ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)419/419/2025/13
ޕަބްލިޝްކުރި ތާރީޚް: 22 ޖަނަވަރީ 2025
ޕަބްލިޝްކުރި ގަޑި: 21:57
ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނިޒާމީ ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ ބިދޭސީ ޓީޗަރުން ރަށުތެރޭގައި ޓިއުޝަން ދިނުމާއިގުޅޭ

ނިޒާމީ ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ ބިދޭސީ ޓީޗަރުން ރަށުތެރޭގައި ޓިއުޝަން ދިނުމާއިގުޅޭ

ނިޒާމީ ތަޢުލީމު ދާއިރާގައި މަސައްކަތްކުރާ ބިދޭސީ ޓީޗަރުން ޢާންމުނަށް ނުކަތާވަރުގެ އަގު ކަނޑައަޅައިގެން ރަށުތެރޭގައި ޓިއުޝަންދޭކަމުގެ ޝަކުވާ ކެނޑިނޭޅި ކައުންސިލަށް ލިބެމުންދާތީ މިއަދުން ފެށިގެން ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށް ހޯމް ލޭންޑް މިނިސްޓްރީއާއި މިނިސްޓްރީ އޮފް އެޑިއުކޭޝަނާއިއެކު ކައުންސިލުން މަސައްކަތް ފަށާފައިވާ ވާހަކަ ދަންނަވަމެވެ.
ދެންނެވުނު ކަމަކީ ޤާނޫނާއި ހެދިފައިހުރި ޤަވާޢިދުތަކާއިވެސް ޚިލާފު ކަމަކަށްވާއިރު ރަށުގެ ނިޒާމީ ތަޢުލީމު ފެންވަރު ރަނގަޅު ގޮތެއްގައި ހަމަހަމަކަމާއިއެކު ކިޔަވާ ކުދިންނަށް ފޯރުކޮށްދިނުމުގައި ބުރޫއަރާނެ ކަމެއްކަމުގައި ކައުންސިލުންދެކެމެވެ.
އެހެންކަމުން، މިއެންގުމާއި ޚިލާފަށް ޤަވާޢިދާއި ޚިލާފަށް ހިތުހުރި ގޮތަކަށް އަމިއްލައަށް މުސާރައާއި އަގުހަދައިގެން ޤަވާޢިދާއި ޚިލާފަށް ގައްދޫގައި ޓިއުޝަން ދެމުންގެންދާ ޓީޗަރުންނަށް، ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނާއި އަދި ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދުގެ ދަށުން ފިޔަވަޅު އެޅުމަށް ކަމާއިގުޅޭ އިދާރާއަށް ފޮނުވޭނެ ވާހަކަ ދެންނެވީމެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ. 

22 ޖަނަވަރީ 2025