ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)426-4B/426/2025/64
ޕަބްލިޝްކުރި ތާރީޚް: 26 ޖަނަވަރީ 2025
ޕަބްލިޝްކުރި ގަޑި: 15:36
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - ފޭދޫ އަވަށު ހޭޅި ފަށުގައި ޖަހާފައިވާ ރުއްތައް ކެނޑުމާއި / ކުރި ކުރުމާއި ގުޅޭ

އިޢުލާން

ހޭޅި ފަށުގައި ޖަހާފައިވާ ރުއްތައް ކެނޑުމާއި / ކުރި ކުރުމާއި ގުޅޭ:

               މިއަވަށުގެ ހޭޅިފަތް ސަލާމަތް ކުރުމާއި، ތިމާވެށި ހިމާޔަތް ކުރުމުގެ ގޮތުން ހިންގޭ ޕްރޮގްރާމްތަކުގެ ދަށުން މިރަށު ހޭޅިފަށުގައި ޖަހާފައިވާ ރުއްތައް، ބަޔަކު ކަނޑައި ރުއް ކުރި ކުރަމުންދާ މައްސަލަ ވަނީ ބޮޑުވެފައެވެ. މިރުއްތައް ކުރި ކުރުމަށް ފަހު ރުކުގެ ކުރިގަނޑު ރަށުގެ މީހުންނަށް ވިއްކަމުންދާކަމުގެ ޝަކުވާ މިއޮފީހަށް ދަނީ ތަކުރާރުކޮށް ލިބެމުންނެވެ. މިފަދަ ކަންކަން ހުއްޓުމުވަށް ރަށުގެ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވެއެވެ. އެގޮތުން ބަޔަކު ރުއްތަކަށް ގެއްލުންދޭތަން ފެނިއްޖެނަމަ، ނުވަތަ މިފަދަ މަޢުލޫމާތެއް ލިބިއްޖެނަމަ އަދި ރުއްކުރި އެއްވެސް ބަޔަކަށް ވިއްކަމުންދާކަމުގެ މަޢުލޫމާތު ލިބިއްޖެނަމަ، ވަގުތުން މިއޮފީހުގެ ނަންބަރު 7789044 އަށް ގުޅުއްވައި ރިޕޯޓުކޮށް ދެއްވުން އެދެމެވެ. މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން މިއޮފީހަށް ލިބޭ އެއްބާރުލުން ފާހަގަކޮށް އެންމެހާ ރައްޔިތުންނަށް ޝުކުރު އާދާކުރަމެވެ.

26 ރަޖަބު 1446

26 ޖަނަވަރީ 2025

26 ޖަނަވަރީ 2025