ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)RDC-HRM/RDC/2025/6
ޕަބްލިޝްކުރި ތާރީޚް: 28 ޖަނަވަރީ 2025
ޕަބްލިޝްކުރި ގަޑި: 14:01
ސުންގަޑި: 04 ފެބުރުވަރީ 2025 16:00
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މި ކޯޕަރޭޝަންގެ ތިރީގައިމިވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

 މަޤާމް:

 ގްރެފިކް ޑިޒައިނަރ 

 ބޭނުންވާ ޢަދަދު:

 01 (އެކެއް)

 މަޤާމުގެ ގިންތި:

 ކޮންޓްރެކްޓް

 ކްލެސިފިކޭޝަން / ރޭންކް:

 އޮފިސަރ – ގްރޭޑު 1

 އަސާސީ މުސާރަ:

 މަހަކު 5,500 ރުފިޔާ

 އެހެނިހެން ޢިނާޔަތްތައް:

 -   ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

 -   އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

 -   ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %25

 -   ލިވިންގ އެލަވަންސް: އަސާސީ މުސާރައިގެ % 15

 -   މީގެ އިތުރުން ޕްރޮފެޝަނަލް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %35   އިންސައްތަ، މަޤާމާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް   5 އިން މަތީ ސަނަދެއް ޙާޞިލްކޮށްފައިވާނަމަ ދެވޭނެއެވެ.

 އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ ޢުޞޫލުން އިތުރުގަޑީގެ ފައިސާ   ދެވޭނެއެވެ.

 ވަޒީފާ އަދާކުރަންޖެހޭ ތަން:

 ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ހެޑްއޮފީހުގައެވެ.

 ފެންވަރު ނުވަތަ ޝަރުތު:

 -  މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ލިބިފައިވުން ނުވަތަ،

 -  ޖީ.ސީ.އީ އޯލެވެލް ނިންމާފައިވުމާއެކު މަސައްކަތާ ގުޅުންހުރި ދާއިރާއަކުން މަދުވެގެން 01   އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 ވަޒިފާގައި ކުރަންޖެހޭ   މައިގަނޑު މަސައްކަތްތައް:

 - އެރޭންޖްމަންޓާއި ސައިޒާއި ޓައިޕް ސައިޒް އެންޑް ސްޓައިލް އަދި އެއާ ގުޅުންހުރި   އެސްތެޓިކް ކޮންސެޕްޓްތަކާ ގުޅޭ އާޓްވޯކްސްގެ އިނީޝިއަލް ލޭއައުޓް ފަރުމާކޮށް އޭގެ   ރިވިޝަންތައް ތަންފީޒްކުރުން.

 - ޕްރިންޓް، ޑިޖިޓަލް އަދި ސޯޝަލް މީޑިއާ ފަދަ ތަފާތު މީޑިއަމްތަކަށް ބޭނުންވާ ވިޝުއަލް   މެޓީރިއަލް ކޮންސެޕްޓްލައިޒްކޮށް، ޑިޒައިންކޮށް ޑިވެލޮޕްކުރުން.

 - އުފެއްދުންތެރި ކެމްޕެއިންތައް ތަރައްޤީކޮށް ހިންގުމަށް ޓީމުގެ އެހެން މެމްބަރުންނާ ގުޅިގެން   މަސައްކަތް ކުރުން.

 - ޓާގެޓް އޯޑިއަންސް އެންގޭޖްކޮށް ކީ މެސެޖިން ފޯރުކޮށްދޭ ވިޝުއަލް ޑިޒައިންތައް އުފެއްދުން.

 - ހުރިހާ ޗެނަލެއްގައި ވެސް ކޮންސިސްޓެންސީ ކަށަވަރު ކުރުމަށް ބްރޭންޑް ގައިޑްލައިންތަކާއި   ވިޝުއަލް ސްޓޭންޑަޑްތައް އެކުލަވާލައި ބެލެހެއްޓުން.

 - އިމަރޖިންގ ޑިޒައިން ޓްރެންޑްތަކާއި ޓެކްނޮލޮޖީތަކާއި ޓެކްނޮލޮޖީތަކާ އެކު އަޕްޑޭޓްވެ،   އެކަށީގެންވާ ގޮތެއްގައި ޑިޒައިންތަކުގައި ހިމެނުން.

 - ވީޑިއޯ ކްލިޕްތަކާއި ވީޑިއޯ ރިޕޯޓްތައް އެޑިޓްކޮށް ހެދުމާއި ކުރު ކްރިއޭޓިވް އެނިމޭޝަންތައް   އުފެއްދުމުގެ ޤާބިލުކަން ލިބިފައިވާ ނަމަ އިތުރު ޕޮއިންޓް ލިބޭނެއެވެ.

 - ކުންފުނީގެ ބްރޭންޑިންއާ ގުޅުންހުރި މަސައްކަތްތައް ރާވައި ހިންގުން.

 - ވެބްސައިޓާއި ސޯޝަލް މީޑިއާ ކޮންޓެންޓާއި ބްރޯޝާ، ކެޓަލޮގްތަކާ ގުޅުންހުރި މަސައްކަތްތައް   ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުން.

 - ކޮންސެޕްޓް ސްޓޭޖުން ފެށިގެން ފައިނަލް ޑެލިވެރީއާ ހަމައަށް ޑިޒައިންތައް އުފައްދައި،   ކްރިއޭޓިވް ޕްރޮސެސްގައި އެކްޓިވްކޮށް ކޮންޓްރިބިއުޓް ކުރުން.

