ތަމްރީނު
                	
                ނަންބަރު: MNU-CA-RG/2025/2
                    ޕަބްލިޝްކުރި ތާރީޚް: 23 ޖަނަވަރީ 2025
                    ޕަބްލިޝްކުރި ގަޑި:  14:56
                                            ސުންގަޑި: 
                            13 ފެބުރުވަރީ 2025 14:00
                        
                    
                ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
2025 ވަނަ އަހަރުގެ ފުރަތަމަ ޓާމުގެ ޖާގަ ހުރި ކޯސްތަކަށް އިޢުލާންކުރުން
                                އިޢުލާން
ފެބްރުވަރީ 2025 ގައި މި ޔުނިވަރސިޓީން ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރެއިން ޖާގަ ހުރި ކޯސްތަކަށް ވަނުމަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު ވަނީ 13 ފެބްރުވަރީ 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 އިތުރުކުރެވިފައެވެ. ޖާގަ ހުރި ކޯސްތަކުގެ ލިސްޓް ޔުނިވަރސިޓީގެ ވެބްސައިޓް https://mnu.edu.mv/registration/ ގައި ޝާއިއު ކުރެވޭނެއެވެ. އަދި މި ލިސްޓަށް ބަދަލު އަންނަވަރަކުން ޔުނިވަރސިޓީގެ ވެބްސައިޓްގައި އަދާހަމަ ކުރެވެމުން ދާނެއެވެ. މި ކޯސްތަކަށް ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 26 ޖަނަވަރީ 2025 ވާ އާދިއްތަ ދުވަހުގެ 8:00އިން އޮންލައިންކޮށް portal.mnu.edu.mv މެދުވެރިކޮށެވެ. އިތުރު މަޢުލޫމާތު https://courses.mnu.edu.mv/ އިން ނުވަތަ [email protected] އަށް މެއިލް ކުރެއްވުމުން ނުވަތަ 1445 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެ އެވެ.
23 ރަޖަބު 1446
                23 ޖަނަވަރީ 2025