މަސައްކަތް
ނަންބަރު: (IUL)380/2025/2
ޕަބްލިޝްކުރި ތާރީޚް: 23 ޖަނަވަރީ 2025
ޕަބްލިޝްކުރި ގަޑި: 13:55
ސުންގަޑި: 03 ފެބުރުވަރީ 2025 13:15
ނިލަންދެއަތޮޅު ދެކުނުބުރީ މާއެނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1446 ވަނައަހަރު ރަމަޟާންމަހު ތަރާވީޙްނަމާދު ކުރުމަށް ގެންނަ ޙާފިޡުންގެ ކެއުމާއި، ދޮވެއިސްތިރިކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ

 އިޢްލާން

1446 ވަނައަހަރު ރަމަޟާންމަހު ތަރާވީޙްނަމާދު ކުރުމަށް ގެންނަ ޙާފިޡުންގެ ކެއުމާއި، ދޮވެއިސްތިރިކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ

މިހިނގާ 1446 ވަނައަހަރުގެ ރަމަޟާންމަހު ތަރާވީޙް ނަމާދުކުރުމަށް ދެ ޙާފިޡުން ގެނައުމުގެ މަސައްކަތް މިކައުންސިލުން މިގެންދަނީ ކުރަމުންނެވެ. މި ދެންނެވި ދެ ޙާފިޡުންގެ ކެއުމާއި، އެފަރާތްތަކުގެ އަންނައުނު ދޮވެ، އިސްތިރި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަން ހިލޭސާބަހަށް ކޮށްދޭން ބޭނުންވާ ފަރާތްތަކުން މިއިދާރާއަށް ދުރުވެ ނަންނޯޓް ކުރެއްވުން އެދެމެވެ. އަދި މިކަން އަގަށް ކޮށްދޭން ޝަޢުޤުވެރިވެ ލައްވާ ފަރާތްތަކުން 2025 ފެބުރުއަރީ 03 ވާ ހޯމަ ދުވަހުގެ 13:15 އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅާފޯމް މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

އިތުރު މަޢުލޫމާތު:

-          މި އިޢްލާނާ ގުޅިގެން އަންދާސީ ހިސާބު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

-          ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 އަންދާސީ ހިސާބެވެ.

-          ގަޑީގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.

-          ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ ލިޔުމެއް ހުށަހަޅަން ވާނެއެވެ.

-          މަސައްކަތް ޙަވާލު ކުރެވޭނީ އަންދާސީ ހިސާބުތައް އިވެލުއޭޓް ކުރުމަށްފަހު އެންމެމަތީ މާކުސް ލިބޭފަރާތަކަށެވެ. ލިބޭމާކުސް އެއްވަރު ވެއްޖެނަމަ މަސައްކަތް ޙަވާލުކުރާނެ ފަރާތެއް ހޮވާނީ އެއްވަރުވާ ފަރާތްތަކުގެ މެދުގައި ޤުރުއަތު ލައިގެންނެވެ.

މަސައްކަތް ޙަވާލުކުރާނެ ފަރާތެއް ހޮވުމުގައި ބަލާނެ މިންގަނޑުތައް:

ތަފްޞީލް

އިންސައްތަ

ހުށަހަޅާފައިވާ އަގަށް

90%

ތަޖުރިބާ (ތަޖުރިބާ ބަލާނީ މީގެކުރިން މިފަދަ މަސައްކަތްކޮށް ގިނަލިޔުން ހުށަހަޅާފައިވާ ފަރާތަކީ ބެންޗުމާކު ކަމުގައި ބަލައިގެން)

10%

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

23 ޖަނަވަރީ 2025