ދިވެހިރާއްޖެ
މޯލްޑިވްސް ޕޮލިޓެކްނިކްގެ ކެންޓީން ހިންގައިދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ. ވީމާ ކެންޓީން ހިންގަން އެދޭ ފާރާތްތަކުން މިމަސައްކަތް ކޮށްދިނުމަށްޓަކައި 03 ފެބްރުއަރީ 2025 ދުވަހުގެ 14:00 ގެ ކުރީން މިއިޢުލާން އެކު އެޓޭޗް ކޮށްފައިވާ ރަޖިސްޓްރީ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު އީ-މެއިލް: [email protected] އަށް މެއިލްކުރެއްވުން އެދެމެވެ. މިގޮތުން ފޮނުއްވާ ފޯމް އަދި [email protected] އަށް ސީސީ ކުރެއްވުމަށް ސަމާލުކަން ދެއްވުން އެދެމެވެ. ފޯމް ފޮނުއްވާ ފަރާތްތައްކަށް ރަޖިސްޓްރީ ވިކަން މެއިލް ކުރެވޭނެއެވެ.
ޕްރީބިޑް ބައްދަލުވުން
މި އިޢުލާނާއި ގުޅިގެން ބާއްވާ ޕްރީބިޑް ބައްދަލުވުން އޮންނާނީ 04ފެބްރުއަރީ 2025 ވާ ބުދަ ދުވަހުގެ 11:00 ގައި މޯލްޑިވްސް ޕޮލިޓެކްނިކްގައެވެ.
ބީލަން ހުށަހެޅޭނީ ޤާނޫނު ނަމްބަރު: (2014/18) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަމްބަރު: (2014/19) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
ބީލަން ހުޅުވުން އަދި ބީލަން ވެލިޑިޓީ
ބީލަން ހުށައެޅުމާއި ހުޅުވުމަށް ހަމަޖެހިފައިވަނީ 16 ފެބްރުއަރީ 2025 ވާ އާދިއްތަ ދުވަހުގެ 11:00 ގައި މޯލްޑިވްސް ޕޮލިޓެކްނިކްގައި، މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 30 ދުވަސް އޮންނަންވާނެއެވެ. އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 11:00 ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ. ކެންޓީނު ހިންގުމަށް ކަންޑައެޅިފައިވާ މުއްދަތުގައި ރަޖިސްޓްރީ ނުކުރާ ފާރާތްތަކުން ހުށައަޅާ އަންދާސީ ހިސާބު ބަލައިގަތުމަށް ހަމަ ޖެހިފައި ނުވާ ވާހަކަ ދަންނަވެމެވެ.
ބީލަން ހުށަހަޅުއްވާ އިރު ބިޑުގެ ސޮފްޓް ކޮޕީއެއް ހުށަހަޅަން ވާނެއެވެ. (ސީ.ޑީ/ޕެންޑުރައިވް.) އަދި ބީލަމުގެ ޖަދުވަލު 1ގައިވާ ހުރިހާ ލިޔުންތައް ފުރިހަމަ ކޮށްފައިހުންނަން ވާނެވެ.
އިތުރު މަޢުލޫމާތު ސާފުކުރުން
މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 03 ފެބުރުވަރީ 2025 ވާ ހޯމަ ދުވަހުގެ 10:00 ގެ ކުރިން [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ. ނުވަތަ 3002571 އާއި ގުޅުއްވުން އެދެމެވެ.