| 
 މަޤާމު: 
 | 
 ކަސްޓަމަރ ރިލޭޝަންސް އޮފިސަރ 
 | 
| 
 ރޭންކް: 
 | 
 އެމް. އެސް 2 
 | 
| 
 ކްލެސިފިކޭޝަން: 
 | 
 ޓެކްނިކަލް އޮފިސަރ ގްރޭޑް 2 
 | 
| 
 ސެކްޝަން 
 | 
 މެނޭޖިރިއަލް ސަޕޯޓް 
 | 
| 
 މުސާރަ: 
 | 
 -/6295 ރުފިޔާ 
 | 
| 
 ސަރވިސް އެލެވަންސް: 
 | 
 -/2000 ރުފިޔާ 
 | 
| 
 ލިވިންގ އެލަވަންސް 
 | 
 -/3000 ރުފިޔާ 
 | 
| 
 ސްޕެޝަލް ޑިއުޓީ އެލަވަންސް: 
 | 
 25/2203 
 | 
| 
 އޯވަރޓައިމް އެލަވަންސް: 
 | 
 އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. 
 | 
| 
 ބޭނުންވާ އަދަދު: 
 | 
 01 
 | 
| 
 ތަޢުލީމާއި ތަޖުރިބާ: 
 | 
 ބިޒްނަސް އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް ނުވަތަ ވަޒީފާއާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުން. 
 | 
| 
 މަޤާމުގެ މަސްއޫލިއްޔަތު: 
 | 
- ކޮމިޝަނުގެ އިދާރާގެ ކައުންޓަރުގެ ޚިދުމަތަކީ ޚިދުމަތް ހޯދާ ފަރާތްތަކުގެ މަޤުބޫލުކަން ލިބޭނެފަދަ ގޮތަކަށް ޚިދުމަތްދޭ ތަނެއްކަން ޔަގީން ކުރުން.
 
- ކޮމިޝަނުގެ އިދާރާގެ ކައުންޓަރުގެ ޚިދުމަތް ރަގަނޅުކޮށް ޒަމާނީ ކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން.
 
- ކޮމިޝަނުގެ އިދާރާގެ ކައުންޓަރުގެ ޚިދުމަތް އެއްފެންވަރެއްގައި ދިނުމަށްޓަކައި އެސް.އޯ.ޕީ ތައް އެކުލަވާލުން.
 
- ކޮމިޝަނުގެ އިދާރާގެ ކައުންޓަރުގައި ހިނގާ މަސައްކަތްތައް ބަލައި ސުޕަވައިޒްކުރުން.  
 
- ކޮމިޝަނުގެ އިދާރާއަށް އަންނަ ސިޓީ، ފެކްސް އަދި އެހެނިހެން ތަކެތި ބަލައިގަނެ، ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދިނުން.
 
- ކޮމިޝަނުގެ އިދާރާގެ ކައުންޓަރަށް އަންނަ ފޯންކޯލްތަކަށް ޖަވާބުދާރީވުމާއި، އެ ފަރާތްތަކުން ގުޅަންބޭނުންވާ ފަރާތްތަކާއި ގުޅުވައިދިނުން.
 
- ކޮމިޝަން އިދާރާގެ ފޯންތަކާއި، އެކްސްޓެންޝަންތައް ބަލަހައްޓައި، ދިމާވާ މައްސަލަތައް ޙައްލުކުރުމާއި މައްސަލަ ހައްލު ކުރެވިފައި ވޭތޯ ބެލުން.
 
- ކޮމިޝަނުގެ އިދާރާއަށް ލިބޭ ލިޔުންތައް އެންޓަރކޮށް، ކަމާބެހޭ ފަރާތްތަކަށް އެސައިންކުރުން. އަދި ޖެމްސް، އީމެއިލް މެދުވެރިކޮށް ލިބޭ ލިޔުންތައް ކަމާބެހޭ ފަރާތްތަކަށް އެސައިންގ ކުރުން.
 
