ޢާންމު މަޢުލޫމާތު
                	
                ނަންބަރު: (IUL)388-PRO/388/2025/10
                    ޕަބްލިޝްކުރި ތާރީޚް: 23 ޖަނަވަރީ 2025
                    ޕަބްލިޝްކުރި ގަޑި:  12:58
                                            ސުންގަޑި: 
                            29 ޖަނަވަރީ 2025 14:00
                        
                    
                ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ރައްޔިތުންގެ ރުއްގަހުގެ ދަފްތަރު އެކުލަވާލުމާއިގުޅޭ
                                ވަންދޫ ރައްޔިތުންގެ ރުއްގަހުގެ ދަފްތަރު އެކުލަވާލުމަށް ވަންދޫގެ އެކިސަރަހައްދުތަކުގައި C އަދި ހިސާބު އަދަދު ހިމެނޭގޮތައް މިކައުންސިލްގެ ފަރާތުންވާނީ ރުއްގަހުގައި ރަތްކުލައިން ނަންބަރު ޖެހިފައެވެ. އަދި ނަންބަރު ޖެހިފައިވާ ގޮތުގެ ލިސްޓް މިއިޢުލާނާއިއެކު އާއްމުކުރެވިފައިވާނޭ ކަމުގައި ދެންނެވީމެވެ. ވީމާ، މިއިޢުލާނާއިއެކު އާއްމުކުރެވިފައިވާ ލިސްޓުގައިވާ ރުއް ނުވަތަ ގަހެއްގެ ވެރިއެއް ކަމުގައި ދައުވާކުރާ ފަރާތެއްވާނަމަ [ރައްޔިތުންގެ ރުއްގަހުގެ ދަފްތަރަށް ޝަކުވާ ހުށަހަޅާ ފޯމު] 29 ޖަނަވަރީ 2025 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. [ރައްޔިތުންގެ ރުއްގަހުގެ ދަފްތަރަށް ޝަކުވާ ހުށަހަޅާ ފޯމު] މިއިދާރާއިންނާއި ދިވެހި ސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ. ރައްޔިތުންގެ ރުއްގަހުގެ ދަފްތަރަށް ޝަކުވާހުށަހެޅުމަށް ތަކުރާރުކޮށް އިޢުލާނުކުރެވިފައިވާތީ މިމުއްދަތުގެ ތެރޭގައި ވެރިފަރާތުން ރުއްގަހުގެ މަޢުލޫމާތު މިއިދާރާއަށް ހުށަހަޅާފައިނުވާ ރުއްގަހަކީ ބަންޑާރާ ރުއްގަސްކަމުގައި ބަލައި މިތަކެއްޗާއިމެދު އަމަލުކުރެވޭނޭކަމުގައި ދަންނަވަމެވެ. 
                             މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ވަންދޫ ކައުންސިލް އިދާރާގެ ނަމްބަރު 6780041 ފޯނާގުޅުއްވުންއެދެމެވެ. 
ވީމާ، މިކަން އާއްމުކޮށް އެންގުމަށް އިޢުލާނުކުރީމެވެ.
                23 ޖަނަވަރީ 2025