ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: 60-ADM/2015/254
ޕަބްލިޝްކުރި ތާރީޚް: 27 ޖުލައި 2015
ޕަބްލިޝްކުރި ގަޑި: 12:05
ސުންގަޑި: 10 އޮގަސްޓް 2015 10:00
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
6000 މެޓްރިކް ޓަނުގެ ގޮދަންފުށް ފޯރުކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެ

މިކުންފުންޏަށް 6000 މެޓްރިކް ޓަނުގެ ގޮދަންފުށް ފޯރުކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެ

މިކުންފުންޏަށް 6000 މެޓްރިކް ޓަނުގެ ފުށް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ބައިނަލްއަގުވާމީ ފެންވަރުގައި ގޮދަންފުށް ފޯރުކޮށްދިނުމުގެ ތަޖުރިބާ ހުރި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލަމެވެ.

ބީލަންކަރުދާސް ހުޅުވާލެވޭ ބާވަތް އަދި އުފައްދާ ޤައުމުތައް:

ބާވަތް: ގޮދަންފުށް (Wheat Flour) އެވެ.

ޤައުމު: ދުނިޔޭގެ ކޮންމެ ޤައުމެއްގެ އުފެއްދުމެއް ވެސް މިބީލަމުގައި ޤަބޫލުކުރެވޭނެއެވެ.

ޝިޕްމަންޓުގެ ތާވަލް އަދި ޖުމުލަ އަދަދު:

މުދާ ފޯރުކޮށްދޭންވާނީ ބައިބަޔަށް މިކުންފުނިން އެދޭ ތާވަލެއްގެ ދަށުން 6000 މެޓްރިކް ޓަން ގެނެސް ޚަލާސްވަންދެނެވެ.

ބީލަމުގައި ރެޖިސްޓަރ ވުމާއި ބީލަމުގެ ކަރުދާސް ބަލައިގަތުން:

ބީލަމުގައި ބޭނުންވާނެ ހުރިހާ ކަރުދާހެއް ލިޔެވިފައި ހުންނާނީ އިނގިރޭސި ބަހުންނެވެ. ބީލަން ކަރުދާސް ބައްލަވައިގަނެވޭނީ 2015 އޮގަސްޓު 10 ވާ ދުވަހުގެ ދިހައެއްޖެހުމުގެ (10:00) ކުރިން ނޮން ރިފަންޑަބަލް ރެޖިސްޓްރޭޝަންފީގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވާ -/150 އެމެރިކާ ޑޮލަރު، ނުވަތަ އެއާ އެއްފަދައު ދިވެހި ރުފިޔާ މިކުންފުނީގެ ފައިނޭންސް ޑިޕާރޓްމަންޓަށް ދެއްކި ބޭފުޅުންނަށެވެ. ނަގުދު ފައިސާގެ ގޮތުގައި ގަބޫލުކުރެވޭނީ ކޭޝިޔާސް ޗެކް އަދި ޑައިރެކްޓް ޑިޕޮސިޓް (މިކުންފުނީގެ ބެންކް އޮފް މޯލްޑިވްސް މެއިން ބްރާންޗްގެ އެކައުންޓް ނަންބަރު 103 005999 200ސްވިފްޓް ކޯޑް HSBCMVMV ) އެވެ. ނަގުދު ފައިސާއިން ރަޖިސްޓްރޭޝަން ފީ ދައްކަވާ ބޭފުޅުން ތިރީގައި ދެންނެވިފައިވާ އީމެއިލް އެޑްރެހަށް ފައިސާ ޖަމާކުރިކަމުގެ ރަސީދު ފޮނުވަންވާނެއެވެ. ރަޖިސްޓްރޭޝަން ފުރިހަމަކުރައްވާފައިވާ ބޭފުޅުންނަށް ބީލަން ކަރުދާސް ދޫކުރުން އޮންނާނީ 2015 އޮގަސްޓު 16 ވަނަދުވަހު އީމެއިލްގެ ޒަރިއްޔާއިންނެވެ.

ސުވާލާއި ޖަވާބު

ބީލަން ކަރުދާސް ބައްލަވައިގަތުމަށް ފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2015 އޮގަސްޓު 23 ވާ ދުވަހުގެ ދިހައެއް (10:00) ޖެހުމުގެ ކުރިން  އީ- މެއިލްގެ ޒަރިއްޔާއިން ފޮނުވަންވާނެއެވެ. އަދި ބިޑް ޑޮކިއުމަންޓު ބައްލަވައިގަނެފައިވާ ފަރާތްތަކަށްް ޖަވާބުދާރީ ވެވޭނެއެވެ.

ބީލަން ކަރުދާސް ހުޅުވުން:

ބީލަން ކަރުދާސް ހުޅުވުން އޮންނާނީ 2015 އޮގަސްޓު 30 ވާ ދުވަހު ހެނދުނު އެގާރަގަޑި ސުންމިނެޓް (1100) ގައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކގެ ހެޑްއޮފީހުގެ ކޮންފަރެންސް ރޫމުގައި ބީލަމުގައި ބައިވެރިވެލެއްވި ބޭފުޅުންގެ ހާޒިރުގައެވެ.

ސްޓޭޓް ޓްރޭޑިނގް އޯގަނައިޒޭޝަން ޕލކ.

އެޑްރެސް:    ބޮޑުތަކުރުފާނުމަގު، މާފަންނު، މާލެ، ދިވެހިރާއްޖެ

ފޯނު ނަންބަރު: 3344224 960+ / 3344333 960+

ފެކްސް:     3344633 960+

ކޮންޓެކްޓް ކުރަންޖެހޭ ފަރާތް: އަޙްމަދު ނާޝިދު 

އީމެއިލް:     [email protected]

އިތުރު މައުލޫމާތު ހޯއްދެވުމަށް މަތީގައި ދެންނެވިފައިވާ އެޑްރެހާ ގުޅުއްވުން އެދެމެވެ.

ނޯޓު: މަތީގައި ދެންނެވިފައިވާ ގަޑިތަކަކީ ދިވެހިރާއްޖޭގެ ގަޑި ( GMT+5:00 )

27 ޖުލައި 2015