ޢާންމު މަޢުލޫމާތު
ނަންބަރު: (IUL) 182-FCD/2015/20
ޕަބްލިޝްކުރި ތާރީޚް: 21 ޖުލައި 2015
ޕަބްލިޝްކުރި ގަޑި: 17:45
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
ދިވެހިރާއްޖެ
ކާބޯތަކެތީގެ ލޭބަލްގައި އެ އެއްޗެއް އުފެއްދި ތާރީޚާއި މުއްދަތު ހަމަވާ ތާރީޚު ފަސޭހައިން ކިޔަން އެނގޭގޮތަށް ލޭބަލްކުރުމާބެހޭ

އިޢުލާނު

މި އޮތޯރިޓީން ބެލިބެލުމުން ބައެއް ބޭކަރީތަކުން ތައްޔާރުކުރާ ޕާނާއި ބަނަސް ފަދަ ކާބޯތަކެތީގެ ލޭބަލްގައި ތާރީޚު ލިޔެފައިވާއިރު އެއީ އުފެއްދި ނުވަތަ މުއްދަތު ހަމަވާ ތާރީޚުކަން އެނގެން ނުހުންނަކަން ވަނީ ފާހަގަކުރެވިފައެވެ. މިގޮތަށް މުއްދަތު ހަމަވާ ތާރީޚު އެނގެން ނެތުމަކީ މުދާ ގަންނަ ފަރާތަށް މުއްދަތު ހަމަވެފައިވާ އެއްޗެއް ބޭނުން ކުރެވި، އޭގެ ސަބަބުން އާންމު ސިއްހަތަށް ނުރައްކަލެއް ދިމާވެދާނެ ފަދަ ކަމެއް ކަމުގައި ދަންނަވަމެވެ.     

އަދި ދަންނަވަމެވެ. "މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތް ކުރުމާބެހޭ ގަވާއިދު" ގެ 19 ވަނަ މާއްދާގެ ދަށުން ޕެކެޓު ނުވަތަ ދަޅުގައި ބަންދުކޮށްފައިވާ ކާބޯތަކެތި ވިއްކުމަށް ބަހައްޓަންވާނީ އެ އެއްޗެއް އުފެއްދި ތާރީޚު އަދި މުއްދަތު ހަމަވާ ތާރީޚުގެ މައުލޫމަތު މުދާ ލިބިގަންނަ ފަރާތަށް ކިޔަން އެނގޭގޮތަށެވެ.

ވީމާ، ކާބޯތަކެތީގެ ލޭބަލްގައި އެ އެއްޗެއް އުފެއްދި ތާރީޚާއި މުއްދަތު ހަމަވާ ތާރީޚު ފަސޭހައިން ކިޔަން އެނގޭގޮތަށް ލޭބަލްކުރުމަށްފަހު ވިއްކަން ބެހެއްޓުމަށް ދެންނެވީމެވެ.

5 ޝައްވާލް 1436       

21 ޖުލައި 2015