މުބާރާތް
ނަންބަރު: 116-A51/IL/2015/45
ޕަބްލިޝްކުރި ތާރީޚް: 23 ޖުލައި 2015
ޕަބްލިޝްކުރި ގަޑި: 13:15
ސުންގަޑި: 10 އޮގަސްޓް 2015 10:00
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑްގެ އައު ލޯގޯ އާއި ސުލޯގަން ފަރުމާ ކުރުމަށް ހުޅުވާލުން

އިބްރާޙިމް ނާސިރު އިންޓަނޭޝަނަލް އެއަރޕޯޓަށް 50 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަ ކުރުމަށާއި ކުންފުނީގެ ތަސައްވަރު ރަނގަޅުކޮށް ކަސްޓަމަރުންނަށްްދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި، ކުންފުނީގެ އައު ލޯގޯ އާއި ސުލޯގަން ފަރުމާ ކުރުމަށް ބޭނުންވެއެވެ. މިގޮތުން، އައު ލޯގޯ އާއި ސްލޯގަން ފަރުމާކުރުމަށް ހަމަޖެހިފައިވަނީ، ހުނަރުވެރި ދިވެހި ފަންނާނުން މިކަމުގައި ބައިވެރިވެވޭނެ ގޮތަށް މުބާރާތެއް މެދުވެރިކޮށެވެ. އަދި މިމުބާރާތުން އެއްވަނައަށްހޮވޭ ލޯގޯ އަދި ސުލޯގަންއަށް މިކުންފުނީގެ ފަރާތުން ފައިސާގެ އިނާމު ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.

މިމުބާރާތުގައި ބައިވެރިވުމަށް އެދޭ އެޕްލިކޭޝަން ފޯމު އަދި އިތުރު ތަފުސީލުތައް މިކުންފުނީގެ ވެބްސައިޓް www.macl.aero ގެ ލިންކް http://www.macl.aero/plus/S_ANNOUNCEMENTS/44/3 އިން ލިބޭނެއެވެ. އަދި މި މުބާރާތާބެހޭ އިތުރު މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް 10 އޮގަސްޓު 2015 ވާ ހޯމަދުވަހު ހެދުނު 10:00 ގައި މިކުންފުނީގައި އޮންނާނެއެވެ. މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް ބޭނުންފުޅުވާ ފަރާތްތަކުން [email protected] އަށް އީމެއިލްކޮށް ރަޖިސްޓަރީކޮށްދެއްވުން އެދެމެވެ. 

އިތުރު މައުލޫމާތު ހޯއްދެވުމަށް:

ކޮމާޝަލް އެންޑް މާރކެޓިންގ

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް

ހުޅުލެ 22000

ދިވެހިރާއްޖެ

ފޯނު: 3337188، 3337170، 3337491، 3325511

އީ-މެއިލް: [email protected]

23 ޖުލައި 2015