ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)327-A/327/2025/25
ޕަބްލިޝްކުރި ތާރީޚް: 27 ޖަނަވަރީ 2025
ޕަބްލިޝްކުރި ގަޑި: 14:33
ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2025 ވަނަ އަހަރުގެ 02 ވަނަ ބިޑުކޮމެޓީ ޖަލްސާގެ ނިންމުން އާންމުކުރުން

އިޢުލާން

ތާރީޚް: 27 ޖެނުއަރީ 2025

ނަންބަރ: (IUL)327-A/327/2025/25

ބިޑުކޮމެޓީގެ ނިންމުން އާންމުކުރުން

                      

ތިރީގައި އެވަނީ 26 ޖެނުއަރީ ވަނަ ދުވަހު ބޭއްވުނު ނައިފަރު ކައުންސިލްގެ 2025 ވަނަ އަހަރުގެ 02 ވަނަ ބިޑް ކޮމެޓީ ޖަލްސާއިން ނިންމާފައިވާ ކަންކަމެވެ.

 ބަނދަރުހިޔާ މަސައްކަތްކުރަމުން އަންނަ ޓީއޭސީ ކޮންސްޓްރަކްޝަންއިން މުއްދަތު އިތުރުކޮށްދިނުމަށްއެދި ހުށަހަޅާފައިވާ ސިޓީއާ ގުޅިގެން ސައިޓް އިން ވަކިކޮށް ހަވާލު ކުރުމާއި ދެމެދު ހިނގާފައިވާ މުއްދަތާއި ކޮންޓްރެކްޓަރ ލޮގްތަކަށް ބަލައި ވިއްސާރަވުމުގެ ސަބަބުން މަސައްކަތް ނުކުރެވި ހޭދަވި ޖުމްލަ 25 ދުވަސް އިތުރު ކުރުމަށް ފެންނަ ކަމަށް ނިންމުނު.

  1. ނައިފަރުގައި ހިނަވާގެއަކާއި މޯޗަރީއެއް ތަރައްޤީ ކުރުމުގެ މަސައްކަތަށް ކައުންސިލުން އިތުރު ކުރުމަށް ހުށަހަޅާފައިވާ މަސައްކަތަކީ ދަޢުލަތުގެ މާލިއްޔަތު ގަވާއިދުގެ 10.49 ގެ (ނ) ގައި ބަޔާންކުރާ އަގަށް ފެތޭތީ އާއި މަސައްކަތުގެ ސްކޯޕްގެ ތެރެއިން ކުރެވޭނެ މަސައްކަތެއް ކަމުގައި ވާތީ 19,500.00ރ ގެ ވޭރިއޭޝަން ގެނެސް، މަސައްކަތުގެ މުއްދަތަށް 09 ދުވަސް އިތުރުކޮށް އެއްބަސްވުން ބަދަލު ކުރުމަށް ފެންނަކަމަށް ނިންމުނު.
  2. ޅ. ނައިފަރު  G2/T/01  (ތެޔޮގުދަން) އިމާރާތް ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތެއް  ހޯދުމަށް ކުރެވުނު ނަންބަރު  (IUL)327-A/327/2025/14 އިޢުލާނާއި ގުޅިގެން  ހުށަހަޅާފައިވާ ބީލަންތައް އިވެލުއޭޓްކުރުމުން އެންމެ މަތިން މާކްސް ލިބިފައިވާ ޑީ އެމް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް އިން އަގު ހުށަހަޅައިފައި ވަނީ ޖީ.އެސް.ޓީ. ހިމަނައިގެން ކަމުގައިވާތީ ކައުންސިލް އަކީ ޖީ އެސް ޓީ ނަގާ ތަނަކަށް ނުވާތީ ޖީ އެސް ޓީ އަދަދު އުނިކުރުމަށް ފަހު 20،050ރ (މަހަކަށް) މި އިމާރާތް ކުށްޔަށް ދިނުމަށް ފެންނަކަމަށް ނިންމުނު.
  3. އިވެލުއޭޝަންގެ ރިކޮމެންޑޭޝަންއާއި އެއްގޮތަށް އިވެލުއޭޝަންއިން އެންމެ މަތިން މާކްސްލިބިފައިވާ ޒެޑް.އެސް. މޯލްޑިވްސްއަށް މި ބީލަން އެވަރޑްކުރަން ފެންނަކަމަށް ނިންމުނު.
  4. ނައިފަރުގައި ތަރައްޤީ ކުރެވެމުންދާ ފުޓްސަލް ދަނޑުގައި ޓާރފް އެޅުމާއި، ކަރަންޓް ވަޔަރުކުރުމާއި، ލައިޓްޕޯސްޓްތައް ހަރުކުރުމުގެ މަސައްކަތް ކުރުމަށް ޓީ.އޭ.ސީ ކޮންސްޓްރަކްޝަންއާއި ނައިފަރު ކައުންސިލާއި ދެމެދު ވެވިފައިވާ ނަމްބަރު (AGR)327-A/PRIV/2024/60 އެއްބަސްވުމުގެ މުއްދަތު ހަމަވެ، އެއްބަސްވުމުގެ 5.7 ވަނަ މާއްދާގައިވާ ފަދައިން ލިކުއިޑޭޓެޑް ޑެމޭޖަސް  އަށް ވުރެ އިތުރުވެފައިވާތީ، އެއްބަސްވުން ނިމުމަކަށް ގެނައުމަށް ފެންނަކަމަށް ނިންމުނު.

ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

27 ޖަނަވަރީ 2025