ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)179-3.2/1/2025/2
ޕަބްލިޝްކުރި ތާރީޚް: 23 ޖަނަވަރީ 2025
ޕަބްލިޝްކުރި ގަޑި: 15:13
ސުންގަޑި: 02 ފެބުރުވަރީ 2025 22:58
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
މި އޮތޯރިޓީ އަށް 7 ލެޕްޓޮޕް ގަތުމަށް ބޭނުންވެއެވެ.

 މިގޮތުން ގަންނަން ބޭނުންވަނީ މި އިޢުލާނާ އެކުގައިވާ ސްޕެސިފިކޭޝަންތަކުގައިވާ 7 ލެޕްޓޮޕް އެވެ.

މިތަކެތި ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބަށް ޕޮއިންޓް ދިނުމުގެ އުޞޫލާއި މައުލޫމާތު ތާވަލާއި ހުށަހަޅަންޖެހޭ ތަކެތީގެ ޗެކްލިސްޓް އެޓޭޗްމަންޓްގައި އެވަނީއެވެ. (އަންދާސީ ހިސާބު ހުށަހަޅުއްވާއިރު މިނިމަމް ރިކުއަރމަންޓް ފުރިހަމަ ނުވާނަމަ އިވެލުއޭޝަނަށް ކޮލިފައި ނުވާނެއެވެ.)

ޕްރޮޕޯސަލް ބަލައިގަތުން:

ފައިލް ފޯމެޓް: މި މަސައްކަތަށް ޕްރޮޕޯސަލް ހުށަހަޅުއްވަންވާނީ ޕީޑީއެފް ފޯމެޓް (ޕާސްވޯޑް ޕްރޮޓެކްޓަޑް) ގައި.

ޕްރޮފޯސަލް އީމެއިލްކުރަންޖެހޭ އެޑްރެސް: [email protected] 

ސުންގަޑި: 02 ފެބްރުވަރީ 2025 ދުވަހުގެ ރޭގަނޑު 23:59:59 ގެ ނިޔަލަށް.

ޕްރޮޕޯސަލް ހުޅުވުން

އެޑްރެސް: މއ. އުތުރުވެހި/  5 ވަނަ ފަންގިފިލާ / ކެނެރީމަގު 

ތާރީޚާއި ގަޑި: 03 ފެބްރުވަރީ 2025 ދުވަހުގެ ހެނދުނު 11:00ގައި

 

ޕާސްވޯޑް ހިއްސާކުރުން: ޕްރޮޕޯސަލް ހުޅުވުމަށް ކަނޑައަޅާފައިވާ ގަޑިއަށް އޮތޯރިޓީއަށް ހާޒިރުވެ ޕާސްވޯޑް ހިއްސާކުރަންވާނެއެވެ. 

ނޯޓް:  އަދި ދެންނެވި ބިޑް އޮތޯރިޓީއަށް ވަޑައިގެން އޮތޯރިޓީއާ ހިއްސާކުރާ ޕާސްވޯޑްގައި މައްސަލައެއްޖެހިގެން ޑޮކިއުމަންޓް ނުހުޅުވިއްޖެނަމަ ބިޑްޕްރޮޕޯސަލްބާތިލުކުރެވޭނެކަމުގައި ދެންނެވީމެވެ. 

އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ މަސައްކަތު ދުވަސްތަކުގެ ހެނދުނު 9:00 އިން މެންދުރުފަހު 2:00 އާ ދެމެދު، މި އޮތޯރިޓީގެ ފޯނު ނަންބަރު 3336619 އަށް ގުޅުއްވުން އެދެމެވެ.

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ                                                  
5 ވަނަ ފަންގިފިލާ، މއ. އުތުރުވެހި،
ކެނެރީމަގު، މާލެ
ފޯނު: 3336619

                                   

23 ޖަނަވަރީ 2025