ދިވެހިރާއްޖެ
| 
 އިޢުލާނު  | 
|
| 
 މަޤާމު:  | 
 ސްޓެޓިސްޓިކަލް އޮފިސަރ  | 
| 
 މަޤާމުގެ ނަންބަރު:  | 
 J-407166  | 
| 
 ބޭނުންވާ އަދަދު:  | 
 1 (އެކެއް)  | 
| 
 މަޤާމުގެ ގިންތި:  | 
 ދާއިމީ  | 
| 
 މަޤާމުގެ ރޭންކު:  | 
 އެމް. އެސް. 2  | 
| 
 މަޤާމުގެ ކްލެސިފިކޭޝަން:  | 
 ޓެކްނިކަލް އޮފިސަރ ގްރޭޑް 2  | 
| 
 ވަޒީފާ އަދާކުރަން ޖެހޭ ތަން:  | 
 އުމަރު ޒާހިރު އޮފީސް ބިލްޑިންގ، ހުޅުމާލެ ފޭސް 1، އޯކިޑު މާ ހިނގުން، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމެންޓް / ހުޅުމާލެ  | 
| 
 ސެކްޝަން/ޔުނިޓް:  | 
 ޕޮލިސީ ޕްލޭނިންގ ސެކްޝަން  | 
| 
 މުސާރަ:  | 
 6295.00 ރުފިޔާ  | 
| 
 ސަރވިސް އެލަވަންސް:  | 
 2000.00 ރުފިޔާ  | 
| 
 އެހެނިހެން އެލަވަންސް:  | 
  | 
| 
 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:  | 
 1. ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުތަކާއިގުޅޭ އިންޑިކޭޓަރސްތައް ބަލާ ދެނެގަނެ ޑޭޓާ މެނޭޖްކުރުމުގެ މަސައްކަތް ކުރުން. - މަތީތަޢުލީމާއި ތަމްރީނުދިނުމަށް ރަޖިސްޓުރީ ކުރެވޭ މަރުކަޒުތަކުގެ ތަފާސްހިސާބު އެކުލަވާލުމަށްޓަކައި މަރުކަޒުތަކާ މުޢާމަލާތްކޮށް، މަރުކަޒުތަކާއި މަރުކަޒުތަކުން ހިންގާ ކޯސްތަކާއި ދަރިވަރުން އަދި ކިޔަވައިދޭ ލެކްޗަރަރސްގެ މަޢުލޫމާތު ހޯދާ ބެލެހެއްޓުން. - ދިވެހިރާއްޖޭގައި މަތީތަޢުލީމުދޭ މަރުކަޒުތަކުން އެއްކުރެވޭ ތަފާސްހިސާބު އެކުލަވާލުމުގެ މަސައްކަތްކޮށް ޑޭޑާބޭސްއަށް އެޅުމާއި ބޭނުންވާ ރިޕޯޓްތައް ނެރެވޭގޮތަށް ބަލަހައްޓާ އަޕްޑޭޓްކުރަމުން ގެންދިއުން. - ދިވެހިރާއްޖޭގައި މަތީ ތަޢުލީމާއި ތަމްރީން ފޯރުކޮށްދޭ އެކިއެކި ސްކީމްތަކުގެ ޑޭޓާ ބެލެހެއްޓުން. - ރާއްޖެއިން ބޭރުގައި ކިޔަވާ ދިވެހި ދަރިވަރުންގެ ދަފްތަރު ބެލެހެއްޓުން. 2. ދިވެހިރާއްޖޭގެ މަތީތަޢުލީމާއި ގުޅިގެން އެއްކުރެވޭ މަޢުލުމާތު ބޭނުންވާ ސަރުކާރުގެ މުއައްސަސާތަކާ އެހެނިހެންފަރާއްތަކުން އެދޭ މަޢުލޫމާތު އެކުލަވާލައި ޖަވާބު ދިނުން. 3. ތަފާސް ހިސާބު ބޭނުންކޮށްގެން ރާއްޖޭގެ މަތީތަޢުލީމުގެ ސްޓޭޓަސް އެގޭނެފަދަ ގޮތަކަށް އަތްމަތީ ފޮތެއް ތައްޔާރުކޮށް އަހަރަކު އެއްފަހަރު ރިޕޯޓް ނެރުން. 4. ދިވެހިރާއްޖޭގައި މަތީތަޢުލީމާއި ތަމްރީނު ބޭނުންވާ ދާއިރާތަކާއި އެދާއިރާތަކުން ތަމްރީނު ބޭނުންވާ މިންވަރު ދެނެގަތުމަށްޓަކައި ކުރެވޭ ސަރވޭތައްކުރުމާއި އެސަރވޭތަކާއި ގުޅޭ ރިޕޯޓްތައް ތައްޔާރުކުރުން. 5. ސެކްޝަންގެ އެހެން މުވައްޒަފުން ޗުއްޓީ ނެގުމުން ނުވަތަ ސަލާމަބުނުމުން ވެރިން އަންގާ ގޮތުގެ މަތިން އެފަރާތްތަކުގެ މަސައްކަތް ކުރުން 6. އޮފީހުން އިންތިޒާމްކޮށްގެން ބާއްވާ ޖަލްސާ، ސެމިނަރ އަދި ވޯކްޝޮޕްފަދަ ކަންކަމުގައި އެހީތެރިވެދިނުން. 7. އިސްވެ ބުނެވިފައިވާ ކަންކަމުގެ އިތުރުންވެސް ކުއްލިޙާލަތުގައި ދިމާވާ އޮފީހުގެ އެކިއެކި މަސައްކަތްތައް ކުރުން. އަދި ހަވާލުވެފައިވާ މަސައްކަތްތައް ޒިންމާދާރުކަމާއިއެކު ކުރުމާއި މުވައްޒަފުންގެ ޤަވާޢިދުތަކަށް ޙުރުމަތްތެރިކޮށް ހިތައި ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދުތަކާއި އެއްގޮތަށް މަސައްކަތުގެ އަޚްލާޤް ބެހެއްޓުން.  | 
