ވަޒީފާގެ ފުރުޞަތު
|
މަޤާމް:
|
އެސިސްޓެންޓް ޓެކްނީޝަން
|
ވަޒީފާގެ ދާއިރާ:
|
ރިނިއުބަލް އެނާރޖީ ޑިޕާޓްމަންޓް
|
ބޭނުންވާ ޢަދަދު:
|
02
|
މުސާރަ:
|
-/8,000ރ އާއި -/15,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)
|
ފެންވަރު ނުވަތަ ޝަރުޠު:
|
- ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުގެ 02 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.
ނުވަތަ؛
- އިލެކްޓްރިކަލް އިންޖިނިއަރިންގ ދާއިރާއަކުން ލެވެލް 04 ގެ ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުން.
|
ދާއިރާގެ މައިގަޑު މަސައްކަތް:
|
- ސޯލާ ހަރުކުރަން ސައިޓް ސާރވޭކޮށް މެޓީރިއަލް ލިސްޓް ތައްޔާރުކުރުން.
- ސޯލާ ޕެނަލް ހަރުކޮށް ކަރަންޓުދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ޕްރޮޖެކްޓް ސުޕަވައިޒަރގެ އިރުޝާދުގެ ދަށުން ކުރުން.
- ސޯލާ ހަރުކޮށްފައިވާ ސައިޓްތަކުގެ ރޫޓީން އިންސްޕެކްޝަން ހެދުމުގައި އެހީތެރިވެދިނުން.
- ސޯލާ ޕީވީ ސިސްޓަމްތަކަށް ދިމާވާ މައްސަލަތައް ހޯދައި، އެސިސްޓަމްތައް ރަނގަޅުކުރުމުގައި އެހީތެރިވެދިނުން.
- އިއާދަކުރަނިވި ހަކަތައިން އުފައްދާ ހަކަތައިގެ ޑާޓާ އެއްކުރުމަށް، ސައިޓްތަކަށް ގޮސް ރީޑިންގ ނެގުން.
- ޑިޕާޓްމަންޓްގައި ބޭނުންކުރާ ޓޫލްސް ބެލެހެއްޓުމުގައި އެހީތެރިވެދިނުން.
- ޑިޕާޓްމަންޓްގެ މަސައްކަތްތަކުގައި އަމަލީ ގޮތުން ބައިވެރިވުން.
|
ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:
|
03 ފެބްރުއަރީ 2025 ވަނަ ދުވަހުގެ 14:00 ގެ ކުރިން
|
ސުންގަޑި:
|
މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، [email protected] އަށް 03 ފެބްރުއަރީ 2025 ވަނަ ދުވަހުގެ 14:00 ގެ ކުރިންގެ ކުރިން ހުށަހެޅުން އެދެމެވެ.
|
އިންޓަވިއު:
|
އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.
|
ހުށަހަޅަން ޖެހޭ ލިޔުން:
|
- ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެwww.stelco.com.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
- އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
- ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ
|
އިތުރު މަޢުލޫމާތު:
|
- މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
- މިވަޒީފާއަކީ 06 މަސް ދުވަހުގެ ކޮންޓްރެކްޓަށް ނެގޭ ވަޒީފާއެކެވެ. އަދި 06 މަސް ހަމަވުމުން މަސައްކަތުގެ ފެންވަރަށް ބަލައި ރަނގަޅުނަމަ ވަޒީފާ ދާއިމީ ކުރެވޭނެއެވެ.
- ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
- ސްޓެލްކޯގައި މަސައްކަތްކުރާ މުވައްޒަފުންނަށް މި މަޤާމަށް ކުރިމަތި ނުލެވޭނެއެވެ.
|
28 ރަޖަބު 1446
28 ޖަނަވަރީ 2025
|