މަސައްކަތް
ނަންބަރު: (IUL)299/299/2025/3
ޕަބްލިޝްކުރި ތާރީޚް: 27 ޖަނަވަރީ 2025
ޕަބްލިޝްކުރި ގަޑި: 14:11
ސުންގަޑި: 16 ފެބުރުވަރީ 2025 11:01
މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.ވާދޫއިން އަލަށް ގޯތި ދޫކުރާ ސަރަހައްދުތަކުގައި ހުރި ރުއްތައް ނަގައިދޭނެ ފަރާތެއް ހޯދުން

އިޢުލާން            

ރ.ވާދޫއިން އަލަށް ގޯތި ދޫކުރާ ސަރަހައްދުތަކުގައި ހުރި ރުއްތައް ނަގައިދޭނެ ފަރާތެއް ހޯދުން

 

ވާދޫއިން އަލަށް ގޯތި ދޫކުރާ ސަރަހައްދުތަކުގައި ހުރި 206 ރުއް ނަގައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ މި ރުއްތައް ނެގުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިއަދުން ފެށިގެން 2025 ފެބުރުއަރީ 04 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށް ނަންނޯޓު ކުރެއްވުން އެދެމެވެ. ނަންނޯޓު ކުރެވޭނީ، މިއިއުލާނާއިއެކު އާއްމު ކުރެވިފައިވާ ޝީޓު ފުރިހަމަކޮށް ހުށަހެޅުމުންނެވެ. ޕްރޮޕޯސަލް ހުށަހަޅާނީ 2025 ފެބުރުއަރީ 16 ވާ އާދިއްތަ ދުވަހުގެ 11:00 ގައި މިއިދާރާއަށެވެ. ރަޖިސްޓަރ ކުރައްވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހަޅަންވީގޮތުގެ މައުލޫމާތު ފޯރުކޮށްދެވޭނެއެވެ. ޕްރޮޕޯސަލް އޮންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ޕްރޮޕޯސަލްތައް ކެނޑުން އޮންނާނީ ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައި 2025 ފެބުރުއަރީ 16 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:01 ގައި މިއިދާރާގެ ކޮންފަރެންސް ހޯލުގައެވެ.

 

މިއިޢުލާނާއި ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މިއިދާރާއަށް ވަޑައިގެން ނުވަތަ މިއިދާރާގެ ނަންބަރު 4000299 ފޯނަށް ގުޅުއްވައިގެން ނުވަތަ [email protected] އަށް މެއިލް ކުރައްވައިގެން މައުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ.

 

‏28‏ ރަޖަބް‏ 1446

27 ޖަނަވަރީ 2025