ބީލަން
ނަންބަރު: (IUL)236-CA/236/2025/1
ޕަބްލިޝްކުރި ތާރީޚް: 26 ޖަނަވަރީ 2025
ޕަބްލިޝްކުރި ގަޑި: 14:26
ސުންގަޑި: 04 ފެބުރުވަރީ 2025 13:00
މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ އާއި މިއިދާރާއިން ބަލަހައްޓަމުންދާ އިމާރާތްތަކުގައި އެއަރ ކޮންޑިޝަން (އޭ.ސީ) 02 (ދޭއް) އަހަރުގެ މުއްދަތަށް ހަރުކޮށް ،ސަރވިސްކޮށް އަދި މަރާމާތުކޮށް ބަލަހައްޓާނެ ފަރާތެއް ހޯދުން.

އިޢުލާން

     މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ އާއި މިއިދާރާއިން ބަލަހައްޓަމުންދާ އިމާރާތްތަކުގައި އެއަރ ކޮންޑިޝަން (އޭ. ސީ) 02 (ދޭއް) އަހަރުގެ މުއްދަތަށް ހަރުކޮށް، ސަރވިސްކޮށް އަދި މަރާމާތުކޮށް ބަލަހައްޓާނެ ފަރާތެއް ހޯދުން.

 ބިޑު ހުށަހެޅުމުގެ ދަޢުވަތު

 

  1. ދެ އަހަރު މުއްދަތަށް މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާއާއި މިއިދާރާއިން ބަލަހައްޓަމުންދާ އިމާރާތްތަކުގެ އޭސީ ހަރުކޮށް ސަރވިސްކޮށް މަރާމާތުކޮށް ބަލަހައްޓާނެ ފަރާތެއް ހޯދަން ބޭނުންވުމެވެ.
  2. މި މަސައްކަތަށް ޝަރުޠު ފުރިހަމަވާ ފަރާތެއް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުސޫލުގެ ދަށުންނެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި، ހުށަހެޅޭ ބީލަންތައް އިވެލުއޭޓްކުރުމަށް ބޭނުންކުރާނެ މިންގަނޑުތައް ބީލަން ފޮތުގައި ތަފްސީލުކޮށް ބަޔާންކުރެވިފައިވާނެއެވެ. ވީމާ، ޝަރުޠު ހަމަވާ އަދި ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ފޮތް ބައްލަވައި، އެއާ އެއްގޮތަށް ބީލަން ހުށަހެޅުއްވުން އެދެމެވެ.
  3. މި ބީލަމުގައި ބައިވެރިވުމަށް   -/500ރ (ފަސްސަތޭކަ ރުފިޔާ) ގެ ނޮން – ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަން ޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 2025 ޖަނަވަރީ 27 އިން 2025 ފެބްރުއަރީ 04 އަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ 08:00 އިން 14:00 އަށް މިއިދާރާގެ ނަންބަރު 7709700401001 Revenue 1) 1408( އެކައުންޓަށް ޓްރާންސްފަރ ކޮށްގެންނެވެ. އަދި ފައިސާ ދެއްކުމަށްފަހު، ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ސްލިޕްގެ ކޮޕީ ތިރީގައިވާ އީމެއިލް އެޑްރެހަށް ފޮނުއްވަންވާނެއެވެ. ބިޑް ޑޮކިއުމަންޓް ބައްލަވައި ނުގަންނަވާ ފަރާތްތަކަށް ބިޑުހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ މިފުރުޞަތުގައި ދަންނަވަމެވެ.
  4. މި މަސައްކަތާއި ގުޅުންހުރި އެންމެހައި ލިޔެކިޔުންތަކުގެ އިލެކްޓްރޯނިކް ނުސްޚާ (ސޮފްޓް ކޮޕީ) 2025 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 27 ވަނަ ދުވަހުން ފެށިގެން މި އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ބިޑާ ގުޅޭގޮތުން ދޫކުރެވޭ އެންމެ ފަހުގެ މަޢުލޫމާތުތައް ކައުންސިލް މެދުވެރިކޮށް ހޯދުމަކީ ބިޑަށް ކުރިމަތިލާ ފަރާތްތަކުގެ ޒިންމާއެކެވެ.
  5. މި ޕްރޮޖެކްޓާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، 2025 ފެބްރުއަރީ 04 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
  6. ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 2025 ފެބްރުއަރީ 09 ވާ އާދިއްތަ ދުވަހުގެ 13:00 ގައި މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަން ހުށަހަޅާ ފަރާތްތަކުން އެ ފަރާތުގެ ބީލަން ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމުގެ ނަން، ބީލަން ހުޅުވުމަށް ކަނޑައެޅިފައިވާ ތާރީޚާއި ގަޑި، އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ސާފުކޮށް ލިޔެފައި އޮންނަންވާނެއެވެ.

 

     އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

     މ. .އަތޮޅު ކައުންސިލްގެ އިދާރާ

     ހަވީރީހިނގުން / މ.މުލި

     ފޯން: 6724707 / 6724726

     އީމެއިލް [email protected].mv

     މިހެންވެ މިކަން އާއްމުކޮށް އަންގާ އިއުލާން ކުރީމެވެ.

 

26 ޖަނަވަރީ 2025