ޢާންމު މަޢުލޫމާތު
ނަންބަރު:
ޕަބްލިޝްކުރި ތާރީޚް: 26 ޖަނަވަރީ 2025
ޕަބްލިޝްކުރި ގަޑި: 15:01
ސުންގަޑި: 23 އޭޕްރިލް 2025 14:00
ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ކުރެންދޫ ތަރި ޤުރުއާން މުބާރާތް 1447" މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު

  މި ކައުންސިލްގެ ފަރާތުން ރަށުފެންވަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ "ކުރެންދޫ ތަރި 1447" ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު 23 ޖަނަވަރީ 2025 ން 23 އެޕްރީލް 2025ވާ ބުދަ ދުވަހުގެ 14:00ގެ ނިޔަލަށްވަނީ ހުޅުވާލެވިފައެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ތިރީގައި މިދަންނަވާގޮތަށެވެ.

1. މުބާރާތް ހުޅުވާލެވިފައިވާ ފަރާތްތައް:

މި މިބާރާތުގައި ބައިވެރިވެވޭނީ

  ހ- ކުރެންދޫގެ ރަށްވެއްސެއް ކަމުގައިވުން، ނުވަތަ

  ށ- މަންމަ ނުވަތަ ބައްޕަ އަކީ ކުރެންދޫގެ ރަށްވެއްސެއް ކަމުގައިވުން، ނުވަތަ

  ނ- އެހެން ރަށްރަށުގެ ރަށްވެއްސަކަށް ވީ ނަމަވެސް، 23 ޖަނަވަރީ 2025އާއި ހަމަޔަށް ކުރެންދޫ ގައި ދިރި އުޅޭތާ 06މަސް ދުވަސް ވެފައިވާ ފަރާތެއްކަމުގައި ވުން.

  ރ- މީގެ ކުރިން "ކުރެންދޫ ތަރި" މުބާރާތުގައި ބައިވެރިވެ 01 ވަނަ އަށް ގޮސްފައިވާ ފަރާތެއްކަމުގައި ނުވުން.

 

2. މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާގޮތް:

 

ފުރަތަމަ ބުރު

ދެވަނަ ބުރު

ތިންވަނަ ބުރު

  • ·       މިބުރުގައި ވާދަ ކުރާނީ ގިނަވެގެން 10 ބައިވެރިންނެވެ.
  • ·       މި ބުރުގައި ބަލައިގެން ކިޔެވުމާއި، ނުބަލައި ކިޔެވުމާއި، ތަޖްވީދުގެ ބައިތަކުން ސުވާލު ކުރެވޭނެއެވެ.
  • ·       ތަޖްވީދުގެ ބައިން 3 ސުވާލު ކުރެވޭނެއެވެ.
  • ·       ބަލައިގެން ކިޔެވުމުގެ ބައިން 2 ސުވާލު އަދި ހިތުން ކިޔެވުމުގެ ބައިން 2 ސުވާލު ކުރެވޭނެއެވެ.
  • ·       ބަލައިގެން ކިޔެވުމުގައި ސުވާލު ކުރެވޭނީ 28 އަދި 29 ވަނަ ފޮތުންނެވެ. ފުރަތަމަ ސުވާލު 28 ވަނަ ފޮތުން، ދެވަނަ ސުވާލު 29 ވަނަ ފޮތުންނެވެ.
  • ·       ނުބަލައި ކިޔެވުމުގެ ބައިން ސުވާލު ކުރެވޭނީ 30 ވަނަ ފޮތުންނެވެ.
  • ·       ތަޖްވީދުގެ ބައިން ސުވާލު ކުރެވޭނީ ސުކުންވެގެންވާ ނޫނާއި ތަންވީނު އަދި މީމު ސުކުނުގެ ޤަވާޢިދުން ޙުކުމް ބުނެދިނުމާއެކު ސަބަބު ބަޔާންކޮށްދިނުމެވެ. ނުވަތަ މިސާލު ދެއްކުމުން އޭގެ ޙުކުމާއި ސަބަބު ބަޔާންކުރާށެވެ.
  • ·       މުބާރާތުގެ ކިޔެވުން ފެށުމުގެ ކުރިން ބައިވެރިން ކިޔަވާނެ ތަރުތީބު ގުރުއަތުލެވޭނެއެވެ.

