ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)460-AF/460/2025/2
ޕަބްލިޝްކުރި ތާރީޚް: 23 ޖަނަވަރީ 2025
ޕަބްލިޝްކުރި ގަޑި: 13:37
ސުންގަޑި: 30 ޖަނަވަރީ 2025 13:30
އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

މަޤާމް :ލީގަލް އޮފިސަރ
ބޭނުންވާ އަދަދު :1

މަޤާމުގެ ރޭންކް:

ޖީ.އެސް 2

ވަޒީފާ އަދާކުރަންޖެހޭ ތަން:

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް، މާލެ، ދިވެހިރާއްޖެ.

ޑިޕާޓްމަންޓް

ލީގަލް

ފެންވަރު ނުވަތަ ޝަރުޠު:

  1. މަސައްކަތާ ގުޅޭ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 05 ގެ ފެންވަރުގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއެކު ޖީސީއީ އޯލެވަލްގައި ދަށްވެގެން އިނގިރޭސިން "ސީ" ފާހެއް ނުވަތަ އެފެންވަރުގެ އެހެން އިނގިރޭސިފާހެއް ލިބިފައިވުމާއެކު އެސްއެސްސީ އިމްތިޙާނުން ދިވެހިން ދަށްވެގެން ސީ ފާހެއް ލިބިފައިވުން. ނުވަތަ
  2. މަތީ ސާނަވީ ތަޢްލީމް ނުވަތަ ސާނަވީ ތަޢުލީމް ފުރިހަމަ ކުރުމަށްފަހު ޤާނޫނީ މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މައިގަނޑު މަސްއޫލިއްޔަތު:

 

  1. އޮފީހުގެ ފަރާތުން ކުރަންޖެހޭ ދަޢުވާތައް ކުރުމާއި ދަޢުވާ ލިބިގަތުމުގައި އެހީތެރިވުން.
  2. މަޢުލޫމާތު ހޯދައި ލިބިގަތުމާއި ގުޅޭ ގޮތުން ހަދަންޖެހޭ ގަވާއިދުތަކާއި ގައިޑުލައިންތައް  ހެދުމުގައި އެހީތެރިވުން.
  3. އޮފީހަށް ހުށަހެޅޭ އާރު.ޓީ. އައި މައްސަލަތައްބެލުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރުން.  
  4. އާރު.ޓީ.އައި އާ ގުޅިގެން ބޭނުންވާ ލަފާދިނުން.
  5. އިންޓަރނަލް އެންޑް އެކްސްޓަރނަލް ބައްދަލުވުންތަކުގެ ޔައުމިއްޔާތައް ލިޔުން.
  6. އޮފީހުގެ މައިގަނޑު މަސައްކަތްތަކާ ގުޅުންހުރި އެހެނިހެން މަސައްކަތް ކުރުން.

މި މަޤާމުތަކަށް މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:

-       ޤާނޫނީ ދާއިރާގެ ތަޢުލީމާއި ތަޖުރިބާ

-      މަޢުލޫމާތު ހޯދައި ލިބިގަތުމާއި ގުޅޭ މަސައްކަތުގެ ތަޖުރިބާ

-      މުޢާމަލާތްކުރުމުގެ ހުނަރާއި މީހުންނާ ގުޅިގެން މަސައްކަތްކުރުން

-      ކަންކަމުގައި އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރުމާއި ކަޑައެޅިފައިވާ ސުންގަޑިއަށް މަސައްކަތް ނިންމުމުގެ ޤާބިލްކަން.

އުޖޫރައާއި އިނާޔަތްތައް:

-      އަސާސީ މުސާރަ: (މަހަކު) -7,000/ ރުފިޔާ.

-      ސަރވިސް އެލަވަންސް: (މަހަކު) -3,000/ ރުފިޔާ

-      ލިވިންގ އެލަވަންސް: (މަހަކު) -3,000/ ރުފިޔާ

-      އެހެން ވަޒީފާއެއް އަދާކުރުން މަނާ ކުރާތީ ދޭ އެލަވަންސް: އަސާސީ މުސާރައިގެ %35

-      އަދި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

ހުށަހަޅަންޖެހޭ ލިޔުންތައް:

   - ވަޒީފާއަށް އެދޭފޯމު (ފުރިހަމަކޮށްފައި)

   - މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާ އެކު

   - ވަނަވަރު / އައި.ޑީ ކާޑުގެ ކޮޕީ /ސްކޫލް ލީވިންގ ސެޓުފިކެޓު/ ތަޖުރިބާގެ ލިޔުން

ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިއާއި ތަން:

30 ޖަނަވަރީ 2025 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، ތިރީގައިވާ އެޑްރެހަށް.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް، ގ.ބިއްލޫރިޖެހިގެ، މާލެ، ދިވެހިރާއްޖެ.

ފޯމުތައް އީމެއިލް މެދުވެރިކޮށް ފޮނުވާނީ [email protected] އަށެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3010990  ނަންބަރު ފޯނާއެވެ. މި މަގާމަށް ކުރިމަތިލާ މީހުންގެ ތެރެއިން ޝަރުތު ފުރިހަމަވާ ކެންޑިޑޭޓުން 10 އަށް ވުރެ ގިނަ ނަމަ  އޭގެ ތެރެއިން މަދުވެގެން 10 މީހުންނާ އިންޓަވިއު ކުރެވޭނެއެވެ.

ނޯޓު: ވަޒީފާއަށް އެދޭ ފޯމު މި އޮފީހުގެ ކައުންޓަރުންނާއި މި އޮފީހުގެ ވެބްސައިޓް www.icom.mv އިން ލިބެން ހުންނާނެއެވެ.

 

23 ޖަނަވަރީ 2025