ދިވެހިރާއްޖެ
އިއުލާން
"ހއ. އެޓޯލް ޓެކްނިކަލް އިންސްޓިޓިއުޓްގެ އޮޓޮމޯޓިވް ވޯރކްޝޮޕަށް ބޭނުންވާ އިކުއިޕްމަންޓް އަދި މެޝިނަރީ ސަޕްލައިކޮށްދޭން ފަރާތެއް ބޭނުންވެއްޖެ"
ދިވެހި ސަރުކާރުން ވަރލްޑްބޭންކުގެ އެހީއާއެކު ތަންފީޒުކުރަން ހަމަޖެހިފައިވާ 'މޯލްޑިވްސް: އެންހޭންސިންގ އެމްޕްލޯއިބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތް' ޕްރޮޖެކްޓުގެ ފަރާތުން ހއ. އެޓޯލް ޓެކްނިކަލް އިންސްޓިޓިއުޓް (ހއ. ދިއްދޫ) ގެ އޮޓޮމޯޓިވް ވޯރކްޝޮޕަށް ބޭނުންވާ އިކުއިޕްމަންޓް އަދި މެޝިނަރީ ސަޕްލައިކޮށްދޭނޭ ފަރާތެއް ހޯދުމަށް އިއުލާންކުރަމެވެ.
ބިޑިންގ ޑޮކިއުމަންޓް:
މި ތަކެތި ސަޕްލައިކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބޭނުން ކުރައްވަންޖެހޭ ބިޑިންގ ޑޮކިއުމަންޓް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. މި ބިޑިންގ ޑޮކިއުމަންޓްގައި ހުރިހާ މައުލޫމާތެއް އެކުލެވިފައިވާނެއެވެ. ބިޑިންގ ޑޮކިއުމަންޓް [email protected] އަށް އީމެއިލް ކުރެއްވުމުންވެސް ލިބިވަޑައިގަންނަވާނެއެވެ.
މައުލޫމާތު ސާފުކުރުން:
މި ތަކެތި ސަޕްލައިކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އިތުރު މައުލޫމާތު ސާފުކުރުމަށް 10 ފެބްރުއަރީ 2025 ވާ ހޯމަ ދުވަހުގެ މެންދުރު 14:00 ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
އަންދާސީ ހިސާބު ހުށައެޅުން:
ޝައުޤުވެރިވެލައްވާ ފަރާތްތަކުން 13 ފެބްރުއަރީ 2025 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00އަށް އުމަރު ޒާހިރު އޮފީސް ބިލްޑިންގ، 5 ވަނަ ފްލޯރގައި ހުންނަ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓަށް ބިޑިންގ ޑޮކިއުމަންޓްގައި ބަޔާން ކުރެވިފައިވާ ލިޔެކިޔުންތައް ހިމެނޭގޮތަށް ބިޑް ހުށަހެޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ ބިޑްތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
ނޯޓް:މި ތަކެތި ސަޕްލައިކޮށްދޭނޭ ފަރާތެއް ހޮވުމުގައި އަމަލުކުރެވޭނީ ވަރލްޑް ބޭންކުގެ އުސޫލް "ވޯލްޑް ބޭންކު ޕްރޮކިއަރމަންޓް ރެގިއުލޭޝަންސް ފޯރ އައި.ޕީ.އެފް ބޮރޯވާރސް ޕްރޮކިއުމަންޓް އިން އިންވެސްޓްމަންޓް ޕްރޮޖެކްޓް ފައިނޭންސިންގ: ގުޑްސް، ވޯކްސް، ނަން-ކޮންސަލްޓިންގ އެންޑް ކޮންސަލްޓިންގ ސާރވިސަސް، ޖުލައި 2016 " ގައި ވާ ގޮތުގެ މަތިންނެވެ.
ހުށަހަޅުއްވާ އަންދާސީ ހިސާބު އެޑްރެސް ކުރައްވާނީ ތިރީގައިވާ ފަރާތަށެވެ:
މޯލްޑިވްސް: އެންހޭންސިންގ އެމްޕްލޯއިބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތް ޕްރޮޖެކްޓް
ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް (ޕީ.އެމް.ޔޫ)
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާ
އުމަރު ޒާހިރު އޮފީސް ބިލްޑިންގ، 5 ވަނަ ފަންގިފިލާ
އީމެއިލް : [email protected]
ފޯން: 306982/3026975