 - ވީޑިއޯ އަދި ފޮޓޯގްރަފީއަށް ބޭނުންވާ ޑިޒައިން އިންޕުޓް ފޯރުކޮށްދިނުން.

 - އުފެއްދި ހުރިހާ ޑިޒައިނެއްގެ އާކައިވް ބެލެހެއްޓުން.

 - އައިޑިއާ ޝެއަރ ކުރުމާއި ޕްރްބްލަމް ސޯލްވިންގެ ޤާބިލުކަން ހުރުން.

 - ތަފްޞީލަށް ފުރިހަމަ ސަމާލުކަމެއް ދިނުން.

 މަޤާމް:

 ސޭލްސް އޮފިސަރ

 ބޭނުންވާ ޢަދަދު:

 02 (ދޭއް)

 މަޤާމުގެ ގިންތި:

 ކޮންޓްރެކްޓް

 ކްލެސިފިކޭޝަން / ރޭންކް:

 އޮފިސަރ – ގްރޭޑު 1

 އަސާސީ މުސާރަ:

 މަހަކު 5,500 ރުފިޔާ

 އެހެނިހެން ޢިނާޔަތްތައް:

 -   ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

 -   އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

 -   ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %25

 -   ލިވިންގ އެލަވަންސް: އަސާސީ މުސާރައިގެ % 15

 -   މީގެ އިތުރުން ޕްރޮފެޝަނަލް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %35   އިންސައްތަ، މަޤާމާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް   5 އިން މަތީ ސަނަދެއް ޙާޞިލްކޮށްފައިވާނަމަ ދެވޭނެއެވެ.

 - އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ ޢުޞޫލުން އިތުރުގަޑީގެ ފައިސާ   ދެވޭނެއެވެ.

 ވަޒީފާ އަދާކުރަންޖެހޭ ތަން:

 ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ހެޑްއޮފީހުގައެވެ.

 ފެންވަރު ނުވަތަ ޝަރުތު:

 - މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ލިބިފައިވުން ނުވަތަ،

 - ޖީ.ސީ.އީ އޯލެވެލް ނިންމާފައިވުމާއެކު މަސައްކަތާ ގުޅުންހުރި ދާއިރާއަކުން މަދުވެގެން 01   އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 ވަޒިފާގައި ކުރަންޖެހޭ   މައިގަނޑު މަސައްކަތްތައް:

 - ޑިޕާޓްމެންޓް މީޓިން މިނިޓްސް ތައްޔާރުކުރުން.

 - ސޭލްސް ރިސީޕްޓް، ސޭލްސް އޯޑަރ، ޑެލިވެރީ ނޯޓް ތައްޔާރުކުރުން.

 - ކަސްޓަމަރުންގެ ކޯލްތަކައް ޖަވާބުދިނުމާއި ފޯނުން ސޭލްސްގެ މުޢާމަލާތްތައް ކުރުން.

 - މަންތްލީ ރިޕޯޓް އަދި ވީކްލީ ރިޕޯޓް ތައްޔާރުކުރުން.

 - ސޭލްސް ޕްރޮސެސް ކުރިއަށްދާގޮތް ބެލުމާއި ޖެހޭމައްސަލަތައް ޓީމާއި ގުޅިގެން ޙައްލުކުރުން.

 - ޑިޕާޓްމަންޓް އެކްޓިވިޓީތައް ހިންގުމުގެ މަސައްކަތްތައްކުރުން.

 - މަސައްކަތުގެ ދާއިރާގައި ޙަވާލު ކުރުވޭ އެހެނިހެން މަސައްކަތްތައް ކުރުން.

 - މަސައްކަތުގެ މާޙައުލުގައި ހުންނަންޖެހޭ އަޙްލާޤީ މިންގަނޑު ހިފެހެއްޓުން.

 - ކޯޕަރޭޝަންގެ ސިއްރުތައް ހިފެހެއްޓުން.  

 

 - މިވަޒީފާއަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، 04 ފެބްރުވަރީ   2025 ވާ އަންގާރަ ދުވަހުގެ 16:00 ގެ ކުރިން، މިކޯޕަރޭޝަންގެ ހެޑް އޮފީހަށް ނުވަތަ   މިކޯޕަރޭޝަންގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީ މެއިލް[email protected]  އަށް   ފޮނުއްވުން އެދެމެވެ.

 - ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަނުގެ ވެބްސައިޓް  www.rdc.com.mv  އިން   ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް   ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި   އިޢުލާނާއެކު ވަޒީފާއަށް އެދޭ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ   ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް   ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު.
  2. ތަޢުލީމީ ނުވަތަ އެ މަޤާމަކާއި ގުޅޭ ލިޔުން ހުށަހަޅަން ޖެހޭ މަޤާމުތަކުގެ ލިޔުންތައް.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  (މުއްދަތު ހަމަނުވާ).
  4. ވަޒީފާއެއް އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާގެ މުއްދަތު އަދި ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ލިޔުމެއް.
  5. ޕޮލިސް ރިޕޯޓް (މުއްދަތުހަމަނުވާ)

 އިންޓަވިއު:

 މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ ފެބްރުއަރީ މަހުގެ ތާރީޚެއްގައެވެ.

 އިތުރު މަޢުލޫމާތު: 

 އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް   ގުޅުއްވުން އެދެމެވެ.

                          28 ރަޖަބު 1446
28 ޖަނަވަރީ 2025