- ކޮމިޝަން އިދާރާގެ ސެކްޝަންތަކުން ބޭނުންވެގެން އެދޭ ސްޓޭޝަނަރީ، ކޮންސިއުމަބްލްސް އަދި އެސެޓްތަކުގެ ރިކުއެސްޓްތައް ބަލައިގަނެވޭނެ ނިޒާމެއް ޤާއިމުކޮށް ހިންގައި ބެލެހެއްޓުން. އަދި އެގޮތަށް ލިބޭ ރިކުއެސްޓްތައް ވަޒަންކޮށް ކޮންމެހެން ހޯދަންޖެހޭ ކަމަށް ކަނޑައަޅާ ތަކެތި ހޯދުމާ ގުޅޭ ގޮތުން ކަމާބެހޭ މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުން.
 
- ކޮމިޝަން އިދާރާގެ އަހަރީ ރިޕޯޓް އެކުލަވާލުމަށް ބޭނުންވާ މަޢުލޫމާތު ކަމާބެހޭ ސެކްޝަނުން ކޮންމެ މަހަކު ހޯދައި އަހަރީ ރިޕޯޓު އެކަލަވާލުން.
 
- ކޮމިޝަނުގެ އިދާރާގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.
 
- ކޮމިޝަން އިދާރާގެ ލިޔެކިއުންތައް ފަސޭހައިން ރައްކާ ކުރެވޭނެ އަދި ބޭނުން  ކޮންމެ ވަގުތަކު ފަސޭހައިން ހޯދޭނެފަދަ ނިޒާމެއް ޤާއިމްކޮށް ބެލެހެއްޓުން. މީގެތެރޭގައި އިދާރާގެ ފަރާތުން ބަލަހައްޓާ ގުދަންތައްވެސް ހިމެނެއެވެ.
 
- ކޮމިޝަން އިދާރާގެ ސްޓޮކް ގަވާއިދުން ބަލަހައްޓައި، މަސައްކަތާއި ވަޒީފާއާ ގުޅޭ ގޮތުން މުވައްޒަފުން ހޯދަން ބޭނުންވާ ތަކެތި ރަސްމީ ގަޑީގައި ހުންނަ ވަގުތުގައިވެސް ލިބޭނެ އިންތިޒާމް ހަމަޖައްސައި، އެތަކެތީގެ ރެކޯޑް ބެލެހެއްޓުން.
 
- ސީނިއަރ މެނޭޖްމަންޓް ޓީމް (އެސް.އެމް.ޓީ) އަދި ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީގެ (އެޗް.އާރް.އެމް.ޑީ) ގެ ބައްދަލުވުންތަކުގެ ސެކްރެޓޭރިއަޓް ބެލެހެއްޓުން.
 
- ކޯޕަރޭޓް ސަރވިސްގެ ޔުނިޓްތަކުގެ ފައިލިންގެ މަސައްކަތްކުރުން.
 
- ޙަވާލުކުރެވޭ މަސައްކަތްތަކާއި ގުޅިގެން، އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުން.
 
- ކޯޕަރޭޓް ސަރވިސަސްއިން ކުރާ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވެދިނުން.
 
- ކޮމިޝަނުގެ އިދާރާގެ އަދި ޔުނިޓުގެ މަސައްކަތްތަކުގެ ތެރެއިން ޚާއްޞަ ޙާލަތްތަކުގައި ޙަވާލުކުރެވޭ މަސައްކަތްތައް ކުރުން.
 
- ކޮމިޝަނުގެ އިދާރާގެ މަސައްކަތްތަކުގެ ތެރެއިން ސެކްރެޓަރީ ޖެނެރަލް ހަވާލުކުރާ މަސައްކަތްތައް ކުރުން.
 
 
 | 
| 
 އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު: 
 | 
 13 އޮގަސްޓު 2015 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 14:30 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ (ހ. ވެލާނާގެ 12 ވަނަ ފަންގިފިލާ) 
 | 
| ހުށަހަޅަންޖެހޭ ލިޔުންތައް: | 
- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު
 
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
 
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
 
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
 
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
 
 
 | 
| ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: | 
- ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިން ސައްތަ: %38)
 
- މަސައްކަތުގެ ތަޖުރިބާ (ކަނޑައެޅިފައިވާ އިން ސައްތަ: %8)
 
- އިންޓަރވިއު އަދި ޕްރެޒެންޓޭޝަން (ކަނޑައެޅިފައިވާ އިން ސައްތަ: %54) 
 
 
 | 
| އިންޓަރވިއު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު: | 
މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު 2015 އޮގަސްޓް 16 އާއި އޮގަސްޓް 25 އާ ދެމެދު މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. |