ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)426-2C/426/2025/44
ޕަބްލިޝްކުރި ތާރީޚް: 22 ޖަނަވަރީ 2025
ޕަބްލިޝްކުރި ގަޑި: 12:33
ސުންގަޑި: 28 ޖަނަވަރީ 2025 23:59
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - ހިތަދޫ ބަނދަރު ސަރަހައްދުގައި ހުރި އެކިފަރާތްތަކުގެ މުދަލާއި ތަކެތި ނެގުމާއި ގުޅޭ

އިޢުލާން

        ހިތަދޫ  ބަނދަރުމަތި ސާފުކުރުމުގެ މަސައްކަތް ކުރަމުންދާއިރު ބައެއް ތަކެތި ބަހައްޓާފައި ހުރުމުގެ ސަބަބުން ބަނދަރު ސާފުކޮށް ލެވެލް ކުރުމުގެ މަސައްކަތް ނުކުރެވި ދިގުލައިގެން ދާކަންވަނީ ފާހަނގަ ކުރެވިފައެވެ. ބަނދަރުމަތީގައި އެއްވެސް ބާވަތެއްގެ މުދަލެއް ބަހައްޓާނަމަ ބަހައްޓަންވާނީ "އާއްމު ތަންތަނާއި، މަގުމައްޗާއި ފަޅުތެރެއަށް ދޫކޮށްލެވިފައިވާ ތަކެތި ނެގުމާއިބެހޭ ޤަވާޢިދު" )ނަމްބަރ: (2019/R-984ގެދަށުން ކައުންސިލުން ހުއްދަ ލިބިގެންކަން ރައްޔިތުންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

        ވީމާ، މިރަށު ބަނދަރު ސަރަހައްދުގައި ހުރި އެކިފަރާތްތަކުގެ މުދަލާއި ތަކެތި، މިއަދުން ފެށިގެން 7 ދުވަހުގެ ތެރޭގައި (ބަންދު ދުވަސްތައް ހިމެނޭގޮތަށް) ނަގައި ސާފުކުރުމަށް ތަކެތީގެ ވެރިފަރާތްތަކަށް އަންގަމެވެ. އަދި މިމުއްދަތުގެ ތެރޭގައި އެތަކެތި ބަނދަރު ސަރަހައްދުން ނަގާފައި ނުވާނަމަ އެތަކެތި ނަގާ ބަނދަރު ސާފުކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން މިކައުންސިލުން ކުރާނެކަމުގައިވެސް ދެންނެވީމެވެ.

22 ރަޖަބު 1446

22 ޖަނަވަރީ 2025

22 ޖަނަވަރީ 2025