ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)120-A/120/2025/5
ޕަބްލިޝްކުރި ތާރީޚް: 27 ޖަނަވަރީ 2025
ޕަބްލިޝްކުރި ގަޑި: 08:23
ސުންގަޑި: 13 ފެބުރުވަރީ 2025 12:00
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2025 ވަނަ އަހަރުގެ މެއި/ޖޫން ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އައި.ޖީ.ސީ.އެސް.އީ އޯލެވެލް އާއި އެސް.އެސް.ސީ އިމްތިޙާނުގައި މިޑިޕާޓްމަންޓްގެ ފަރާތުން ބައިވެރިވި ޕްރައިވެޓް ކެންޑިޑޭޓުންނަށް ސްޓޭޓްމެންޓް އޮފް އެންޓްރީ ދޫކުރުން

                  2025 ވަނަ އަހަރުގެ މެއި/ޖޫން ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އައި.ޖީ.ސީ.އެސް.އީ އާއި އެސް.އެސް.ސީ އިމްތިހާނުގެ ސްޓޭޓްމެންޓް އޮފް އެންޓްރީ މި ޑިޕާޓްމަންޓުގެ ކައުންޓަރުން ދޫކުރަމުން ގެންދާނެ ވާހަކަ ދަންނަވަމެވެ. ސްޓޭޓްމެންޓް އޮފް އެންޓްރީ ދޫކުރުމަށް ހަމަޖެހިފައިވަނީ 27 ޖަނަވަރީ ވާ ހޯމަ ދުވަހުން ފެށިގެން ރަސްމީ ދުވަސްތަކުގެ 0930 އިން 1230 އަށެވެ.

                  ސްޓޭޓްމެންޓް އޮފް އެންޓްރީ ގައި އެއްވެސް މައްސަލައެއް އޮތްނަމަ 2025 ފެބުރުވަރީ 13  ވާ ބުރާސްފަތި ދުވަހުގެ 12:00 ކުރިން، ސާރވިސް ރިކުއެސްޓް ފޯމް ފުރިހަމަ ކުރުމަށްފަހު ކެންޑިޑޭޓުގެ އައި.ޑީ ކާޑާއި ސްޓޭޓްމެންޓް އޮފް އެންޓްރީގެ ކޮޕީއަކާއެކު މި ޑިޕާޓްމަންޓުގެ ކައުންޓަރަށް ހުށަހެޅުއްވުން އެދެމެވެ. ކައުންޓަރު ހުޅުވިފައި ހުންނާނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 0830 އިން 1330 އަށެވެ.

27 ޖަނަވަރީ 2025