ދިވެހިރާއްޖެ
އިޢުލާން ނަންބަރ |
(IUL) PSM-FP/ PSM/2025/26 |
ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރ |
(PROC-05-25) GSRF-PSM-GA/2025/21 |
އިޢުލާން
- ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު
މިކުންފުނީގެ ޓީވީ ބިލްޑިންގ ލޮބީ އޭރިޔާގެ ވީއައިޕީރޫމްގައި ހުރި މަރާމާތުގެ މަސައްކަތްތައް ކުރުމަށް ބޭނުންވާތީ މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 02 ފެބްރުއަރީ 2025 ވާ އާދީއްތަ ދުވަހުގެ 10:00 ން ޓީވީއެމް ބިލްޑިންގ (ބުރުޒު މަގު) އަށް ހާޒިރުވެ ސައިޓް ބެލުމަށްފަހު، 09 ފެބްރުއަރީ 2025 ވާ އާދީއްތަ ދުވަހުގެ 10:00 އަށް ޓީވީއެމް ބިލްޑިންގ (ބުރުޒު މަގު) އަށް ހާޒިރުވެ ޕްރޮޕޯސަލް ހުށަހެޅުން އެދެމެވެ.
ޕްރޮޕޯސަލް ހުށަހަޅާއިރު ސައިޓް ބެލުމަށްފަހު ކުރަންވާ ކަންތައްތައް ރަނގަޅަށް އެނގި، މަޢުލޫމާތުގައިވާ ހުރިހާ ކަމެއް ފުރިހަމަކޮށް ޕްރޮޕޯސަލް ހުށަހެޅުން އެދެމެވެ. ސައިޓް ބެލުމަށް ގަޑިއަށް ޙާޒިރުނުވާ ފަރާރްތަކަށް އެފުރުޞަތު ނުލިބޭނެ ކަމުގައި ދެންނެވީމެވެ.
ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު އޮންނާނީ ސައިޓް ބެލުމަށް ޙާޒިރުވާ ފަރާތްތަކަށް އެކަންޏެވެ. ބިޑްޕްރޮޕޯސަލް ހުށަހެޅުމަށް ގަޑިއަށް ޙާޒިރުވެފައިނުވާ ފަރާތްތަކުގެ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެއެވެ. ޕްރޮޕޯސަލް ހުށަހެޅުމަށް ބޭނުންވާ މަޢުލޫމާތު ޝީޓް މިއިޢުލާނާއެކު ގެޒެޓްކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.
27 ރަޖަބު 1446
27 ޖަނަވަރީ 2025