މުބާރާތް
ނަންބަރު: 101-AF/1/2015/103
ޕަބްލިޝްކުރި ތާރީޚް: 22 ޖުލައި 2015
ޕަބްލިޝްކުރި ގަޑި: 17:51
ސުންގަޑި: 30 ސެޕްޓެންބަރު 2015 14:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ކަސަބު ބޯވަޅު ގެތުމާއި ރާއްޖޭގައި އުފައްދާ ކަސަބު ބޭނުންކޮށްގެން ތަކެތި އުފެއްދުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވައިލުން

އިޢުލާން

ކަސަބު ބޯވަޅު ގެތުމާއި ރާއްޖޭގައި އުފައްދާ ކަސަބު ބޭނުންކޮށްގެން ތަކެތި އުފެއްދުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވައިލުން

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމުގެ ގިންތިތަކުގެ ތެރެއިން، "ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއްކުރުން ނުވަތަ އެއްޗެއް އުފެއްދުން" މި ދާއިރާއިން 2015 ވަނަ އަހަރު އިނާމު ދެއްވުމަށް ހަމަޖެހިފައިވާ ގިންތިތަކުގެ ތެރޭގައި، ނެތެމުންދާ ދިވެހި މަސައްކަތްތެރިކަން ދިރުވައި އާލާކުރުމުގެ ރޮނގު، ރައީސުލްޖުމްހޫރިއްޔާ ވަނީ ހިމަނުއްވާފައެވެ. މިގޮތުން މިއަހަރު އިނާމު ދެއްވަން ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވަނީ، ކަސަބު ބޯވަޅު ގެތުމާއި، ދިވެހިރާއްޖޭގައި އުފައްދާ ކަސަބު ބޭނުންކޮށްގެން ތަކެތި އުފައްދާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު އުފެއްދުމެއް އުފައްދާ ފަރާތަކަށެވެ.

އެހެންކަމުން، މި ދާއިރާއިން އިނާމު ދެއްވާނެ ފަރާތެއް ކަނޑައެޅުމަށްޓަކައި ވީހާވެސް ގިނަ އުފެއްދުންތަކެއް ބާޒާރަށް ނެރެ، މި ޚާއްޞަ ޝަރަފު ދޭނެ ފަރާތެއް ހޮވުމުގައި ވީހާވެސް ގިނަ ފަރާތްތަކަކަށް ފުރުޞަތު ހުޅުވާލުމުގެ ގޮތުން ބާއްވާ، ކަސަބު ބޯވަޅު ގެތުމާއި، ދިވެހިރާއްޖޭގައި އުފައްދާ ކަސަބު ބޭނުންކޮށްގެން ތަކެތި އުފައްދުމުގެ މުބާރާތުގައި ތަކެތި ބައިވެރިކުރުމުގެ ފުރުޞަތު ޢާއްމުކޮށް ހުޅުވައިލަމެވެ. މިގޮތުން، ކަސަބު ބޭނުންކޮށްގެން އުފައްދާފައިވާ އެކި ބާވަތުގެ ހެދުމާއި، ދަބަހާއި، ހެދުން އެޅުމުގައި ބޭނުންކުރެވިދާނެ އެކްސަސަރީސްއާއި، ގޭތެރެ ޒީނަތްތެރިކުރުމަށް ބޭނުންކުރާ ތަކެތި ފަދަ އެކި ބާވަތުގެ އުފެއްދުންތައް މުބާރާތުގައި ބައިވެރިކުރެވިދާނެއެވެ.  މި މުބާރާތް ހުޅުވައިލެވިފައިވަނީ ވަކިވަކި ފަރުދުންނަށެވެ.

މި މުބާރާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ގޮތާއި، މުބާރާތުގައި ބައިވެރިވުމަށް ޢަމަލުކުރާނެ ގޮތާއި، މުބާރާތުގައި މާކްސް ދެވޭނެ ގޮތާއި، ހޮވޭނެ ވަނަތަކާއި، އިނާމުގެ ތަފުސީލު، މި އިޢުލާނާއެކު ޢާއްމުކުރާ، މި މުބާރާތުގެ ގަވާއިދުގައި ހިމެނިފައިވާނެއެވެ.

ވީމާ، މި އިނާމަށް އެދޭ ފަރާތްތަކުން މި މުބާރާތުގައި ބައިވެރިވުމަށްޓަކައި، މުބާރާތަށް ހުށަހަޅާ ތަކެއްޗާއެކު، ކަސަބު ބޯވަޅު ހެދުމާއި ކަސަބުން ތަކެތި އުފެއްދުމުގެ މުބާރާތް - 2015 ގައި ބައިވެރި ވާން އެދޭ ފޯމު ފުރިހަމަކޮށް، 30 ސެޕްޓެންބަރު 2015 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މި މިނިސްޓްރީއަށް ހުށަހެޅުން އެދެމެވެ.

މުބާރާތުގެ ގަވާއިދާއި، މުބާރާތުގައި ބައިވެރިވާން އެދޭ ފޯމު، މި މިނިސްޓްރީންނާއި، މި މިނިސްޓްރީގެ ވެބްސައިޓް ((www.trade.gov.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު އޮޅުންފިލުވުމަށް، މި އޮފީހުގެ ނަންބަރު 3333196 ފޯނަށް ނުވަތަ މޯބައިލް ނަންބަރު 7777870 އަށް ގުޅުން އެދެމެވެ.

07 ޝައްވާލް 1436

22 ޖުލައި 2015