ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)417-IMS/417/2025/16
ޕަބްލިޝްކުރި ތާރީޚް: 26 ޖަނަވަރީ 2025
ޕަބްލިޝްކުރި ގަޑި: 11:39
ސުންގަޑި: 06 ފެބުރުވަރީ 2025 13:30
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ.ހޯނޑެއްދޫ އިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް އެކުލަވައިލާ ވިލަރެސް ކޮމިޓީއަށް މެމްބަރުން ހޯދުން

މިއިދާރާގެ ނަންބަރު: 9) (IUL)417-IMS/417/2024/3 ޖަނަވަރީ 2024) އިޢުލާނާއެކު އާންމުކޮށްފައިވާ ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލާއި އެއްގޮތަށް ބަންޑާރަ ގޯތި ދޫކުރުމުގެ މަސައްކަތްތައް ވިލަރެސްކޮށް، ގޯތިދޫކުރުމުގެ އެކި އެކި މަރުހަލާތަކުގައި ޢަމަލީގޮތުން ބައިވެރިވެ، ކުރިޔަށް ގެންދިއުމަށް 7 މެންބަރުން ވިލަރެސް ކޮމެޓީއަށް ނެގުމަށްވަނީ ހަމަޖެހިފައެވެ. މި ކޮމިޓީގެ މެންބަރުންނަށް ކޮމެޓީގެ މަސައްކަތަށް 3000.00 (ތިންހާސް) ރުފިޔާގެ އެލަވަންސް އެއް ދިނުމަށްވެސް ވަނީ ނިންމައިފައެވެ.

ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2025 ފެބުރުވަރީ 6 ވަނަ ދުވަހުގެ 13:30 ގެ ކުރިން  މި އިދާރާއަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ. ސިޓީއާއެކު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަދި އީމެއިލް ކުރައްވާނަމަ މިއިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަންބަރ 6840015 ފޯނާއި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

ވިލަރެސްކޮމިޓީގެމެމްބަރުކަމަށްއެދޭމީހާގެޝަރުތުތައް:

  1. އުމުރުން 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތަކަށްވުން.
  2. ހޯނޑެއްދޫ ކައުންސިލްގެ ނަންބަރ) (IUL)417-IMS/417/2024/3 :9 ޖަނަވަރީ 2024) އިޢުލާން އާއި ގުޅިގެން ގޯއްޗަށް އެދިފައިވާ ފަރާތެއް ކަމުގައި ނުވުން.
  3. ގްރޭޑް 10 ނިންމާފައިވުން. ނުވަތަ ދަށްވެގެން ލެވެލް 3 ގެ ސެޓްފިކެޓެއް ހާސިލްކޮށްފައިވުން.
  4. ހޯނޑެއްދޫ ކައުންސިލްގެ ނަންބަރ:  9) (IUL)417-IMS/417/2024/3 ޖަނަވަރީ 2024) އިޢުލާން އާއި ގުޅިގެން ގޯއްޗަށް އެދިފައިވާ ފަރާތެއްގެ އާޢިލީ ގާތް މީހެއްކަމުގައި ނުވުން. (އާއިލީ ގާތް މީހެއްކަމަށް ބުނެފައި އެވަނީ، މެމްބަރުކަމަށް އެދޭމީހަކު ކައިވެނިކޮށްގެން އުޅޭ މީހާއާއި، ދަރިންނާއި، އެއްބަނޑު މީހުންނާއި، އެއްބަފާ މީހުންނާއި، އެއްބަނޑު އެއްބަފާ މީހުންނާއި، މައިންބަފައިންނާއި، ދޮންދަރިންނާއި، މެމްބަރުކަމަށް އެދޭމީހާ ކައިވެނިކޮށްގެން އުޅޭ މީހާގެ އެއްބަނޑު މީހުންނާއި، އެއްބަފާ މީހުންނާއި، އެއްބަނޑު އެއްބަފާ މީހުންނާއި، އެމީހާގެ މައިންބަފައިންނަށެވެ).

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

26 ޖަނަވަރީ 2025