ދިވެހިރާއްޖެ
ހަނިމާދޫ، ކައްދޫ އަދި ފުވައްމުލަކު އެއަރޕޯޓަށް ބޭނުންވާ ޓެކްސީވޭ ބޯޑް ހަދައިދޭނެ ފަރާތެއް ހޯދުމާބެހޭ
ހަނިމާދޫ، ކައްދޫ އަދި ފުވައްމުލަކު އެއަރޕޯޓަށް ބޭނުންވާ ޓެކްސީވޭ ބޯޑް ހަދައިދޭނެ ފަރާތެއް ހޯދަން ކުރެވުނު އިޢުލާން ނަންބަރު IUL)448-ASS/1/2015/73) އާ ގުޅިގެން އަގު ހުށަހަޅާފައިވަނީ އެންމެ ފަރާތަކުންކަމަށްވާތީ، އެ އިޢުލާން ބާޠިލު ކޮށްފީމެވެ.
ވީމާ، މިކަމަށް އެދި ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 02 އޮގަސްޓު 2015 ވާ އާދީއްތަ ދުވަހުގެ 13:30 އަށް ރީޖަނަލް އެއަރޕޯޓްސް، ވެލާނާގޭގެ 11 ވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 06 އޮގަސްޓު 2015 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް ރީޖަނަލް އެއަރޕޯޓްސްއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
06 ޝައްވާލު 1436