ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: GS-26/IUL/2015/27
ޕަބްލިޝްކުރި ތާރީޚް: 22 ޖުލައި 2015
ޕަބްލިޝްކުރި ގަޑި: 10:06
ސުންގަޑި: 03 އޮގަސްޓް 2015 11:00
ގދ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ޝީލްޑާއި ޓުރޮފީ ގަންނަން ބޭނުންވެއްޖެ.

މިސުކޫލުގެ 2015 ވަނަ އަހަރުގެ އަހަރީ އިނާމު ދިނުމަށް ބޭނުންވާ ޝީލްޑާއި ޓުރޮފީ ގަންނަން ބޭނުންވެގެން ކުރެވުނު ނަންބަރު: GS-26/IUL/2015/23 (29 ޖޫން 2015) ގެ އިޢުލާނާގުޅިގެން ހުށަހެޅިފައިވާ އަންދާސީހިސާބުގެ އަގުބޮޑުކަމަށް ފެންނާތީ، އެއަންދާސީހިސާބު ބާތިލުކޮށް ހަތަރުވަނަ ފަހަރަށް އިޢުލާނުކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 3 އޮގަސްޓު 2015 ވާ ހޯމަ ދުވަހުގެ 11:00 އަށް މިސުކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 6 އޮގަސްޓު 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް އަންދާސީހިސާބު މިސުކޫލަށް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބް ބަލައިނުގަނެވޭނެވާހަކަ ދެންނެވީމެވެ.

                      6 ޝައްވާލް 1436

22 ޖުލައި 2015