ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)426-AE/426/2025/65
ޕަބްލިޝްކުރި ތާރީޚް: 26 ޖަނަވަރީ 2025
ޕަބްލިޝްކުރި ގަޑި: 14:09
ސުންގަޑި: 09 ފެބުރުވަރީ 2025 14:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވާ ތާރީޚް ފަސްކުރުން

އިޢުލާން

 

ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވާ ތާރީޚް ފަސްކުރުން

ތިރީގައި ދެންނެވިފައިވާ 2 އިޢުލާނާއި ގުޅިގެން ހުށަހަޅާ ބީލަންތައް ބަލައިގަތުމާއި ބީލަން ހުޅުވުމަށް ކަނޑައެޅިފައި އޮތް ތާރީޚަކީ 06 ފެބުރުވަރީ 2025 ކަމުގައި ވީނަމަވެސް، އެދުވަސް މިހާރުވަނީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން ހަމަޖައްސަވާފައެވެ. އެހެންކަމުން، މި 2 އިޢުލާނާއި ގުޅިގެން ހުށަހަޅާ ބީލަންތައް ބަލައިގަތުމާއި ބީލަން ހުޅުވުމަށް މިހާރު ހަމަޖެހިފައިވަނީ 09 ފެބުރުވަރީ 2025ވާ އާދީއްތަ ދުވަހުގެ 10:00 ކަމުގައި އާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.

  • އައްޑޫ ސިޓީ މަރަދޫފޭދޫ އަދި ފޭދޫ އަވަށުގެ ކޮމާޝަލް ބޭނުމަށް ކަނޑައަޅަފައިވާ ސަރަހައްދުން ބިން ކުއްޔަށް ދޫކުރުމަށް ކުރެވުނު ނަންބަރު: (IUL)426-AE/426/2025/22 އިޢުލާން
  • އައްޑޫ ސިޓީ މަރަދޫފޭދޫ އަވަށުގެ ކުރީގެ ދަމަރާގިރި ޢިމާރާތް ކުއްޔަށް ދޫކުރުމަށް ކުރެވުނު ނަންބަރު:
     (IUL)426-AE/426/2025/23 އިޢުލާން

މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މި އިދާރާގެ ނަންބަރު 6885003 ފޯނަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

26  ރަޖަބް  1446

26  ޖަނަވަރީ 2025

26 ޖަނަވަރީ 2025