ވަޒީފާގެ ފުރުޞަތު
ނަންބަރު: 188-SHRD/IUL/2015/81
ޕަބްލިޝްކުރި ތާރީޚް: 20 ޖުލައި 2015
ޕަބްލިޝްކުރި ގަޑި: 16:50
ސުންގަޑި: 13 އޮގަސްޓް 2015 14:30
ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ޓްރެއިނިންގ ކޯޑިނޭޓަރ

ވަޒީފާގެ ފުރުޞަތު 

މަޤާމު:

ޓްރެއިނިންގ ކޯޑިނޭޓަރ

ރޭންކް:

އެމް. އެސް 3

ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ސެކްޝަން

ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް

މުސާރަ:

-/7035 ރުފިޔާ

ސަރވިސް އެލެވަންސް:

-/2000 ރުފިޔާ

ލިވިންގ އެލަވަންސް

-/4000 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް:

-/2462 ރުފިޔާ

އޯވަރޓައިމް އެލަވަންސް:

އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ބޭނުންވާ އަދަދު:

01

ތަޢުލީމާއި ތަޖުރިބާ:

 

  • މަސައްކަތާ ގުޅޭ ދާއިރާއަކުން މާސްޓަރސް ޑިގްރީ (ލެވެލް 9 ގެ ސަނަދެއް) ހާސިލުކޮށްފައިވުން. ނުވަތަ،
  • ބިޒްނަސް އެޑްމިނިސްޓްރޭޝަން، ހިއުމަން ރިސޯސް މެނޭޖްމަންޓް/ ޑިވެލޮޕްމަންޓް ނުވަތަ އެޑިއުކޭޝަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަސައްކަތުގެ ދާއިރާގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ބޭނުންވާ ޓްރެއިނިންގ ޕްރޮގްރާމްތަކުގައި ކިޔަވައި ދިނުން (މަދުވެގެން މަހަކު 15 ގަޑިއިރުގެ ޓްރެއިނިންގ ނަގާދިނުން).
  • ޓްރެއިނިންގ ޕްރޮގްރާމްތައް ކޯޑިނޭޓްކުރުން/ ވިލަރެސްކުރުން (ޚާއްޞަކޮށް މާލިއްޔަތު ގަވާއިދާއި ފައިނޭންޝިއަލް ދާއިރާ).
  • އީ ލާނިންގ ކޯސްތައް ތައްޔާރުކޮށް ހިންގުން.  
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ބޭނުންވާ ޓްރެއިނިންގ ޕްރޮގްރާމްތައް ޑިޒައިންކޮށް، އެ ޓްރެއިނިންގ ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ މެޓީރިއަލް ތައްޔާރުކުރުން.
  • ސިވިލް ސަރވިސްގެ މުވައްޒަފުން ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދާއި އުސޫލުތަކަށް އަހުލުވެރި ކުރުމުގެ ތަމްރީނު ޕްރޮގްރާމްތައް ރާވާ ހިންގުން.
  • ހަވާލުކުރެވޭ ޑިޕާޓްމަންޓް/ ދާއިރާއެއްގެ މޮޑިއުލް ތައް އިވެލުއޭޓްކޮށް އިތުރަށް ތަރައްޤީ ކުރުން.
  • ސިވިލް ސަރވިސް ޓްރެއިނިންގ ނީޑް އެސެސްމަންޓް ހެދުން.  
  • ސިވިލް ސަރވިސް އިންޑަކްޝަން ޕްރޮގްރާމް ބެލެހެއްޓުން.
  • އިންސްޓިޓިއުޓްގެ ނިއުސް ލެޓަރގެ މަސައްކަތްތައް ބެލެހެއްޓުން. 
  • ޓްރެއިނިންގ ޕްރޮގްރާމް ހިންގުމުގައި އިދާރީގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން.
  • ސިވިލް ސަރވިސްގެ ޓްރެއިނިންގތައް ހިންގުމަށް އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  • ހިންގޭ ޓްރެއިނިންގ ތަކުގެ އިވެލުއޭޝަން ހަދާ މޮޑިއުލްތަކަށް ގެންނަންޖެހޭ ބަދަލު ގެނައުން.
  • ޓްރެއިނިންގ ޕްރޮގްރާމްތައް ހިންގާނެގޮތުގެ އެކްޝަން ޕްލޭން އެކުލަވާލުމާއި މަސައްކަތް ކުރިޔަށްދާ ގޮތުގެ ރިޕޯޓު ތައްޔާރު ކުރުން.
  • ފަންނީ ހަރަކާތްތަކުގައި ބައިވެރިވުން.
  • ހަވާލުވެފައިވާ މަސައްކަތްތަކާ ގުޅިގެން އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުން.
  • އިންސްޓިޓިއުޓުން ކުރާ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވެދިނުން.
  • ކޮމިޝަން އަދި އިންސްޓިޓިއުޓުގެ މަސައްކަތްތަކުގެ ތެރެއިން ޚާއްޞަ ޙާލަތްތަކުގައި ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:

13 އޮގަސްޓު 2015 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 14:30 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ (ހ. ވެލާނާގެ 12 ވަނަ ފަންގިފިލާ)

ހުށަހަޅަންޖެހޭ ލިޔުންތައް:
  • ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު
  • ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
  • ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިން ސައްތަ: %38)
  • މަސައްކަތުގެ ތަޖުރިބާ (ކަނޑައެޅިފައިވާ އިން ސައްތަ: %8)
  • އިންޓަރވިއު އަދި ޕްރެޒެންޓޭޝަން (ކަނޑައެޅިފައިވާ އިން ސައްތަ: %54)
އިންޓަރވިއު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު: މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު 2015 އޮގަސްޓު 16 އާއި އޮގަސްޓު 25 އާ ދެމެދު މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3307302 ނުވަތަ 3307303 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3303648 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އިތުރު މަޢުލޫމާތު މި ކޮމިޝަންގެ ވެބްސައިޓް http://www.csc.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.

04 ޝައްވާލް 1436

20 ޖުލައި 2015