| 
 މަޤާމުގެ ޝަރުޠުތައް:  | 
  | 
| 
 
  | 
 ތަޢުލީމީ ރޮނގުތައް: - އެޕްލައިޑް މެތަމެޓިކްސް - ކޮމްޕިއުޓަރ ސައިންސް - ޑާޓާ ސައިންސް - ރިސަރޗް - ސްޓެޓިސްޓިކްސް ޕްރިފަރޑް ޑިސިޕްލިން: - ނެތް 
 ކޯ ޑިސިޕްލިން: - ސްޓެޓިސްޓިކްސް - އެޕްލައިޑް މެތަމެޓިކްސް - ޑާޓާ ސައިންސް  | 
| 
 
  | 
 ގުޅޭ ވަޒީފާގެ ދާއިރާތައް: - ސްޓެޓިސްޓިކްސް  | 
| 
 ހުށަހަޅަންޖެހޭ ލިޔުންތައް: 
  | 
 (ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. 6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ: (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".  | 
| 
 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:  | 
 މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ތިންވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.  | 
| 
 މަޤާމަށް އެދެންވީގޮތާއި ސުންގަޑި:  | 
 މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 28 ޖެނުއަރީ 2025 (އަންގާރަ) ދުވަހުގެ 13:30ގެ ކުރިން، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން ، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމެންޓް / މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާ/ ހުޅުމާލެ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް[email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.  | 
| 
 ޝޯޓްލިސްޓުކުރުން: 
  | 
 މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.  | 
| 
 އިންޓަރވިއު އަދި އިމްތިހާނު އޮންނާނެ ތަނާއި، މުއްދަތު:  | 
 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިހާނު އޮންނާނީ 29 ޖެނުއަރީ 2025 އިން 28 ފެބްރުއަރީ 2025 އާއި ދެމެދު، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން ، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމެންޓް / މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާ ގައެވެ.  | 
| 
 "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން  | 
 އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.  | 
| 
 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3026951 , 3026914 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުސޫލުތައް > "ރެކްރޫޓްމަންޓް އުސޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.  | 
|