 

  • ·       02 ވަނަ ބުރުގައި ވާދަ ކުރާނީ ފުރަތަމަ ބުރުގެ ބައިވެރިންގެ ތެރެއިން އެންމެ މަތީ މާރކްސް ހޯދި 07 ބައިވެރިންނެވެ.
  • ·       މި ބުރުގައި ވާދަކުރާ ބައިވެރިން މި ބުރަށް ތައްޔާރުވުމަށް 01 ދުވަހުގެ މުއްދަތެއް ދެވޭނެއެވެ.
  • ·       މި ބުރުގައި ބަލައިގެން ކިޔެވުމާ، ނުބަލައި ކިޔެވުން އަދި ޢުލޫމުލް ޤުރުއާންގެ ބައިތަކުން ސުވާލު ކުރެވޭނެއެވެ.
  • ·       ބަލައިގެން ކިޔެވުމުގައި ސުވާލު ކުރެވޭނީ 27 އަދި 28 ވަނަ ފޮތުންނެވެ. ސުވާލުކުރެވޭނީ ފުރަތަމަ ސުވާލު 27 ވަނަ ފޮތުން، ދެވަނަ ސުވާލު 28 ވަނަ ފޮތުންނެވެ.
  • ·       ނުބަލައި ކިޔެވުމުގެ ބައިން ކުރެވޭނީ 2 ސުވާލެވެ. އެއް ސުވާލު ކުރެވޭނީ 29 ވަނަ ފޮތުގެ سُورَةُ الْمُزَمِّل އިން سُورَةُالْمُرْسَلاَت އާއި ދެމެދުން 1 ސުވާލު، އަދި ދެވަނަ ސުވާލު ކުރެވޭނީ 30 ވަނަ ފޮތުގެ ތެރެއިންނެވެ.
  • ·       ޢުލޫމުލް ޤުރްއާންގެ ބައިގައި 5 - 10 ދެމެދުގެ މިންވަރަކަށް ސުވާލު ކުރެވޭނެއެވެ. ސުވާލުކުރާނެ ސީދާ ޢަދަދު ކުރީބައިގައި ބައިވެރިންނަށް ހިއްސާކުރެވޭނެއެވެ.
  • ·       މުބާރާތުގެ ކިޔެވުން ފެށުމުގެ ކުރިން ބައިވެރިން ކިޔަވާނެ ތަރުތީބު ގުރުއަތުލެވޭނެއެވެ.

 

  • ފައިނަލް ބުރުގައި ވާދަކުރެވޭނީ ދެވަނަ ބުރުގެ  ބައިވެރިންގެ ތެރެއިން އެންމެ މަތީ މާކްސް ހޯދާ 05 ބައިވެރިންނަށެވެ.
  • މި ބުރުގައި ވާދަކުރާ ބައިވެރިން މި ބުރަށް ތައްޔާރުވުމަށް 01 ދުވަހުގެ މުއްދަތެއް ދެވޭނެއެވެ.
  • މި ބުރުގައި ބަލައިގެން ކިޔެވުމާއި، ނުބަލައި ކިޔެވުމާއި، ތަޖްވީދު އަދި ޢުލޫމުލް ޤުރްއާނުގެ ބައިތަކުން ސުވާލު ކުރެވޭނެއެވެ.
  • ބަލައިގެން ކިޔެވުމުގެ ބައިން 2 ސުވާލު އަދި ހިތުން ކިޔެވުމުގެ ބައިން 4 ސުވާލު ކުރެވޭނެއެވެ.
  • ބަލައިގެން ކިޔެވުމުގައި ދެ ސުވާލު ކިޔަވަންވާނީ ދެ ރާގަކަށެވެ.

1-  ފުރަތަމަ ސުވާލު ކިޔަވަންވާނީ الْقَارِئ مَحْمُود خَلِيل الْحُصَرِي ގެ ރާގަށް 29 އަދި 30 ވަނަ ފޮތް ފިޔަވައި އެބައިވެރިއަކު އަމިއްލައަށް އިޚްތިޔާރު ކުރާ ތަނަކުން 7 ފޮޅުވަތާއި 10 ފޮޅުވަތާ ދެމެދުގެ މިންވަރެކެވެ.

