޓަރުގައި ކުލަލުން.

6- ސަރވައިވަލް ސެންޓަރުގެ ފެންސް މަރާމާތު ކުރުން.

7- ސަރވައިވަލް ސެންޓަރުގައި 100 ފޫޓުގެ މަގެއް ހަދައި ގާ ޖެހުން.

8- ކޮންޓެއިނަރުގެ މަތިގަނޑު ކަނޑައި ނެގުމާއި މަތިއެޅުން، އަދި ތަކެތި އުފުލާ ގާޑިޔަލުގެ ފުރޮޅު ހަރުކުރުން.

9- މެއިން ބިލްޑިންގގެ ޓެރަސް މައްޗަށް އެރުމަށް ސިޑިއެއް ހެދުން.

10- ލައިފްބޯޓު ބަހައްޓާފައިވާ ޑެވިޓް (ބުޑުތައް) މަރާމާތު ކުރުން.

11- ސަރވައިވަލް ސެންޓަރުގައި ހިޔާކޮށްފައިވާ ތަނުގެ ފުރާޅުގެ ޓްރަސްތައް ދަބަރުތަޅައި ދަވާދުލުން.

މަތީގައި ބަޔާން ކުރެވިފައިވާ 11 އައިޓަމަށް ކޮންމެ މަސައްކަތަކަށް ވަކި އަންދާސީހިސާބެއް ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބުތައް ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ، ވިލިނގިލީގައި (ކ.ވިލިނގިލީގައި) ހުންނަ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒަށެވެ.

ތަފުސީލު

ތާރީޚު

ގަޑި

މަޢުލޫމާތު ސާފުކުރެއްވުމަށް

6 އޮގަސްޓު 2015

14:00

އަންދާސީހިސާބު ހުށަހެޅުއްވުން

11 އޮގަސްޓު 2015

14:00

އިތުރު މަޢުލޫމާތު ބޭނުންފުޅުވެވަޑައިގަންނަވާނަމަ، 3390681 ނުވަތަ 3390983 ނަންބަރާ ގުޅުއްވުން އެދެމެވެ.

7 ޝައްވާލު 1436

23 ޖުލައި 2015