މަސައްކަތް
ނަންބަރު: GS08/2015/20
ޕަބްލިޝްކުރި ތާރީޚް: 22 ޖުލައި 2015
ޕަބްލިޝްކުރި ގަޑި: 13:47
ސުންގަޑި: 04 އޮގަސްޓް 2015 11:00
ހއ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ލައިބްރަރީ ޢިމާރާތުގެ ސީލިންގ މަރާމާތުކުރުމާއި ފުރާޅުން ޓިނު ބަދަލު ކުރުމާބެހޭ

މިމަރުކަޒުގެ ލައިބްރަރީ ޢިމާރާތުގެ ސީލިންގ މަރާމާތުކުރުމާއި ފުރާޅުން ބަދަލު ކުރަންޖެހޭ ޓިނު އަމިއްލަ ތަކެތީގައި ބަދަލު ކުރުމާބެހޭ

މިމަރުކަޒުގެ ލައިބްރަރީ ޢިމާރާތުގެ އެތެރެ އަދި ވަށައިގެން އަސްކަނި ސީލިންގކޮށް ދިޔަދޮވި ބަދަލުކުރުމާއި ފުރާޅުން ބަދަލުކުރަންޖެހޭ ޓިނު އަމިއްލަ ތަކެތީގައި ބަދަލުކޮށް އަދި ކަރަންޓް ވައިރިންގ އެޅުމަށް ބޭނުންވެއްޖެއެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 04 އޮގަސްޓު 2015 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް މިމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމައްފަހު 10 އޮގަސްޓު 2015 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގެންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހަޅުއްވާއިރު ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހަޅުއްވަން ބަދަލުގައި މީހަކު ފޮނުއްވާނަމަ، ފޮނުއްވާ ފަރާތުގެ ސިޓީއާއި އައި.ޑީ ކާޑުގެ ކޮޕީ އަދި ބަދަލުގައި ފޮނުއްވާ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ ހުށަހަޅުއްވަންވާނެއެވެ.

މިކަމަށް އެދި މިމަރުކަޒުން ކުރި ނަންބަރު: IUL)GS08/2015/11) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ ބިޑްތައް ބޮޑުކަމަށް ފެންނާތީ، އެ އިޢުލާން ބާޠިލުކުރި ވާހަކަ ދެންނެވީމެވެ.

06 ޝައްވާލު 1436

22 ޖުލައި 2015