މަސައްކަތް
ނަންބަރު: (IUL)380/2025/1
ޕަބްލިޝްކުރި ތާރީޚް: 23 ޖަނަވަރީ 2025
ޕަބްލިޝްކުރި ގަޑި: 13:47
ސުންގަޑި: 03 ފެބުރުވަރީ 2025 13:00
ނިލަންދެއަތޮޅު ދެކުނުބުރީ މާއެނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދ.މާއެނބޫދޫ ކައުންސިލް އިދާރާގެ ސެކިއުރިޓީ ބަހަލައްޓާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

 އިޢްލާން

ދ.މާއެނބޫދޫ ކައުންސިލް އިދާރާގެ ސެކިއުރިޓީ ބަހަލައްޓާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

ދ.މާއެނބޫދޫ ކައުންސިލް އިދާރާގެ ސެކިއުރިޓީ ބަލަހައްޓައި ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.

މަޢުލޫމާތު ދިނުމާއި، އަންދާސީ ހިސާބު ހުށަހެޅުން

1- ސެކިއުރިޓީއާގުޅޭ މަޢުލޫމާތު ދިނުން އޮންނާނީ 2025 ފެބުރުއަރީ 03 ވާ ހޯމަ ދުވަހުގެ 13:00 ގައި  މާއެނބޫދޫ ކައުންސިލް އިދާރާގައެވެ.

2- އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2025 ފެބުރުއަރީ 05 ވާ ބުދަ ދުވަހުގެ 13:00 ގައި މާއެނބޫދޫ ކައުންސިލް އިދާރާގައެވެ.

އިތުރު މަޢުލޫމާތު

ހ- މި އިޢްލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. ކޮންމެ ފަރާތަކަށްވެސް  ހުށަހެޅޭނީ 1 އަންދާސީ ހިސާބެވެ.

ށ- މަޢުލޫމާތު ސާފްކުރައްވަން ވަޑައި ނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.

ނ- ގަޑީގެފަހުން ހުށަހަޅާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.

ރ- ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ ލިޔުމެއް ހުށަހަޅަން ވާނެއެވެ.

ބ- ބިޑްތައް އިވެލުއޭޓް ކުރުމުގައި މާކްސް ދެވޭނީ ތިރީގައިވާ ކަންކަމަށެވެ.

މަސައްކަތް ޙަވާލުކުރާނެ ފަރާތެއް ހޮވުމުގައި ބަލާނެ މިންގަނޑުތައް

ތަފްޞީލް

އިންސައްތަ

ހުށަހަޅާފައިވާ އަގަށް

90%

ތަޖުރިބާއަށް(ތަޖްރިބާގެ ގޮތުގައި ބަލާނީ ސެކިއުރިޓީ ބެލެހެއްޓުމާ ގުޅުންހުރި ދާއިރާއަކުން ހުށަހަޅާ ލިޔުންތަކަށްބަލައި އެންމެ ދިގު މުއްދަތަކީ ބެންޗް މާކު ކަމުގައި ބަލައިގެންނެވެ.)

10%

އަންދާސީ ހިސާބާއެކު ހުށަހަޅަންޖެހޭ ލިޔުންތައް

ހ. އަންދާސީ ހިސާބު

ށ. ވިޔަފާރި ރަޖިސްޓްރޭޝަން ކޮޕީ

ނ. އައިޑީކާޑު ކޮޕީ

ރ. މަސައްކަތު ތަޖުރިބާއަށް ލިޔުމެއް ލިބިފައިވާނަމަ އެލިޔުމެއްގެ ކޮޕީ

ހުށަހަޅަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ ލިޔުންތައް ފުރިހަމަ ނުވާނަމަ، އަންދާސީ ހިސާބު ބާޠިލް

ކުރުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

23 ޖަނަވަރީ 2025