ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)GZS/2015/24
ޕަބްލިޝްކުރި ތާރީޚް: 27 ޖުލައި 2015
ޕަބްލިޝްކުރި ގަޑި: 12:02
ސުންގަޑި: 09 އޮގަސްޓް 2015 12:00
ޣާޒީ ސްކޫލް
ދިވެހިރާއްޖެ
އިނާމު ގަންނަން ބޭނުންވެއްޖެ

މިސުކޫލަށް އިނާމު ގަތުމަށް ބޭނުންވެގެން ކުރެވުނު އިޢުލާނު ނަންބަރު (IUL)GZS/2015/20 އެއްވެސް ފަރާތަކުން ބިޑު ހުށަހަޅުއްވާފައި ނުވާތީ އެއިޢުލާނު ބާތިލު ކުރުމަށްފަހު އަލުން އިޢުލާނު ކުރީމެވެ.

މިސުކޫލުގެ 2015 ވަނަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާއަށް ބޭނުންވާ ޓްރޮފީ އާއި ޕްލާރކް ގަންނަން ބޭނުންވެއްޖެއެވެ.

ވީމާ މިތަކެތި ވިއްކަވަން ބޭނުންފުޅުވާ ފަރާތްތަކުން މައުލޫމާތު ސާފުކުރެއްވުމަށް 9 އޮގަސްޓު 2015 ވާ އާދީއްތަ ދުވަހުގެ 12:00 އަށް މިސުކޫލަށް ވަޑައިގެންދެއްވުން އެދެމެވެ. އަދި މިސުކޫލަށް ބިޑު ހުށަހަޅުއްވާނީ 13 އޮގަސްޓު 2015 ވާ ބުރާސްފަތި ދުވަހުގެ 12:00 ގައެވެ. 

27 ޖުލައި 2015