2-  ދެވަނަ ސުވާލު ކިޔަވާނީ الْقَارِئ مَحْمُود خَلِيل الْحُصَرِي ކިޔަވާފައިވާ ރާގު ނޫން އެބައިވެރިއަކު އިޚްތިޔާރުކުރާ ރާގަކަށް، 26،27،28 ވަނަ ފޮތުގެ ތެރެއިން ގުރުއަތުން ނެގޭ ތަނަކުން 7 ފޮޅުވަތާއި 8 ފޮޅުވަތާއި ދެމެދުގެ މިންވަރެކެވެ.

  • ނުބަލައި ކިޔެވުމުގެ ބައިން ސުވާލު ކުރެވޭނީ 29 ވަނަ ފޮތުން 4 ފޮޅުވަތާއި 5 ފޮޅުވަތާ ދެމެދުގެ 2 ސުވާލާއި، 30 ވަނަ ފޮތުން 4 ފޮޅުވަތާއި 5 ފޮޅުވަތާ ދެމެދުގެ 2 ސުވާލެވެ.
  • ތަޖްވީދުގެ ބައިން ސުވާލު ކުރެވޭނީ ޖުމްލައެކު 5 ސުވާލެވެ.

-     މަޚްރަޖްތަކުން 1 ސުވާލު

-     އަކުރު ބަރުވުމާއި ލުއިވުމުގެ ބައިން 1 ސުވާލު

-     ނޫނު ސުކުނާއި ތަންވީނުގެ ބައިތަކުން 1 ސުވާލު

-     މީމު ސުކުނުގެ ބައިތަކުން 1 ސުވާލު

-     މައްދުގެ ބައިތަކުން 1 ސުވާލެވެ.

މި ބައިތަކުގެ ތެރެއިން މަޚްރަޖުގެބައި ފިޔަވައި އެހެން ބައިތަކުން ސުވާލު ކުރެވޭނީ  އެބައިތަކުން މިސާލު ދެއްކުމުން، މިސާލުގައިވަނީ ކޮންކަހަލަ ތަނެއްކަން، ޙުކުމް،  ސަބަބު އަދި މިންވަރު ބުނެދިނުމަށެވެ.

  • ޢުލޫމުލް ޤުރްއާނުގެ ބައިގައި ސުވާލުކުރެވޭނީ ސްޕީޑް ރައުންޑެއްގެ ގޮތުގައި 1މިނިޓާއި ދޮޅު މިނިޓާއި ދެމެދުން ފަނޑިޔާރުން ކަނޑައަޅާ ވަގުތެއްގެ ތެރޭގައި ޖަވާބު ދޭ ގޮތަށެވެ.
  • މި ސުވާލުތައް ކުރިމަތި ކުރުވާނީ ދީފައިވާ ސުވާލާއި ޖަވާބު އަތްމަތީ ކަރުދާހުގެ ތެރެއިންނެވެ.

ސްޕީޑް ރައުންޑުގެ ގޮތުގައި ކަނޑައަޅާ ވަގުތުގެ މިންވަރަކީ ކިހާވަރެއްކަން ކުރީބައިގައި ބުނެދެވޭނެއެވެ.

 

3. މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚް:

24 ޖުލައި 2025 އިން 28 ޖުލައި 2025ގެ ނިޔަލަށް މުބާރާތް ކުރިއަށް ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ.

 

4. މުބާރާތުގައި ހޮވާ ވަނަތައް:

  ހ- އެއްވަނަ (ކުރެންދޫ ތަރި) 30،000.00 (ތިރީސް ހާސް) ރުފިޔާގެ ފައިސާގެ އިނާމް

  ށ- ދެވަނަ 15،000.00 (ފަނަރަ ހާސް) ރުފިޔާގެ ފައިސާގެ އިނާމް

  ނ- ތިންވަނަ 7،000.00 (ހަތް ހާސް) ރުފިޔާގެ ފައިސާގެ އިނާމް

 

              މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން "ކުރެންދޫ ތަރި 1447" ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަކޮށް 23 އެޕްރީލް 2025ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.

                  

26 ޖަނަވަރީ 2025