ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)393/393/2025/6
ޕަބްލިޝްކުރި ތާރީޚް: 23 ޖަނަވަރީ 2025
ޕަބްލިޝްކުރި ގަޑި: 09:55
ސުންގަޑި: 28 ޖަނަވަރީ 2025 00:14
ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު

ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ރަމަޟާން މަހުގެ ފުރަތަމަ ހަފްތާގައި ބޭއްވުމަށް ހަމަޖެހިފައިވާ ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް ކުދިންނާއި ރައްޔިތުން ހިމެނޭހެން ޖުމްލަ 15 ބައިވެރީންނަށް ވަނީ ފުރުސަތު ލިބިފައެވެ. މިމުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ބައިވެރީން 28 ޖަނަވަރީ 2025ވާ  އަންގާރަ ދުވަހުގެ 14:00ގެ ކުރީން މި އިދާރާގެ ފޯނު ނަންބަރު 6780031/ 6780757 އަށް ގުޅުއްވައި ނަން ނޯޓް ކުރެއްވުން އެދެމެވެ. އަދި މިއިއުލާނާ އެކީގައި ޤުރުއާން މުބާރާތުގެ ޤަވާއިދު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ. 

 

23 ޖަނަވަރީ 2025