މަސައްކަތް
ނަންބަރު: GS-65-B/IUL/2025/01
ޕަބްލިޝްކުރި ތާރީޚް: 26 ޖަނަވަރީ 2025
ޕަބްލިޝްކުރި ގަޑި: 11:23
ސުންގަޑި:
03 ފެބުރުވަރީ 2025 09:00
ވިލުފުށީ ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން
- 16 ފެބުރުވަރީ 2025 ން 31 ޑިސެންބަރު 2025 ގެ ނިޔަލަށް މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ. މި ބީލަމަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2025 ޖަނަވަރީ 26 ން އިން 2025 ޖަނަވަރީ 30 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް " ބީލަން ރަޖިސްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ.އަދި ދެވިފައިވާ ސުންގަޑި ހަމަވުމަށްފަހު ރަޖިސްޓްރީ ކުރުމަށް ހުށަހެޅިނަމަވެސް އެ ހުށަހެޅުމެއް ބަލައިނުގަނެވޭނެއެވެ. ބިލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
ލިންކު: Security Work - Registration
- މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 ޖަނަވަރީ 30 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2025 ފެބުރުވަރީ 03 ހޯމަ ދުވަހުގެ 9:00 ގައި ވިލުފުށީ ސްކޫލްގެ އޮފީހުގައެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ވިލުފުށީ ސްކޫލް
ތ.ވިލުފުށި
ފޯން: 7940633
އީ-މެއިލް:[email protected]
26 ޖަނަވަރީ 2025