ވަޒީފާގެ ފުރުޞަތު
ނަންބަރު: MNU-HR/2025/10
ޕަބްލިޝްކުރި ތާރީޚް: 29 ޖަނަވަރީ 2025
ޕަބްލިޝްކުރި ގަޑި: 08:43
ސުންގަޑި: 04 ފެބުރުވަރީ 2025 12:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ - ހިތަދޫ ކެމްޕަސް

މަޤާމް :ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު :1

މަޤާމު:

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

1

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ހިތަދޫ ކެމްޕަސް 

ގްރޭޑް:

05

ސްޕައިން ޕޮއިންޓް:

24

މަޤާމުގެ މުސާރަ:

މަހަކު 7,151.26 ރ

ސަރވިސް އެލަވަންސް:

މަހަކު  3,064.83ރ

އިނާޔަޔްތައް:

  • އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.
  • ސްޕެޝަލް ޑިއުޓީ އެލަވަންސް ގެ ގޮތުގައި މުސާރައިގެ %35
  • ސްޓާފް ހެލްތު އިންޝުއަރެންސް (3 މަހުގެ ޕްރޮބޭޝަން ފުރިހަމަ ކުރުމަށްފަހު).

ވަޒީފާގެ ބާވަތް:

ދާއިމީ

މަގާމުގެ ޝަރުތު:

  1. ސެޓިފިކެޓް ލެވެލް 7/8 ގެ ސެރޓިފިކެޓެއް މަސައްކަތުގެ ދާއިރާއިން ލިބިފައިވުން،ނުވަތަ،
  2. މަސައްކަތުގެ ދާއިރާއިން ސެޓިފިކެޓް ލެވެލް 5 ގެ ސެރޓިފިކެޓަކަށްފަހު 2 އަހަރު ދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ކެމްޕަސްގެ ބަޖެޓް އެކުލަވާލުމުގައި އިދާރީ މަރުކަޒާއި ގުޅިގެން ކުރަންޖެހޭ ކަންތައްތައް އެސިސްޓެންޓް ޑިރެކްޓަރގެ ލަފާޔާއި އިރުޝާދާއި އެކު ބެލެހެއްޓުން.
  2. ބަޖެޓް ބާކީކޮށް ބެލެހެއްޓުމާއި ތިޖޫރީ ބެހެލެއްޓުމާއި ތިޖޫރީ ރިޕޯޓާއި އަދި ޚަރަދު ރިޕޯޓްތައް ތައްޔާރުކުރުން.
  3. ފައިސާ އާއި ބެހޭ ލިޔެކިޔުންތައް ދުވަހުން ދުވަހަށް ތައްޔާރުކުރުމާއި ބެލެހެއްޓުން.
  4. ކެމްޕަހުން އެކިފަރާތްތަކަށް ދައްކަން ޖެހޭ ފައިސާ ދެއްކުމާއިގުޅޭ ލިޔެކިޔުންތައް ތައްޔާރުކުރުމާއި އިންތިޒާމް ކުރުން.
  5. ޕޭޝީޓް ބެލެހެއްޓުން.
  6. ބޭންކުން  ފައިސާނެގުމާއި ފައިސާ ޖަމާކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުން.
  7. ކެމްޕަސްއަށް ފައިސާ ބަލައިގަތުމާއި ހިސާބުތައް ބެލެހެއްޓުން.
  8. ތަނުގެ މުވައްޒަފުންގެ މަސައްކަތުގެ ވައްޓަފާޅި ދެނެގަނެ، ކަންކުރާނޭ އައުގޮތްތައް ހޯދާ ދެނެގަނެ އެފަދަ ކަންކަން ދަސްކޮށްދީ ފެންވަރު  ކުރިއެރުވުމަށް މަސައްކަތް ކުރުން.
  9. ތާވަލް ކުރެވިފައިވާ ގަޑިތަކުގައި އޮފީސް ހުޅުވުމާއި ކެމްޕަހުން ރާވާފައިވާ ތާވަލާއި އެއްގޮތަށް ޑިއުޓީ އަދާކުރުން.
  10. ނުރަސްމީ ގަޑިތަކުގައި އޮފީސް ކަނޑައެޅިފައިވާ އުސޫލެއްގެ މަތީން އޮފީސް ހުޅުވައި ޑިއުޓީ އަދާކުރުން.
  11. މުވައްޒަފަކު ޗުއްޓީއަށް ދިއުމުން ވަގުތީ ގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައް ކުރުން.
  12. ކެމްޕަސް މާރކެޓް ކުރުމުގައި އަމަލީގޮތުން ބައިވެރިވެ ކުރެވެންހުރި އެންމެހާކަންކަން އިސްނަގައިގެން ކުރުން / ކެމްޕަސް ކޯސްތައް އިޝްތިހާރު ކުރުމުގައި ބައިވެރިވުން.
  13. މާކެޓިންގް ބަޖެޓް އެސިސްޓެންޓް ޑައިރެކްޓަރގެ އިރުޝާދާއެކު ތައްޔާރު ކުރުމާއި މެނޭޖްކޮށް ބެލެހެއްޓުން
  14. މާލީ ރިޕޯޓްތައް ކަނޑައެޅިފައިވާ އުސޫލާއި ޤަވާއިދުން ތައްޔާރުކޮށް ކަމާގުޅޭ ސެކްޝަންތަކަށް.
  15.  ވަޒީފާއާއި ގުޅޭގޮތުން ކެމްޕަސް މެނޭޖަރ ހަވާލުކުރާ މިނޫންވެސް އެހެން ކަންތައްތައް ކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

2025 ފެބުރުވަރީ 4 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.

https://tinyurl.com/MNUhr-2025-HC-10

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ކޮޕީ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން ސެޓްފިކެޓްތަކުގެ އޮރިޖިނަލްތައް ހުށަހަޅަންވާނެއެވެ.
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

** އެޓޭޗް ކުރައްވާނީ މަތީގައިވާ ތަރުތީބުން ހުރިހާ ޑޮކިއުމަންޓް ތަކެއް އެއް ޑޮކިއުމަންޓެއްގޮތުގައި ޕީ.ޑީ.އެފް" ކޮށްފައެވެ.

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

އިތުރު މަޢުލޫމާތު:

  • މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345141 ނަމްބަރު ފޯނަށެވެ.
29 ޖަނަވަރީ 2025